އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ގޮހޮރު ފަޅައިގެން ގޮސް އިންފެކްޓްވީ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީސްމީޑިއާގައި އެކަން ހިއްސާ ކުރި މީހާ ބުނެފައިވަނީ އެއަންހެން މީހާ ސިޒޭރިއަން ހަދާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށާއި ސިޒޭރިއަން ހެދި ފަހުން އެކި ކަހަލަ ސިއްހީ މައްސަލަތައް އަންހެން މީހާއަށް ދިމާވި ކަމަށެވެ.

"އޮޕަރޭޝަން ކުރިތާ ތިން ދުވަސް ވީއިރުވެސް އެ ޕޭޝަންޓް އަށް ފާހަނާއަށް ނުދެވޭ. އަދި ނޭވާ ވެސް ރަނގަޅަށް ނުވެލޭ. އެގޮތަށް އުދަނގޫވާ ކަމަށް ބުނުމުން ބުނީ އެއީ ގޭސް މައްސަލައެއް ކަމަށް" ނުރުހުން ފާޅު ކުރަމުން އަންހެން މީހާ މީސްމީޑިއާގައި ހިއްސާ ކުރިއެވެ.

އޭނާ ބުނީ، ސިޒޭރިއަން ހެދިތާ ތިން ދުވަސް ވެގެން އެކަހަލަ އުނދަގޫތައް ވެގެން ދިޔައިރު ވެސް ސިޒޭރިއަން ހެދި ޑޮކްޓަރު ބަލި މީހާގެ ހާލު ބަލަން ނާންނަ ކަމަށެވެ.

"ހަތަރު ވަނަ އަށްވީ ދުވަހު ބަލި މީހާ ފާހަނާއަށް ވަދެފައި އައިސް ބަނޑަށް ތަދުވަނީ އޭ ބުނެގެން ނަރުހުން ކައިރީ ބުނީމަ ސީޓީ ސްކޭނެއް ހެދީ. ސްކޭން ބަލާފައި ބުނީ، ގޮހޮރުގައި ބްލޮކެއް އެބައިން ކަމަށް. އެމީހުން ގޮހޮރު ސާފު ކޮށްލީމާ އިތުރު އޮޕަރޭޝަނަކަށް ނުގޮސް ރަނގަޅުވާނެ ކަމަށް" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބަލި މީހާ ބަލާފައިވަނީ އައްޑޫ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ޑރ. އަލްކާ ނަމަކަށް ކިޔާ ޑޮކްޓަރެކެވެ.

އެކަމާއި ގުޅިގެން އެ ޑޮކްޓަރު އާއިލާ ކައިރީގައި ބުނެފައިވަނީ "އޮޕަން ސާޖަރީއެއް ހަދާއިރު، އެކަހަލަ ކަންކަމާއި ކުރިމަތިވާނެ ކަމަށާއި އެކަންކަމަށް ތައްޔާރު ވެގެން ތިބެން ޖެހޭ ކަމަށް" ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭގެ ފަހުން ބަލި މީހާ އައިސީޔޫއަށް ބަދަލު ކުރި ކަމަށާއި އެހެން ނަމަވެސް އެތަނަށް ބަދަލު ކުރި ފަހުން ބަލި މީހާގެ ހާލަކީ ކޮބައިކަން އާއިލާއަށް ނާންގާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"އެތައް އުނދަގުލަކުން ނަރުހުން ކައިރިން އެހީމަ ބުނަނީ ރަނގަޅޭ. ފާހަނާއަށް ވެސް މިހާރު އަމިއްލައަށް ދެވެޔޭ. މިގޮތަށް ކިޔާ ދޮގު ހެދީ. ހަތް ދުވަސްވީ އިރުވެސް އެއްވެސް އެއްޗެއް ކާން ނުދޭ. މާލެ ގެންދަން ބޭނުމޭ ބުނީމަ ބުނީ ދަތުރު ނުކުރެވޭނެއޭ. ހޮސްޕިޓަލާއި ހަވާލުވެގެން ހުރި މީހާ ބުނީ ވަރަށް ކައިރިން ބަލި މީހާގެ ހާލު ބަލަމުން އަންނަ ކަމަށް" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބަލި މީހާ އައިސީޔޫއަށް ވެއްދިތާ ތިން ވަނަ ދުވަހުން ވަނީ ވޯޑަށް ބަދަލު ކޮށް ހާލު ރަނގަޅު ކަމަށާއި ކުރިއަށް އޮތް ދެ ދުވަހަށް ބަލާފައި ދޫކޮށްލާނެ ކަމަށެވެ.

"އެކަމަކު އާއިލާއިން ބޭނުންވީ އެދުވަހު ގެއަށް ގޮސް ފުރުވާލަން. އެދުވަހު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީމަ ބުނީ، އިންފެކްޓް ވެފައޯ ހުރީ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް."

