ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ދެއްވަން ޖެހޭ އިނާޔަތްތައް ކަނޑާލަން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ގޮވާލައްވައިފިއެވެ.

ޔާމީން ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާފައި ވާތީ އެ މަނިކުފާނަށް އިނާޔަތްތަކުގެ ގޮތުގައި މަހަކު ޖުމްލަ 300،000ރ. ލިބިވަޑައިގަންނަވާނެއެވެ. އެއީ ކުރީގެ ރައީސެއްގެ ގޮތުން އިނާޔަތުގެ ގޮތުގައި 50،000ރ. އާއި ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު 50،000ރ. އާއި އޮފީސް ހިންގުމުގެ ހަރަދަށް 175،000ރ. އާއިބޭސްފަރުވާގެ ހަރަދަށް މަހަކު 58،333ރ.އެވެ. ނަމަވެސް އެމަނިކުފާނު އޮފީސް ހިންގުމުގެ ޚަރަދެއް ނުނަންގަވައެވެ. ރައީސް ޔާމީން ނަންގަވަނީ ކުރީގެ ރައީސެއްގެ އިނާޔަތުގެ އިތުރުން ދިރިއުޅުއްވާ ތަނުގެ ޚަރަދު އެކަންޏެވެ.

ރޭ "ސަންގު" ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒޭ ވިދާޅުވީ ޔާމީން އިސްވެ ހުންނަވައި ރައްޔިތުންނަށާއި މި ސަރުކާރާ "ޖައްސަން" ވެގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ އޭގެ ސަބަބުން ރާއްޖެއާ އިންޑިއާ ދެމެދު އޮންނަ ގުޅުމަށް ހީނަރުކަމެއް އަންނާނެ ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި އެކަމުގެ ހިތި ނަތީއްޖާ ފެންނާނެ ކަމަށް ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ "އިންޑިއާ އައުޓް"އާ ގުޅިގެން އެންމެ ފުރަތަމަ ފިޔަވަޅު އަޅަނާމަ އެ ފިޔަވަޅަން އަޅަން ޖެހޭނީ ޔާމީނަށް ކަމަށެވެ. ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި ބައިނަލްއަގްވާމީ ގޮތުން ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތައް އެންމެ ރަނގަޅަށް އެނގެން ޖެހޭ ބަޔަކީ ކުރީގެ ރައީސުން ކަމަށްވާއިރު ގަސްތުގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ބަޔަކަށް އިނާޔަތް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދި އެހެން މަސައްކަތްކުރާ ރައީސަކަށް އެ އިނާޔަތް ހައްގުނުވާ ކަމަށް ވިދާޅުވިއެވެ.

"ގައުމުގެ ތެރޭގައި ހަލަބޮލިކޮށް ފަސާދަ އުފައްދާ ވެރިކަން ކުރަން ހުންނަ މީހަކަށް ވެރިކަން ކުރެވުނަ ނުދިނުމަށްޓަކައި ކުރާ ކަންތައްތައްތަކަށް އިނާޔަތް ލިބެން ނުޖެހޭ. ރައްޔިތުން ޖީބުން، ނަފްރަތު އުފައްދަން ޔާމީނަށް އިނާޔާށް ދޭކަށް ނުޖެހޭ" ރޮޒެއިނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ގުޅޭ ގޮތުން ރޮޒޭ ވިދާޅުވީ އެކިއެކި ބޭނުމުގައި އިންޑިއާގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބުމަކީ އެއީ "މިލިޓަރީ ޕްރޮޒެންސް" އެއް ނޫން ކަމަށެވެ. "މިލިޓަރީ ޕްރޮޒެންސް އެހެން ގައުމެއްގައި އޮންނައިރު އަޅުގަނޑުމެންނަށް ފެންނާނެ މަގުމަތީގައި ބަޑި ހިފައިގެން ސިފައިން ތިބޭ ތަން" ރޮޒެއިނާ ވިދާޅުވިއެވެ. ރާއްޖެއިން އެދިގެން އިންޑިއާ ސިފައިންގެ ބަޔަކު ތިބުމަކީ އެއީ ގުޅިން ތަފާތު ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅަށް އޭނާ ބަހުގެ ހަމަލާތައް ފޮނުވިއެވެ.

