އައްޑޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އަންހެން މީހާގެ ބަޔާން ނަގައިފިއެވެ.

ހިތަދޫގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އެސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ ދިގު މުއްދަތަކަށް އަދާ ކުރަމުން ދިޔަ 59 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ކޯޓު އަމުރެއްގެ ދަށުން އަންހެން މީހާ ހައްޔަރު ކޮށްގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. އެ އަމުރު ބާތިލް ކުރަން އެދި އާއިލާގެ ފަރާތުން ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ.

އެ މީހާ ހައްޔަރުކޮށްފައި ހުންނަތާ 20 ދުވަސްވެފައިވާއިރު، އޭނާގެ ބަޔާން ނަގާފައި ވަނީ މިއަދު ހެނދުނު މާލެއިން ހުޅުމީދޫއަށް ދިޔަ ޓީމަކުންނެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން މީހާގެ އާއިލާއިން ބުނާ ގޮތުގައި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ބަޔަކު މީހުން ނުފޫޒު ފޯރުވައިގެންނެވެ. އެގޮތުން އާއިލާއިން ބުނާ ގޮތުގައި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖާގެ ކާފައެވެ. ނަމަވެސް އާއިލާއިން އެކަން ސިއްރު ކުރަން އަންހެން މީހާގެ ބޮލަށް އެކަން ޖަހައި މިވަގުތު ކާފަ އައްޑޫން ފުރުވާލާފައިވާ ކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ.

އެ އަންހެން މީހާ ބަންދު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ވަނީ ބަލަން ފަށާފައިވާއިރު، އެސިޓީގެ ގިނަ ބަޔަކު ވަނީ އަންހެން މީހާ ވަގުތުން ދޫކޮށްލަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިވެސް ކުރަން ފަށާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ޕެޓިޝަންގައި މިވަގުތު ވެސް 2000 އަށްވުރެ ގިނަ މީހުން ވަނީ ސޮއި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަން ރީނދޫ

    އަންތަރީސް ވާވަރުވޭ. މިހާރު މިކަމުގައި ކުއްވެރިވާ މީހެއް ނެތް. އެކުއްޖާ މިހާރު މިކަމުގައި ކުށްވެރި މިވަނީ.

  2. ޕޮގުބާ

    ޕެޓިސަނުގަ ސޮއިކުރީމަ ކުއްވެރިން ދޫކޮށްލާ ގާނޫނެއް މިގައުމުގަ އޮވޭތަ؟ ކާފަ ކޮންމެތާކު އުޅުނަސް ބަޔާން ނެގޭނެ

  3. ކާފަބޭ2020

    މިހާދުވަސްވަންދެންހައްޔަރުގަބަހައްޓާފަ އަދިކިރިޔާބަޔާންވެސް؟ އެހެންވީމާ ވާނުވާގަމީހުންމިހާރުވެސްބަހައްޓާތާ! މަހީކުރީ ކުރީގެވެރިކަމާއެކު ވާނުވާޖެހުންވެސްނިމިފައިވާކަމަށް! ކުރީވެރިކަމުގަ " ވާނުވާޖެހުން " ކުށަކަށްހަދަންހޯބޯލަވާފަ މިޖެހުނީހަމައެއްތާކުތާ! މިބަރަކާތްތެރިމައްސަރުގަ ޖަލުގަނުބައިންދާ ހަމަމިހާރުއެދައްތަދޫކޮށްލަންގޮވާލަން! ރޯޔަލްރޭޕްކޭސްތަކަށްނުހައްދަވާ އިންސާފުގާއިމްކުރަށްވާ! އެދައްތަމިނިވަންވުންއެދި ﷲ އަށްދުޢާދަންނަވަން!

    7
    1
  4. އަޙްމަދު

    ބަލާ މިއޮތްހާދުވަސް ވީއިރު އެމީހާގެ ބާޔާން ނުނެގުނީ ކީއްވެތޯ! މިމައްސަލާގައި އެކުއްޖާގެ މަންމަގެ ބާޔާން ނަގަންޖެހޭ!
    މީވަރަށް ނުފޫޒުވައްދާފައި އޮތްމައްސަލައެއް ކަމަށް މީހުންދެކެނީ! ކުއްޖާގެ މެޑިކަލް ރިޕޯޓް! އަންހެންމީހާގެ ބަންދު! މައްސަލަ ބެލި ނުވަތަ އަންހެންމީހާގެ ބަންދު ކަނޑައެޅި ޤާޞީއަކީ ކޮންމެވެސް ވަރެއްގެ ގާތްކަމެށް އެކުއްޖާގެ އައީލާއާއި އޮތްފަރާތެއްކަމަށް ބައެއްމީހުން ބުނޭ!

  5. އަހުމަދު

    އަދި ކިރިޔާ ބަޔާން ނެގީ؟