އޭޑީކޭގައި 6 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރި ކަމަށާއި އޮޕަރޭޝަނަށް ފަހު ބަލި މީހާގެ ގޮހޮރު ފަޅައިގެން ގޮސް ލީކުވެ ފުރަމޭގައި ވެސް ފެން ހެދިފައިވާކަން އެނގުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. އެކަން އެގޮތަށް ހިނގައިދިއުމުން ބޮޑު އޮޕަރޭޝަނަކަށް ފަހު ގޮހޮރުން ބޮޑު ތަނެއް ބުރިކޮށް ހޮޅި ލައްވާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބަލި މީހާގެ މިހާރުގެ ހާލަތު ހިއްސާ ކުރަމުން އޭނާ ބުނީ، ބަލި މީހާ އޮތީ އޭޑީކޭ އައިސީޔޫގައި ކަމަށާއި ހާލު ސީރިއަށް ކަމަށެވެ.

"މިވަރަށް ކަންކަން ވީއިރު ވެސް އައްޑޫ ހޮސްޕިޓަލުން ބުނީ އެއްވެސް މައްސަލައެއް ނެތް ކަމަށް. އާއިލާއިން ބޭނުން ވަނީ އިންސާފު" އޭނާ ބުންޏެވެ.

މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އައްޑޫ ހޮސްޕިޓަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ރަން ރީނދޫ

    މަސްއޮޑި ނަސީމުމެންކަހަލަ ބޭބެއިންނަށް ސިއްހީ ދާއިރާ ގެ ކަންން ނޭނގޭނެ.އެބެ އެއީ ޑައިނަސޯއަށްވުރެވެސް ކުރީގެ ގަދީމީ ފޮސިލްއެއް.
    ދެން ހުރީ އަހަންމާ،އެއީ ސުކޫލެއް ގެ ފާރުވެސް ދެކުނު މީހެއް ނޫން. ޕާޓީ އެކްޓިވިސްޓް ވެފަ،މާލޭ ދައިތަޔަކާ އިނދެގެން އެ އަންހެން މީހާ ގެ ފައިސާއިން މުއްސަނދި ވެގެން ހުއްޓަސް އިލްމެއް ގާބިލް ކަމެއް ނުހުންނާނެ.

    71
    3
    • ކިޔު

      ހައްހައްހާ...ދެވަނަ ޖުމްލަ ކިޔާފަ ހީހީ ބަލި ވެއްޖެ..

    • ޙާމް

      ޙަހަހާ.... މަސްއޮޑި ނަސީމު އެއީ ކާކުތޯ. ކެރަފާ ނަސީމެއް ނޫންތޯ ހެލްތުގަ ހުންނަނީ

  2. ހަސަން

    ޑޮކްޓަރުން ހަމަ މޮޅީ. ތަނެއް ދޮރެއް ނޭގޭ އިންޑިޔާ ޑޮކްޓަރުން ގެނެސް ރާއްޖެތެރެއަށް ފޮނުވާފަ. ސަރުކާރު ފެއިލްވެފަ އޮތީ

    76
    1
  3. ސަމާ

    ޢޭޑީކޭ ބިލަށް ފައިސާ ދައްކަންޖެހޭނީ އައްޑޫހޮސްޕިޓަލުން، ނުވަތަ ސަރުކާރުން.
    ބަލިމީހާއަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ހޯދަންޖެހޭނެ.
    ނަސީބެއް އަހަރެން ބުނާގޮތަކަށް ކަންކަން ކުރާނެހާ ގާތް މީހަކށް ތިހެން ދިމާނުވިކަން. ޢެހެން ނޫންނަމަ ސީއީއޯ އިސްތިއުފާ ދޭވަރަށް ތަންތަނަށް މައްސްސަލ ހުށަހަޅާނަން.

    12
  4. ޙަސަނުބޭ

    ކޮންމެގޮތަކުން ވިއަސް ތިހޮސްޕިޓަލުގެ ބަހެއްހޯދާ. ވީކަމެއްވެފަ އެއޮތީ އެމީހުންއަތުން. ޑޮކުޓަރަކު ގަސްތުގަ ތިކަހަލަ ކަމެއްނުކުރާނެ. އެކަމަކު މިގޮތަށް ދިމާވާންޖެހުނު ސަބަބު އެގެންޖެހޭ. އަދިބަލިމީހާގެ ހުރިހާފަރުވާއެއްގެ ހަރަދުވެސް ހޮސްޕިޓަުން ދޭންޖެހޭނެ. މިއީ އާދައިހމގެ ކަމަކަށް ބަލައިގެން ނުވާނެ.

  5. ކިޔު

    ހައްހައްހާ...ދެވަނަ ޖުމްލަ ކިޔާފަ ހީހީ ބަލި ވެއްޖެ..

