ރާއްޖޭގައި އިންޑިއާގެ ސިފައިން ހަތިޔާރާއި އެކުގައި ނެތް ކަމަށާއި އިންޑިއާ ސިފައިނުން މިގައުމުގައި ތިބި ނަމަ ފޮޓޯ އާންމު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީން ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ އިސް ތަރުޖަމާނު އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ރާއްޖޭގައި ކުލީ ސިފައިން ތިބި ކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ ތަމްރީނުގެ ބޭނުމަށާއި، އެނޫންވެސް އެކި ބޭނުންތަކަށް ރާއްޖޭގައި އިންޑިއާގެ ބައެއް ސިފައިން އެބަތިބި ކަމަށާއި، އެހެންނަމަވެސް އެމީހުން ހަތިޔާރެއް ނުގެންގުޅޭ ކަމަށެވެ.

"އެހެންވީމަ، ކުލީ ސިފައިންނޭ ކިޔާފައި ޒާތްޒާތުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންނަށް އެނގެނީ ރޯ ބުހުތާނު ދޮގުކަން. ދިވެހިރާއްޖޭގައި އިންޑިއާގެ މިލިޓަރީއެެއް އޮތް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ހަތިޔާރު އެޅި ސިފައިން ތިބި ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ތިބި ނަމަ، އެންމެ ފުރަތަމަ އެ ފޮޓޯ ޓްވީޓް ކުރައްވާނީވެސް، ރައީސް ޔާމީން." އޭނާ ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުން ވެސް މީގެ ކުރިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބޭ ކަމަށް އިއުތިރާފު ވެފައެވެ. އެހެންނަމަވެސް ރާއްޖޭގައި ތިބީ އިންޑިއާގެ ކިހާ ސިފައިންނެއްކަން ހާމަ ކުރުމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވާފައެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއެކު، އެގައުމުގެ 75 ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން މީގެ ކުރިން ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެންނަމަވެސް އެއަށް ވުރެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެ. ނަމަވެސް އެ ދުވަސްވަރު ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ނަމަވެސް، އެމީހުން ހަތިޔާރު ނުގެންގުޅޭ ކަމަށެވެ.

އެހެންނަމަވެސް ރާއްޖެއަށް ވުރެ އަސްކަރީ ގޮތުން ގާބިލު ގައުމެއްގެ ސިފައިން ތިބުމަކީ ކޮންމެ ހިނދެެއްގައިވެސް ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެ އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އަންނަނީ އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ މިލިޓަރީ އައުޓް"ގެ ނަމުގައި ސުލްހަވެރި ހަރަކާތްތަކެއް އިންތިޒާމު ކުރަމުންނެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމުގެ އިތުރުން، އެގައުމާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ސިއްރު ކުރުމަކީވެސް އިދިކޮޅުގެ ކަންބޮޑުވުމެކެވެ. ކުރީގެ ރައީސް ޔާމީންގެ ޒައާމަތުގައި އެމަނިކުފާނުވެސް ވަނީ އިންޑިއާ ސިފައިންނަށް ރާއްޖެ ދޫކޮށް ދިއުމަށް އަންގަވާފައެވެ. އެހެންނަމަވެސް އިންޑިއާގެ ސިފައިނުން ވަނީ ރާއްޖެ ދޫކޮށް ދިއުމަށް ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރާޝިދާ

    ކުލީ ސިފައިން ތިބި ވާހަކައެއް ނުދައްކައޭ ސޭޓޫ

    20
  2. ހުސޭނުބޭ

    އެ އިވެނީ ބައިތުލްމާލުން އެންމެ ފަހުން ދިން އެތިކޮޅުގެ އަޑު.

