ހއ.އިހަވަންދޫން އިއްޔެ ހަވީރު ގެއްލުނު 31 އަހަރުގެ ހަސަން ފަހުދު ހޯދަމުން ދަނިކޮށް ރަށުގެ ވަލުތެރެއިން އޭނާ ފެނިއްޖެއެވެ. ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

ފަހުދު ގެއިން ނިކުތީ އާދީއްތަ ދުވަހު ހަވީރު 16:30 ހާއިރު ކަމަށާއި ގެއިން ނިކުންނަމުން މޫދަށް ދާވާހަކަ އާއިލާ މީހުން ކައިރީ ބުނިކަމަށް އާއިލާ އިން މައުލޫމާތު ދީފައިވެއެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނީ ރޭ މެންދަމު 00:35 ކަންހާއިރުއެވެ. އޭނާ ފެނުނީ އެރަށު އުތުރު ފަރާތު ވަލުތެރިންނެވެ. ވަލުގައި އޭނާ ހުރި ސަބަބެއް ސާފެއް ނުވެއެވެ.

ފަހުދަކީ އިހަވަންދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.

އޭނާ ފެނުނީ ރަށު ކައުންސިލާއި އާއްމުންނާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޠ

    ވާވަނީތަ؟ މަގުމަތި އެޅީތަ؟ ވީގޮތް އޮޅުންފިލުވާފައި ހަބަރެއް ގެނެސްލަދީބަލަ

    21
    • ރޭރު

      ހަންޑި ކުއްޖަކާއެކީ ޑޭޓަކަށްދިޔައީ.