ޔާމީން ޖަލު ހުކުމުން ސަލާމަތް ވުމާއިއެކު "އިންޑިއާ އައުޓް" ހަރަކާތް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. އެމަނިކުފާނު ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އެކި ސަރަހައްދުތަކުގައި އެއްވުންތަކާއި ޖަލްސާތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. އާދަނު

    މުޅޯށި އަނގަ

    72
  2. އިސްޢާފް ސަލީމް

    ދޮޅުއަހަރު ހިތުހުރިކަމެއް ކޮށްލާ! ގޮނޑަށް އަޅާލާނީ އޭގެފަހުން

    85
  3. ފިދަނަ

    ކަމަނާ އަށް ރައްޔިތުންގެ ފައިސާ އިން ލިބޭވަރު މަދުވެގެން ރޔ އިނާޔަތް އެވެސް ނަގާ

    83
  4. ނަރުގިސް

    އިންޑިއާ އިންތަ ރ ޔާާމީން އަށް އިނާޔަތް ތައް ދެނީ މަހީކުރީ ރޮޒޭ ކަމަށް އިނާޔަތް ތައް ދެނީ

    88
  5. މުޙައްމަދުދީދީ

    މިކަމަނާއަށް ރޮޒައިނާ ކިޔާތީ މަށަށް ކުރިންވެސް ހީވެފަ އޮތީ މިއީ ދިވެއްސެއް ނޫންހެން. އެކަމަކު މިހާރު މި ޔަޤީންވީ.
    މިއީ އިންޑިޔާގެ ރައްޔިތެއްތާދޯ

    73
  6. ޥަހުތާން

    ބަފަޔަށް ވުރެ ވެސް ހަޔާތްމަދު އަންހެނެއް މީ ޓޫރިޒަމް ބޮއިކޮޓްކުރަން ބުއްޅަ ގޮވި އިރު އިނާޔަތް ކަނޑަން ނުގޮވީ ކީއްވެތަ. އިންޑިއާ މިލިޓަރީ އައުޓަށްވުރެ ނުރައްކާ ކަމެއް އެއީ

    79
  7. ޢހ

    ބޮޑުވަގު ރޮޒައިނާގެ އެތި ކަޑާލުންރަގަޅީ ގައުމަށް ގައްދާރު ވާތީ

    62
  8. މުރާސިލް

    ރޮޒޭނާ ހޭބަލިނުވާށެވެ. އިންޑިޔާ އައުޓޭ ކިޔާތީ ކޮންމެ އެއްޗެއް ކަނޑާލިއަސް އިންޑިޔާ އައުޓޫ ކިޔާނެއެވެ. ކެނެރީގޭ ނަޝީދު ރާއްޖެއަށް ޓުރިސްޓުން ނައުމަށާއި ރާއްޖެއަށް ދަތިކުރަން ގޮވާލާ ރައްޔިތުން ބަނޑަށް ޖެހޭފަދަ ވާހަކަތައް ދެއްކިއިރުވެސް ކެނެރީގޭ ނަޝީދުގެ އިނާޔަތް ކަނޑާލަށް އޭރު ގޮވާލާކަށް ރޮޒޭނާއަކަށް ނުކެރުވެ. ތިޔަހެން ތެޅިތެޅި ތިބޭށެވެ. އިންޑިޔާ އައުޓު ގޮވުން ދާނީ ކުރިއަށެވެ. އަދި މިގޮވެލިފަތި ހުއްޓާނީ ﷲގެ ހެޔޮރަހުމަތާއި އެކު އިންޑިޔާ ސިފައިން މިޤައުމުން ބާލާފައެވެ.