    24
  3. ލުޓޭރުންގެ ސަރުކާރު

    ދިވެހި ރާއްޖޭގަ އިންޑިޔާގެ ކުލީސިފައިން ތިބިވާހަކައެއް ނުދައްކައޭ ބަޔަކު..މިކިޔަނީ އިންޑިޔާ އަސްކަ ރީ ސިފައިން މި ރާއްޖޭގަ ތިބުމަށް ދިވެހިން ނޭދެމޭ....ގާސިމާ ސަންޝިޔާމު ކަހަލަ ބިކާ ރީ މަހުޖަނުން އިންޑިޔާ ބޭކުން ލޯނުތައް ނަގައިގެންތިބީމަ އޭގެދަށުވެ ދެލޯ ކަނުބަޔަކަށް ވިޔަސް ދިވެހި އާއްމު ރައްޔިތުން މިތިބީ ސަލާމަތުންނޭ...އިންޑިޔާ އައުޓް ހަ ރަކާތުގަ އުޅުނު ފު ރަހަނި ޝުއައިބާ ޝިހާބާ ކެޕްޓަން އިހުސާނަށް ތުން މެޓާ ދީފަ އެތިބީ އަނގަ ބަންދުކޮއްފަ...ޖޕ އަށް ގައުމަށްވު ރެ މުހިއްމީ ދައުލަތުގެ ޙަޒާނާ ލޫޓުވުން..ގާސިމުދޭ ރުފިޔާކޮޅަށް ހެއްލި ވޯޓުދީ އަތްޖަހާދޭ ގައްދާ ރުންގެ ހަ ރާންކޯ ރުކަން މިގައުމަށް މިއޮތީ ބަލާމުސީބާތަށްކަށްވެފަ..

    21
  4. ކައްތިރި

    25ލ އަށް 1ޖބ ވިއްކާ ފެންފޯއް ރުއް ވަގަންނަގާ ބޮލުރޮއްޖެއްތީ ހޭ ހޭ ހެ

  5. ލޮލް

    އެއީ ތެދެއް. ރާއްޖޭގައި ތިބީ މިސަރުކާރު ވެރިކަމަށް ގެންނަން އެހީވެދިން އިންޑިޔާ ސިފައިން. ކުލީވެފައި ތިބީ ބުރުމާމެން ކަހަލަ ސިޔާސީ ކަނޑުކޮހުން.

    17
  6. އާދަނު

    ރައްޔިތުންގެ ޚަޒާނާއިން ކަލެއަށް ދިން ބައިވަރު އެގެއެވެ. ޝަރީޢަތާކުރިމަތިލަން ތައްޔާރަށް ހުންނައްޗެވެ.

    18
  7. އިބްރާހިމް

    އިންޑިއާގެ ސިފައިން ރާއްޖޭގައި އެބަތިބި. ބޭރުކުރާނަން އިންޝާﷲ

    22
  8. އަހްމަދު

    އަދި ސޭޓައްއިތުރު އެއަރޕޯޓަކާ ރިސޯޓުހަދަން ރަށަކާ ފަޅެއްދީފައަނހާބަލަ މިގައުމިގައި މުސްލިމުންއެބަތިބިތޯ އަޑައްބާރުލާފަބުނާނެ އެއްވެސްމީހަކުނެތޭ މިނަިހުންގެ ފެންވަރަކީ މިއީ

    17
  9. ސަނީލް

    އޮޅުވާލަން ނޫޅޭ.. ކުލީސިފައިންނެއް ކުލީނޫންސިފައިންނެއް ވިލާ ސިފައިންނެއް ބަލާކަށެއް ބޭނުމެއްނޫން. ބޭނުންވަނީ އިންޑިޔާސިފައިން މިތަނުން ދިޔުން. މިތާކު އިންޑިޔާސިފައިންނެއް ނުވަތަ އެހެންގައުމެއްގެ ސިފައިންނެއް ތިބޭކަށެއް ނުޖެހޭ. މިތާ ތިބެންޖެހެނީ ބޭރުގެ ޓޫރިސްޓުން އެއީވެސް ރިސޯޓުތަކުގަ އެކަނި.