  6. Anonymous

    ތިތަނަށް ލާފަ ތިތިބިީ ޑޮކްޓަރުންނެއް ނޫން..އެއީ ނަރުހުން ، އެމީހުން މިރާއްޖެއަށް އައިސް އެއްވެސް ތަޖުރިބާއެއްނެތި މީހުން ފަޅާލާގެން ދަސްކުރަނީ..ކޮބާތަ މިއުޅޭ ސްލެޕް ބުރުމާ، އަދިވެސް މިސަރުކާރަށް ސަނާކިޔާ އިންޑިޔާ މީހުންގެ އަޅުވެތިކަމަށް ދާއިރުވެސް ..34ހާހުގެ ބޮޑުއާބާދީއަށް ސުޕާ ސްޕެޝަލިސްޓުން އައްޑޫގަ ބައިތިއްބަ ބަލަ..

  7. އަިޮލ

    ރާއްޖޭގައި ބޮއްސުން ނުލާ އޮތީ ކޮންކަަމެއް!

  8. ގޮހޮރު

    ގޮހޮރު ފަޅާ ސަރުކާރު

  9. ހައްގު

    ޢައްޑޫއާއި ނުލާ ރާއްޖެ ތަރައްގީ އެއް ނުވާނެ

    3
    3
  10. އަހްމަދު

    އޯގާތެރިސަރުކާރަކުން އަނިޔާއެއްނުދޭނެ ހާއްސަކޮށް ނިޒާރުކަހަލަ ރައްޔިތުންދެކެއެހާލޯބިވާ މޭޔަރަކުހުރެގެން އަނިޔާއެއްނުދޭނެ

  11. އަޙްމަދު

    ގޮހޮރު ފަޅައިގެން ގިސްފިއެއްނޫން! ރަނގަޅު ގޮތަކީ ގޮހުރު ފާޅާލާފީ!

  12. ކަލްޓް

    އައްޑޫ ރައްޔިތުން ބާރަށް އަތް ޖަހަން ވީ އަދިވެސް، ރީދޫ ފޮތި ގައިގަ އޮޅާއިގެން، ރަގަޅަށް ވިއްޔާ މިވާހަކަ ކިޔާއިދިން ބޭފުލާ ވެސް ހުންނާނީ ޔާމިނަށް ވަގަށް ގޮޥާ އިބޫ ދަ ކިންބޫ ކިޔަމުން ދުވެފަ!! ރައްޔިތުން ހޭ އަރަން ވީ ވަގުތު މީ!!

  13. Anonymous

    އިންޑިއާ ޑަކުތަރުން ބޮއިގެން ތިބެ މީހުން ފަޅަނީ.

  14. ސުވައިދާ

    ނަސީމް އެއުޅެނީ ކޮމަންޑު ކެމްޕެއިންގަ..ވާނުވާ އެއް އެބައިނގޭތަ؟ކޮބާތަ ތުއިދައްކާ އެޑިއުކޭޭޝަން މިނިސްޓަރ.ވާނުވާއެއްނުބަލާ ކޮމަންޑޫ ކެމްޕެއިންގަ.ގޮނޑި ލިބުނީމަ ނިމުނީ.

  15. މިތުރާ

    މަސްފަޅާ ކޯސްހަދައިގެން މަސްމާރުކޭޓުގަ މަސްވިއްކަން ތިބޭމީހުން ގެނެސް ކޯޓު ލައްވާފަ ތިބެނީ! މަކުނު ޓުރޭނިންގު އަގުހެޔޮ ޑަކުޓަރން ގެނެސް މަސްފަޅުވާ، ބަންދު ކުރޭ ތަން ބޮޑުތަޅު އަޅުވާ

  16. ގުނބޯ

    ފޭލިވެފަ އޮތް ސަރުކާރަކަށް އަބަދުވެސް ގެނެވޭނީ އިންޑިއާގެ ތައުލީމެއްނެތް ނުކިޔަވާ ތިބި ޑޮކުޓަރުން މިމީހުންލަށްވާ ދިވެހި ކަނބަލުން ސިޒޭރިއަން ހަދަނީ ކަމެއް އެނގިގެންނެއްނޫން ދަސްކުރަން މިއީ އަބަދުވެސް އިންޑިއާމީހުންގެ އާދައެއް އެމީހުން ބޭސްތަށް ހަދާފަ ތަހުލީލުތަށް ކުރުމަށް އަބަދުވެސް ދިވެހިން ބޭބުންކުރޭ މީ ހަގީގަތެއް.

  17. ގުނބޯ

    ފޭލިވެފަ އޮތް ސަރުކާރަކަށް އަބަދުވެސް ގެނެވޭނީ އިންޑިއާގެ ތައުލީމެއްނެތް ނުކިޔަވާ ތިބި ޑޮކުޓަރުން މިމީހުންލަށްވާ ދިވެހި ކަނބަލުން ސިޒޭރިއަން ހަދަނީ ކަމެއް އެނގިގެންނެއްނޫން ދަސްކުރަން މިއީ އަބަދުވެސް އިންޑިއާމީހުންގެ އާދައެއް އެމީހުން ބޭސްތަށް ހަދާފަ ތަހުލީލުތަށް ކުރުމަށް އަބަދުވެސް ދިވެހިން ބޭނުންކުރޭ މީ ހަގީގަތެއް.

    7
    1