    75
  9. ރަންދި

    މެޑިކަލް މާފެޔާ ހިންގާގެން ރައްޔިތުން ފެލާގެން ހަރަންލާރިކަފަ ވާތީ މަޖިލީހުވެ ގޮޑިން ބެރުކޮށް މަޖިލިސްގެ މެންބަރުކަމުން ވަކިކޮށް ހުރިހާ އިނާޔަތްތަށް ކަޑާލަން ޖެހޭ 20އަހަރުގެ ޖަލުހުކުމެއް އަންނަންޖެހޭ ރޮގާއްޔެއް ތީ ދައުލަތަށް އެހުރިހާ ފައިސާއެއް ހޯދާ ގޯތިގެދޮރާ ރިސޯޓް ހޯދިގޮތްބަލާ ކަރަޕްސަން ފައިސާވެއްޖިޔާ ދައުލަތަށް މިހާރުން މިހާރަށް ނަގަން ގޮވާލަން

    52
  10. ފަރީދާ

    އިއްޒަތްތެރި މަންޖޭ ޔާމީނަށް އެކައްޗެއް ނުދިނަސް އަހަރުންނަށް ހެޔޮ އެކަމަކު (އިންޑިޔާ މިލިޓަރީ އައުޓް) ކިޔާނަން.

    61
  11. ވިސްނާ

    މާތްވެގެންވާ އިސްލާމްދީންގެ ޙިމާޔަތުގައި އަޑުއުފުލުންވެސް ކުށަކަށްވަނީތޯ، ގައުމުގެ މިނިވަންކަމާ، އިސްތިގްލާލް ހިމާޔަތްކުރުމަށް އަޑުއުފުލުންވެސް ކުށަށްވަނީތޯ ވީމާ، އަހަރެން
    އެދެނީ އަދި ދިވެހިގައުމުގެ ގިނަދަރިންއެދޭނީ ގައުމުގެދީނާ ގައުމުގެ މިނިވަންކަމަށް ބުރޫއަރާ
    ގޮތަށް ޢަމަލުތައްހުންނަ މަޖިލިސްމެންބަރުންނަށްލިބޭ މުސާރައިން ބައެއްއުނިކުރުމަށް
    އެއީ ގައުމުގެ ދަރިންގެ ޓެކުސްފައިސާއާ އެކިގޮތްގޮތުން ގައުމުގެ އެކައުންޓުގައި ހުންނަފައިސާ އެއީ ދިވެހިހުރިހާދަރިވެސް ޝާމިލްވާފައިސާ ވީމާ، އެފައިސާއިން ޚަރަދުކުރުންވެސްވާންޖެހޭނީ ބޭކާރުނޫންގޮތަކަށް ވީމާ، ގާނޫނުއަސާސީއަށްކޮޅުންއަރާ
    މޫނަށްފެންބުރުވާ މަޖިލީހުގައި ރަގަޅުކަމެއްނުކުރައްވާ ހަޅޭލަވާ ރަގަޅުކަންތަކަށް ހުރަސް
    އަޅާފަރާތަކަށްލިބޭފައިސާ އެއީ ހައްގުފައިސާތޯ ނޫނީ ހައްގުގޮތުގައި ދެވޭ ފައިސާތޯ

    51
  12. މުގާބޭ

    ތިކަލޭގެ އަވަހަށް ޖަލަށްލާ! މޮޔަ މުގާބޭ

    17
    35
  13. މާމީ

    އިންޑިއާ އިން ބިރިއާނީ ނުދޭން ބުނީ ދޯ؟

    60
  14. މަޖީދާ

    ޔާމީންގެ ދޫކަނޑާލިޔަސް ދެން އިންޑިއާ އައުޓެއް ނުހުއްޓުވޭނެ.
    ކަލޭމެން ވެރިކަމުގައި ތިބެން ތިއުޅެނީ ރައްޔިތުންނާއި ދެކޮޅަށް ، ގައުމިއްޔަތެއްނެތި އިންޑިއާގެ ބާރުގައި.
    މިގައުމަކީ މިނިވަން ގައުމެއް. ބަޔަކަށް ގައުމުވިައްކައިގެން ވެރިކަމުގައި ތިބެން ހިޔާލަށްވެސް ނުގެންނާތި. ދިވެހިން މިގައުމުގެ ދިފާއުގައި ނިކުންނާނެ.

