ކުރީގެ ރައީސް އަދި އިދިކޮޅު ހަމައެކަނި ލީޑަރ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ލައިވް ނުކުރެވިގެން އުޅެނީ ކޮން ސަބަބަކާއި ހުރެތޯ ސާފު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް ލައިވް ކޮށްދިނުމަށް ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވަނިކޮށެވެ. މިގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ކޯޓުގައި އެވާހަކަ އައްސަވާނެ ކަމަށާއި، ކޯޓުތަކުގައި މަންޒަރު ލައިވްކުރުމުގެ ގަވާއިދު އެމަނިކުފާނަށް އެހާ ސާފުވެވަޑައިގެންފައި ނުވާ ކަމަށާއި، އެކަން ސާފު ކުރައްވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ކޯޓުން މީގެ ކުރިން ބުނެފައިވަނީ ޝަރީއަތް ލައިވް ކުރެވޭނެ ވަސީލަތްތައް މިވަގުތު ލިބެން ނެތް ކަމަށެވެ. އެހެންނަމަވެސް އެމައްސަލައިގައި މިއަދު އޮތް ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއް ލައިވް ކުރެވިދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ވަނީ ޝަރީއަތް ލައިވް ކޮށްދޭން އެދިވަޑައިގެންފައެވެ. އެހެންނަމަވެސް ޝަރީއަތް ލައިވް ކުރުމުގައި އިސް ގާޒީގެ ނިންމެވުމަށް ބަދަލެއް ނުގެންނަވައެވެ. ވިދާޅުވީ ކުރިން ވެސް ވިދާޅުވި ގޮތަށް ލައިވް ކުރާނީ ވަސީލަތްތައް ހަމަވުމުން ކަމަށެވެ.

އިސް ގާޒީ ދެން ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ތަކުރާރުކޮށް އެ ކަމަށް އެދިވަޑައިގަންނަވާތީ އެ މަސައްކަތް ވީހާވެސް އަވަހަށް ހަމަޖައްސަން މަސައްކަތް ކުރައްވާ ކަމަށާއި ދެން އޮންނަ އަޑުއެހުމެއް ލައިވް ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހު ހަވަނަ ދުވަހު ކަމަށް ގާޒީ ވިދާޅުވިއެވެ. އެ އަޑުއެހުމުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައި ވަނީ ދައުލަތާއި ދައުވާ ރައްދުވާ ދެ ފަރާތުން ހުށަހަޅާ ހެކިތައް ހާމަކުރުމެވެ.

އަޑުއެހުމަށް ފަހު، ކްރިމިނަލް ކޯޓު ކައިރީ ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ފަހު ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، ގާޒީގެ ވާހަކަތަކުން ދެން އޮންނަ އަޑުއެހުމެއް ލައިވް ކުރައްވާނެ ކަމުގެ އުއްމީދު އާވެގެން ގޮސްފައިވާ ކަމަށެވެ.

"ކްރިމިނަލް ކޯޓަށް، ފަނޑިޔާރުގެއަށް، އެމްޑީޕީގެ އިސް ބޭފުޅުން، ވަރަށް ފާޅުގައި އިންޒާރު ދެއްވާތީ މި ޝަރީއަތް ލައިވް ކުރުން މުހިންމު ވާނީ، އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް، އެ އިންޒާރަށް ބެލުމެއް ނެތި ފަނޑިޔާރުގެއިން އެ ކަން ކުރައްވާނެ ކަމަށް،" ޖަމީލް ވިދާޅުވިއެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ.ފުއްގިރި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ވެސް ޚިޔާނާތްތެރިވި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލާފައިވެއެވެ. މި ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެހެންނަމަވެސް މި ހުރިހާ ދައުވާއަކަށް ވެސް އެމަނިކުފާނު އިންކާރު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަ

    މުޅި އޮޑީގަ ނަޝީދުގެ ދެ ފައި

    22
  2. ހަސަންބޭބެ

    މި ނަޝީދު އަގަ ނުބާނާ އެއްކަމެއް މިގައުމަކު ނެތް. ކިހާ ބޮޑުވެއްޖެ މުސީބާތެއް މިގައުމަށް ޖެހިފަ މިއޮތީ؟ 30 ޕަރސެންޓް ނުލިބެއްޏާ 10 ޕަރސެންޓުންވެސް މީނަ ވެރިކަމަށް ގެންނަން ޖެހެނީ

    20
  3. އަލީ

    ކޯޗެއް އޮޅުން ފިލުވާކައް؟؟ އެއީ ކަލޭމެން ބޭނުންވާ ގޮތް. އިނގޭ ލައިވް ކޮއްފިއްޔާ އަތައް ގޮވާނެކަން!!

    19
  4. އުގުރި

    މާނަައަކީ ނުކުރެވޭނެއޭ..
    މީނަ ބުނާ ބަހުގެ އަނެއް ކޮޅުން

    19
    2
  5. ސސ

    ޖުޑިޝަރީ ހިންގަން އެންމެ ރަގަޅުވާނީ ޖޭއެސްސީގެ ބަދަލުގައި ޕުރައިވެޓް ކުންފުޏަކުން ހިންގަން، ކުންފުނީގެ ބޯޑުން ހުރިހާކަމެއް ކުރާގޮތަށް އޮތުން !

    13
  6. ހ. ކުރުސީ ހޯދަންވީ؟

    ހަސަން ކުރުސީ އާއި ނަޝީދުކަން އެނގިއްޖެ ކަމަށް ނަޟީދު ދަންނަ ޖެނިފަރ ލަތީފް ޓްވިޓާރގައި އިން ޕޯސްޓެއްގައި ބުނެފައި އެބައިން. ފުރަތަމަ ބަލަންވީ އެކަން.

    14
  7. ކަލޯ

    ކިހާ ދެރަކަމެއް މިއަކާހުރެ... ހުރިހާ ކަމަކާ ނުވެބަލަ... މަގާމް އެނގިގެން އެކަން ކޮއްލަ ކޮއްލަ ހުރެބަލަ...

  8. މިތާގެ ނޭގޭ އެއްޗެއް އެބައޮތް؟ސާފުނުވާ އެއްޗެއް އެބައޮތް؟

    ޙިޔަޅު

  9. Anonymous

    އޮޑިގެ ވަތައްވެސް ހަސަނު ފައިބާލައިގެން ދޮތަ

  10. ގަންޓާބެ

    އެއްބެސް ގާނޫނެއްގަ ގަވާއިދެއްގަ ނޯވޭ ކޯޓުތަކުގަ ކުރާ ޝަރީއަތްތައް ލައިވް ކުރަންޖެހޭނެކަމަކަށް އެކަމަކީ ކޯޓުގެ އިހުތިޔާރު ދަށުގައި ހިމެނޭކަމެއް ޔާމީނު ތިސަރީއަތް ލައިވްކުރަން އެހާވަރުން އެއުޅެނީ ތިޝަރީއަތް ކެމްޕޭން އިވެންޓަކަށް ބަދަލުކުރަން ދެން ތި ޝަރީއަތުގަ ޔާމީނުވެސް އޭނާގެ ވަކީލުންވެސް ދެން ދައްކާނީ ސިޔާސީވާހަކަ

  11. ފިއްޓޭ

    ނުބެހޭއެއްކަމެއްވެސްނެތް.