ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝީދުގެ ނަން ތިން ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުބައިކޮށް ވިދާޅުވެވިއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ އާ މެންބަރު ރާޝިދު މަޖިލީހާއި ގުޅިވަޑައިގަތުމުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެއީ އެމްޑީޕީން ގެނައި ބަދަލުތަކެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީތަކަށް ގެނައި ބަދަލު އިއުލާން ކުރައްވަމުން ރައީސް ނަޝީދު ވަނީ "ރާޝިދު" ގެ ބަދަލުގައި "ރަޝީދު" ވިދާޅުވެފައެވެ. އެ ގޮތަށް ތިން ފަހަރު ވެސް ވިދާޅުވެވުނެވެ.

އެ ކަން ފާހަގަ ކުރެއްވުމުން ރައީސް ނަޝީދު ފަހުން ރާޝިދުގެ އަރިހުން މައާފަށް އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރޭގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ތަނާ ވެސް ގިނަ ނަންތަކެއް ރައީސް ނަޝީދަށް ނުބައިކޮށް ވިދާޅުވެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަންފަ

    ޙިނދިކޮޅުގަ އިނީކަމަށް ތިޔަވާނީ ތިންފަހަރު ނުބައިކޮށް ކިޔާނީ

  2. އިންޑިޔާ އައުޓް

    ހައިރާންވާން ޖެހޭކަމެއް ނޫން. ހަމައިގަ ހުރެގެންތާ ރަނގަޅަށް ދާނީ. ބޮވެންވާނެޔޭ ބުނީ ކާކު؟

  3. ޖާބެ

    ޢޮކްޓަޕަސްއެއްވީމަ ރައީސްއަށްވެސް އޮޅުނީ

  4. ހުސޭނުބޭ

    ހިނދުކޮޅުގައި ތޯ! އެސޮރު އެ އިނީ އެހެންވެ ވަރަށް ރުޅިއައިސްފައި.

  5. ސުކުންޑާ

    ނަސީބެއްނު ގިފިއްޔޭއޭ ކިޔާ ނުގޮވިކަން

  6. ސަނީ

    ކަލޯގަޔާ އެސޮރު އިނގޮތް ދޯ. ވާނުވާގަ. ހީވޭ ވަރަށް އެކައްޗެއްވެސް ނޭގޭހެން.

  7. ޒިއާ

    ކިހާ ދެރަ ދޯ ރުޝްދީ، ފުރަތަމަ ދުވަހުވެސް ޚުދު ޕާޓީގެ ރައީސް ސައިޒު ދައްކާލަދިނީ ތިޔޮއް.

    އެހެންތާވާނީ، ނަމެއް ވަނަވަރެއް ކާކުކަމެެއް ނޭންގުނަސް ރީންދޫ ޓައި އަޅާގެންހުރީމާ ހޮވި މީހެއް ވިއްޔާ.

    ރުޝްދީ ދެން ކުރަންޖެހޭނެ ހުރިހާވެސް ކަމަކީ ޕާޓީގެ އިސްވެރިން ބުނާހާގޮތަކަށް އަތް އުފުލައި ވޯޓުދީ، ކަމެއް ދިމާވެއްޖެ ނަމަ ރޫހާނީ ލީޑަރުގެ ދިފާއުގަ ޖަނަވާރެއްހެން ހަޅޭއް ލެވުން. އެޔޯލަ ރައްޔިތުން ތަމްސީލުކުރުމަކީ.