    57
  15. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ހަމަ އެކަނި ބޭސް ފަރުވާ ޙަރަދު އަދި ސެކިއުރިޓީ ދިނީމަ ނިމުނީ ....

    5
    45
  16. ނާދިރާ

    މިދައިތަގެ ގަމާރު ކަމާއި މަޖްނޫނު ކަމުގެ ބޮޑުކަން ނިކަން ދެކިބަލަ. ބަލަ މިހިރަ ބޮލުރޮދި ކެނޑިފަހުރި މޮޔަޔާ. އަންނި ރާްއްޖޭ ޓުެަރިޒަމް ބޮއިކޮޓް ކުރާށާ އިންޑިޔާ ސިފައިން މި ގައުމަށް އަރަން ގޮވި އިރު ތިދައިތަ އޮތީ ހަމަބުއްދިފިލާ ނުތާހިރާތަ؟ ނޫނީ ހަމަ ގަމާރީތަ.

    52
  17. Anonymous

    އިންޑިޔާ ސަރުކާރުން ފައިސާ ކައިގެންތިބޭ ގައްދާރުންނަށް ބޮޑު އަދަބު ދޭނަން. އިންޝާﷲ.

    54
  18. މެން

    އިންޑިއާއިންތަ އިނާޔަތްތައްދެނީ

    53
  19. މުސް

    ދާއިރާގެ މެންބަރު ތިކަހަލަ ނާތަހުޒީބު ވާހަކަ ދައްކަވާތީ ހިތާމަކުރަން..

    49
    1
    • ވޯޓް

      ކަލޭމެން އަދިވެސް މީނަ ހޮވާނެ، ރފ އައް ބޫތު ކައިފަ ތިބެނީ އަބަދު

  20. ޟމ

    ޤައުމު އަޅުވެތިވެފައުވާ މިންވަރު އަދިވެސް ޤައުމުގެ ރައްޔިތުންނަށް ވިސްނޭހެން ހިޔެއްނުވޭ

    41
  21. ފަލާޙު، އިންނަމާދޫ

    އިނާޔަތްތައް ކަނޑާލުން މާލަސްވެއްޖެ. އެފައިސާގެ ބޭނުންކޮށްގެން ކުޅޭ ކުޅިގަނޑަކީ މި ގައުމުގައި ފިތުނަ ފަސާދަ އުފެއްދުން. ގެންގޮސް ޖަލަށްލާފައި ބާއްވާ! ނެރޭނެ ކަމެއް ނެތް. ވަގުތު ކުދިން ގަޓް ހުރިއްޔާ ނިކަން ކޮމެންޓް ޖަހާލަބަލަ!

    4
    60
    • Anonymous

      މިއޮތީ ޖަހާފަ ދެން ލަލަލާ

      12
    • ޙާކޮ

      މޮޔަވޭ... ﷲ ގެއިރށދަފުޅާއެކު ރ ޔާމީން 2023 ގަ ހުންނަވާނީ މިގައުމުގެ ވެރިކަމުގަ. ހަޖަމް ކޮށްލާ!!!

