ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްޕޮޅުގެ 6 ރަށަކަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

މި ދަތުރު ފުޅުގައި އެމަނިކުފާނު ވަނީ ޅ.މަޑިވަރާއި ހިންނަވަރާއި ފެލިވަރާއި ނައިފަރާއި އޮޅުވެލިފުށްޓާއި ކުރެންދުއަށް ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ރަށްޔިތުންނާއި ރަށުކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށްރަށުގައި ހުރި ސަރުކާރު މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވައި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއާޕޯޓް ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. މަޑިވަރު އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާޙަކަފުޅުގައި ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމުގައި އެއްރަށް އަނެއް ރަށް ދަތުރުފަތުރުން ގުޅުވާލުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، މަޑިވަރުގައި ހުޅުވުނު އެއަރޕޯޓާއެކު، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއާޕޯޓެއް ޤާއިމުކުރެވިއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މަދަރުސަތުލް އިފްތިތާޙްގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމާއި އޭވީ ރޫމްއާއި ސްޓާފްރޫމް ހިމެނޭ އިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވުމުގެ އިތުރުން ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވެއެވެ.

ރައީސްގެ ފާދިއްޕޮޅުގެ 6 ރަށަކަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޒީ

    ރައީސް ޔާމީންގެ ޒަޢާމަތުގައި ފަށާފަހުރި މަޝްރޫޢުތަކެއް ނިންމާ ރިބަންކަނޑަން ކުރި ދަތުރު ނިންމާލުމަށްފަހު މާލެ ހިގައްޖެ!

  2. ޔާމިން

    ގައްދާރު ބޯގޯސް ފެއްސޭ