ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރަން ބީލަން ހުޅުވާލި ރަށްތަކުގެ ލިސްޓްގައި ހިމެނި ށ.ދިގުރަށާއި މެދުރަށާއި މައިރަށް އެލިސްޓުން އިއްޔެ އުނިކޮށްފިއެވެ.

ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއް ހިމެނޭހެން ގިނަ ރަށްތަކެއްގައި ރިސޯޓު ހެދުމަށް ކުޑަ އަގެއްގައި ސަރުކާރުން ބީލަމަށް ހުޅުވާލީ މިމަހު ކުރީކޮޅު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނާއި ދިމާކޮށެވެ. ނަމަވެސް އެތިން ރަށް މިހާރު ލިސްޓުން އުނިކޮށްފައި ވަނީ އެރަށްތަކަކީ އެހެން ކުންފުންޏަކަށް ދީފައިވާ ރަށްތަކެއް ކަމަށް ބުނެ އެކުންފުނިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.

ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކުން ބުނެފައިވާ ގޮތުގައި އެކުންފުނިން ރިސޯޓް ހަދަން ލ.އަތޮޅުން ސަރުކާރުން ދިން ރަށެއްގައި އަމިއްލަ މީހެއްގެ ބިމެއް އޮތުމުން ސަރުކާރުން ވަނީ އޭގެ ބަދަލުގައި ށ.އަތޮޅުގެ ތިން ރަށް އެކުންފުންޏަށް ދީފައެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި ތިން ރަށް ޕްރިމިއާ އިކުއިޓީ އަށް ދިނުމަށް މަޝްވަރާ ކުރެވުނު ނަމަވެސް އެތިން ރަށް އެކުންފުންޏާއި ހަވާލު ކޮށްފައެއް ނުވެއެވެ.

ތިން ރަށުގެ ބިމުގެ ޖާގަ އެއްކޮށްލުމުން ބޮޑު މިނުގައި 19.5 ހެކްޓަރު ހުރި މި ރަށްތަކަށް ބީލަން ހުޅުވާލީ އެކުއިޒިޝަން ކޮސްޓަށް 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ދައްކާ ގޮތަށެވެ.

ވަރަށް ކުޑަ އަގެއް ސަރުކާރަށް ދައްކައިގެން ރިސޯޓު ހަދަން ހުޅުވާލާފައިވާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ އަންނަ މަހު ފަހު ހަފުތާ ތެރޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކަކުނި

    ހީވޭ ކަމެއްހެން. ދައްކާލި ދަޅައެއް ހަމަ. އަދި ކިތައް ކަންތައް ހުއްޓޭނެބާ؟

    15
  2. އަލީ

    ރާޑޯ އަށް ސަލާމް

    12
  3. މަތަރަސް

    ކޮބައި ކޮމެންޑޫ ރައްޔަތުންދެއްލަލާ؟ އޭރުވެސްބުނިން މިއީ ވަރައްނުލަފާ ގައުމުފަސާދަކުރުމާ ވައްކަންކުރުމާ ގައުމުގެހަޒާނާހުސްކޮއްބެހުމާ ގާރޫނު ގާސިމުމެން އައިސް ހުސްބުލީގާބާނާފައި މިހާރުދެނީލަޑު؟ މިގައުމުގާ ގަޓްސް ހުރިވެރިޔަކީ ރައީސްޔާމީނު އިންޑިޔާ ހަމަމަގައްއެޅުވޭނީ ރައީސްޔާމީނައް ؟އެހެނެވީމާދެންވެސް ދެހާސްތޭވުހުގާހިޔާފުލެޓާއެކު ބޮޑުތަނުން ރައީސްޔާމީނުގެންނަވީ މިހާރު ދައުވާކުރަނީ އަބުރުކަތިލަން ވެގެން ސަޕޯޓަރުންވަނީއިތުރު މިރަހަޔާކުޑައޮރިޔާނިވާނުކުރާ ނަހައްގުފައިސާކާރޮޒޭ ތެލަބަޑި ކޮބައިފިރިނެގެލޯނު؟ މިހާރުއިތުރުރަށެއްދިނީ ފަިސާދިނީ؟ދެންކިހާވަރަކައްހިރުވާނޭފައިސާފުނި ؟؟

    14
  4. ޙަނދުކޭތަ

    ކޮމަންޑޫ ދާއިރާ ރައްޔިތުން ދެން ރާކަނިމަސްކަގަ ޕަކާސް

    16
  5. ބަފާ ވައްޑެ

    ހިނިއައްނަނީ ހަސަންޓެ ބުނިއެތި މިސަރުކާރައްއެޅޭނީ ހެދޭނީވެސް ވަގުންގެބަސްދެންވެސް ގަބޫލުނުކުރާތި އޭއީ ވައްކަންކުރުމުގެ ފުރަތަމަ މަރުހަލާއަކީ ދޮގުހެދުންވީމަ ވަރައްސަލާމް ހަމަހިނިއައްނަނީ

    12
  6. ބަފާ އައުޓް

    ހިނިއައްނަނީ ހަސަންޓެ ބުނިއެތި މިސަރުކާރައްއެޅޭނީ ހެދޭނީވެސް ވަގުންގެބަސްދެންވެސް ގަބޫލުނުކުރާތި އޭއީ ވައްކަންކުރުމުގެ ފުރަތަމަ މަރުހަލާއަކީ ދޮގުހެދުންވީމަ ވަރައްސަލާމް ހަމަހިނިއައްނަނީ

  7. މަޖީދާސ

    ދެން އުނިކޮއްލިޔަސް ރަނގަޅުވާނެ.
    އޮންނާނީ ގޮނޑި ކާމިޔާބުކޮއްފައި.

    10
    2
  8. ސުވާލު

    ކިހިނެތް މި ވީ؟

  9. ޒާ

    ހާދަ އަވަހޭ ދޯކާދޭލެއް.

    10
  10. ކުރުސީ

    ދުވަސްކޮޅަކުން ކޮމަންޑޫވެސް ލިސްޓުން އުނިކުރަނެ....ހެހެހެހެ ދިވެހިންގެ ގަމާރުކަމޭ ބުނެގެން ފަރުޖެއްސޭކަށްވެސްނެތް! ތައުލީމާއި ގައުމިއްޔަތު އެކަށީގެންވ/ަގޮތަށް ދެވިފަ ނެތިމަ ވާނެ ހައެތި މިވަނީ

  11. ރ

    އެންމެ ނަށް އޮޅުވާލާގެން އަަބަދަކު ނޫޅެވޭނެ އެކަމުގެ ހިތި ނަތިީޖާ ފެންނާނެ

  12. ދަރަނި ދަންތުރަ

    ކޮބައިތޯ ރާޑޯ ހިއްވަރެއްހުރިއްޔާ އިސްތިއުފާދީބަލަ އެމް ޑީ ޕީ އެއީ ފައްކާ ހިޔަޅު ގުރޫޕެއް ދާއިރާގަ 3 ރިސޯޓު ތިޔަހުޅުވީ ރާކަނިމަސް ކެވިއްޖެބާ ؟