      23
      1
  22. އަލިބެ

    ވެރިކަމުގެ ދައުރު ފުރިހަމަ ނުވާ މީހުނގެ އިނާޔަތް ކެނޑީޔާ މާ ތާހިރެއްނު

    22
  23. ރބރ

    އަވަހަށް ކަނޑާއިލާ މިކަން ހުއްޓޭނީ މިކަން ހުއްޓަން ގޮވާލާ ގޮވާލުމަށް އީޖާބީ ގޮތެއްގާއި އަމަލުކޮއްގެން މިއީ ގައުމުގެ ދުލުން ގޮވާ ގޮވުމެއް އިންޝާ ﷲ

    10
    2
  24. ކޮވިޑް

    ކަނޑާލަބަލަ. ކަނޑާ ބައި ކަލެއަށް ޖަމާވާގޮތަށް ކަނޑަން ވާނީ. # އިންޑިއާ އައުޓް #

    19
  25. ޖާބެ

    ޢިންޑިޔާއިން ރޮޒައިނާގެ އިނާޔައްކަނޑާލަން އިންޒާރުދިނީތޯ، އިންްޑިޔާގެ މުސާރަވެރިންހުސް

    20
  26. ވެލިކާންދީ

    ޑީއާރުޕީގެ ރަހަކަރުބުޑުންނުފިލަނީ ބަލަގަ ޔާމިނުގެ ސަބަބަކުންނުނޭ ވެރިކަމަތް ޗަސްމީނައް ނައާދެވުނީ ރައްޔިތުންބަލާނުގަތީމަ ޒައީމުވެސްބަލިވީ ނާއިބުކަންދިނީމަ2008 ތިމާމެނައް ސިޔާސީ ޕާޓީހިންގަން ނޭގުމަކީ ޕީޕީއެމްގެމައްސަލައެއްނޫން ބޮޑާކަމުންނުވީ މިއަދު ހިތާދެކޮޅުންވެސް ގަންޖާއެއްފަހަތުގަ އާދާއިގެ ބާރެއްނެއްމެންބަރެއްގެ ގޮތުގަ ހުއްނަންޖެހުނީމަ ހަޖަމުނުވަނީ ތިހެން ޑީރްޕީޒަމާނުގަވެސް އައްނިއައްފިއަވަޅުއަޅަންގޮވި ނާއިބުލީޑަރުން

    17
  27. އަބްދޫ

    ރޮޒޭ އެއީ ދޮންއަދަމްފުޅު ދޭ ހަދިޔާ އެއްނޫން އެއީ ދިވެހިރައްޔިތުން ގާނޫނުއަސަސގަ ހިމަނައިގެންދޭ ފައިސާއެއް އެކަނޑާލެވޭނީ ރައްޔިތުންނަށް އެންމެންގެ ވެސް ޖަެހޭނީ ކަނޑާލަން.

    18
  28. އަޙްމަދު

    ސާއުދީއާއި އަދި މީހާރުވެސް ޗައިނާއާއި ވިއްދާލައިގެން އުޅޭމީހުންވެސް ހިމާނާލާތީ!!! އޭރުން ފުރިހަމަވާނީ!

    15
  29. ބުއްދި

    ޔާމީނަށް ދޭ ޢިނާޔަތްތައްރޮޒޭނާއަށް ދޭން އަވަހަށް މަޖްލީހުން ނިންމާ. އޭރުން ރޮޒޭނާވެސް އައުޓަށް ނުކުންނާނެ.

    14
    1
  30. ލ

    ކަމަނާ ގައުމަށް ކޮންކަމެއް ކޮއްދެވުނީ؟ ހަމަ އަހަރުމެންގެ ލާރިން ދިރި ތިއުޅެނޭ. ކަމަނާގެ އިނާޔަތްތައްވެސް ކަނޑާލަން ފެނޭ.

    22
  31. ޒާ

    ރޮޒައިނާގެ ތަރިކަމުދަލުންތޯ ނުވަތަ އިންޑިއާއިންތޯ ޔާމީނަށް އިނާޔަތްދެނީ؟

    23
  32. ދޯ

    ކަނޑާލަން ޖެހޭ އިނާޔައް އެހެރަ ފެއްނަނީ

    11
  33. ޝަބީރީ

    ރޮޒޭ އަށް އެންޓަނާ ނުފެންނަނިީ ތަ؟

    16
    1
  34. ފަލަކު

    ޔާމިނަށް އިނާޔަތް ދެނީ މީނަގެ ތަރަކައިން ލިބޭ ފައިސާއިން ކަމެއް ކުރިޔަކުން ނޭންގުނު މިހާރު އެގިއްޖެ އެއީ ރޮޒެއިނާގެ ދީލަތި އެހީއެއްކަން.