  10. ޙަހަހަހ

    އެޔާ ޕޯޓް އެށް ދިނީމަ

    10
  11. ސޭޓުވަގ

    ޔާމީނުގެ ޓްވިޓާގެ އައިޑީ ދީބަލަ

  12. ރެހި

    ބަލަގަ ތިޔަ ވަހުތާނަކައް ނޭންގޭނެ މިގައުމުގަ އިންޑިޔާސިފައިން ހަތިޔާރާއެކު އައިސް ކުރިމަތީ ހަރަކާތްތެރިވިއަސް އެހެންއެވަނީ މިނައްވުރެ އަމިއްލައެދުން ބޮޑުވީމަ އަނެއްކާވެސް އެތިކޮޅެއް ބޭނުންވީތާ މިފަހަރު ކިހާވަރެއްބާ މިއޮއްހުރިހާދުވަހު އަނގައިން ނުބުނެ ހުރެފާ ތިޔައަނގަ ތަޅައިގަތީ ލިބޭނެތާ މިހާރު ވެރިކަންވެސް އޮތީ ފުރޮޅިފާވިއްޔަ

  13. ޖާނޭ

    ތަމްރީނު ބޭނުމަށް ބަޔަކު އެބަތިބި، އެނޫންވެސް ކަންކަމުގައޭ ބުނީމަ ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ. އަލީ ސޯލިޙް ހީކުރަނީ އޭނައަށް ވަރަށް ގިނަ އެއްޗެތި އެގޭ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް ކަމެއ އޭނައަކަށް ނުއެގެއެވެ. ހަމަ އެކަނި އެގެނީ އޭނާއަށް ލިބޭ މަހު މުސާރައިގެ ޢަދަދެވެ. އެއްވެސް މިހަކު ނުދައްކާ ކުލީ ސިފައިނ ތިބި ވާހަކަ އެއް އެހެން ނަމަވެސް މިކިޔަނީ އެމީހުންގެ ނުފޫޒު ގަދަވެފައި ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމުގައެވެ. މިގޮތުން ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއަން އެމްބެސެޑަރ މރ. ރާޖީވް ސަހާރޭ ނުދެއވެ. ހުރި ފޫކަހާލާފައި ކުޅި ބަލާށެވެ. ދެން ފަހަރަކުން އިންޑިއާގެ އެހީގައި ހަދާ ބްރިޖް ހުޅުވަން ޗައިނާ އެމްބެސަޑަރ އަށް ދަޢުވަތު ދިނީމާ އޭނަވެސް ނުދިއުމން އެއިން އެގެނީ އިންޑިއާ މީހުންގެ ގޮޑި ކޮއްކޮ ސަަރުކާރެއް ޤާއިމު ކުރަން ކަމެވެ. ޢަލީ ސޯލިޙަށް ޖިއޮޕޮލިޓިކްސް އަކީ ކޮން އެއްޗެއް ކަންވެސް ނުއެގެއެވެ. އެއްވެސް މީހަކު ނުބުނޭ ފޮޓޯ ދައްކާށެކޭވެސް. ފޮޓޯ ދައްކަން ބުިނި ނަމަވެސް އެކަން ނުކުރެވޭނެއެވެ. ޤައުމަށްވުރެ ތިމީހާއަށްވެސް މުހިއްމީ މުސާރައެވެ. ޢިލްމީ ގޮތުން ތިމާއަށް ނޭގޭ ވަރުގެ ވާހަކަ ނުދެއްކުމަށް އަލީ ސޯލިހަށް ގޮވާލަމެވެ.

  14. ކަޅުބެ

    މިކަލޭގެ ހަށްޔަރު ކުރަންޖެހެނީ ގައުމަށް ހިޔާނާތް ތެރިވެގެން ކުލީ ސިފައިން ތިބުމަށް ސަރުކާރަށް އެހީވެގެން.

  15. މަންތިރި

    އައްޑޫގަ ބޮޑުސިންގާ އޭކަރެއްގައި އިންޑިއާއިން އެ ގަންނަ ގަނޑު އޭނަޔަށް ފެނޭބާ