  35. ހަސަނާ

    ކަލޭ ހަމަތަ

  36. ނަބްލާން ކަރީމޯފް

    މިމީހުން މަޖިލިހަށް ވައްދަން ވޯޓުދިން މީހުން ހަމައިގަތޯ ތިބީ؟ ދާއިރާގައި މިއަށްވުރެ ރަނގަޅުމީހަކު ހަމަ ނެތީ؟ ލަދުވެސް ގަނޭ! މުޅިންވެސް މީހުންގެ ވާހަކަދައްކައިގެން ހެޑްލައިނަށް އަރަން މީނަވިސްނަނީ. މައުމޫނު ނޫނީ ޔާމީނު ނޫނީ ގާސިމު. ޕްރޮދަކްޓީވް ވާހަކައެއް ދައްކަން ނޭނގޭތަ ދައްކަނީވެސް ރަނޑު ވާހަކަ.

  37. ހުސޭނުބެ

    ވަގު ކަލޭގެ ގެންގޮސް ޖަލަށްލާބަލަ

  38. ރަބަރޭ

    އެމްޑީޕީގެ ވެރިކަން ނިމުމަކަށް އަންނަން ވަރަށް ގާތްވެއްޖެ %30 ޕަސެންޓް ލިބިގެން ވެރިކަމަށް އާދެވޭ ގޮތަށް ހަދަން ތިޔަ ތެޅެނީ އެހެންވެގެން ވެރިކަމުގެ ބާރުތައް ދަމަހައްޓަށް ތިޔަ ތެޅެނީ އެހެންވެގެން

  39. ބުއްޅަބޭ

    ރޮޒައިނާގެ އިނާޔަތް ކަނޑާލަބަލަ! ވަރަށް ސަޅިކޮށް އޭރުން ހުންނާނީ!

  40. ޢަޅެ

    ޚަލޭވެ މުދާތަ އެޢީ

  41. އިއްސޭ

    މީވާ ލާރިޔާ ހެދި ހޭކެނޑޭ އަންހެނައް ކޮންބައެއްތަ އަޅެ މިފެންވަރުގެ ނާތަހުޒީބީން މަޖްލިސްއަށް ހޮވަނީ، މަހަމަހައިރާން ވެއްޖެ އަނގަފުޅާ ކުރާވަރިދޯ ..ބުރުގާގަނޑެއްވެސް ގަނެލަންޖެހޭތީ ނާޅާ ފައިސާ. ފައިސާ..

  42. އަޙްމަދު

    މާގިނައިން ނޫސްތަކަށް އަރާނެ ކަމެއްނެތް! ވޯޓެއް ނުލިބޭނެ! މަޖްލީސް ގޮނޑިވެސް މީ ކަލޭގެ ފަހުފަހަރު. އިންޝާﷲ.

  43. ަައިބޫ

    ބަލަ މަންޖެއަށް ފައިސާދެނީ އިންޑިޔާއިންތަ

  44. މަހާ

    ކެރެންޏާ ކަނޑާލާބަލަ ކުރީގެ ހުރިހާ ރައީސުންގެ އިނާޔަތްވެސް، ،
    ރައްޔިތުން ބޭނުންނުވޭ އިނާޔަތޭ ކިޔައިގެން މިވަރު ބޮޑެތި އަދަދުތައް ދޭކަށް،
    ނިކަމެތި ދިވެހި ރައްޔިތުން 18 އަހަރުން ފެށިގެން 65 އަހަރުވަނދެން ސަރުކާރުގަ އުޅުނީމަވެސް ލިބޭ އެއްޗެއް ނެތް،
    ކޮންކަހަލަ ހަމައެއްމީ،