ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ތ.ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ޣައްސާން މިރޭ ފުލުހަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ޕީޕީއެމްއިން ބުނީ ސައީދު މިރޭ 09:30 އަށް އަދި ޣައްސާން މިރޭ 10:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޣައްސާނާ ސައީދު ހާޒިރުކުރަނީ ޕީޕިއެމް/ ޕީއެންސީ ގުޅިގެން މިދިޔަ މަހުގެ 25 ދުވަހު މާލޭގައި ބޭއްވި "އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތާ ގުޅިގެން ކަމަށެވެ.

އެ ދުވަހު ބޭއްވި އެއްވުމާ ގުޅިގެން ހައްޔަރުކުރި 17 މީހުންގެ ތެރޭގައި ސައީދާއި ޣައްސާން ވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ފަހުން އެ އެންމެވެސް ވަނީ ދޫކޮށްލައިފައެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހިންގަމުންދާ "އިންޑިއާ އައުޓް"ގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އިރު ވެރިކަން ކުރާ އެމްޑީޕީން ދަނީ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ބިލެއް ވެސް މަޖިލީހަށް ހުށަހަޅަމުންނެވެ. ނަމަވެސް އިދިކޮޅުން ބުނީ އެފަދަ ގާނޫނެއް ފާސްކުރިޔަސް އެ ހަރަކާތް ނުހުއްޓާނެ ކަމަށެވެ.

އިންޑިއާ އައުޓްގެ ހަރަކާތްތަކާ ގުޅިގެން އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވެސް ދަނީ ބަލަމުންނެވެ. އަދި އެ ކޮމިޓީއަށް ހޯމް މިނިސްޓްރީއާއި ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހާޒިރުވެސް ކޮށްފައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙައްގުބަސް

    މިސަރުކާރުން ސުލްޙަވެރިކަމާއެކު ރައްޔިތުންނަށް ޚިޔާލުފާޅުކުރުމަށް ހުރަސް އަޅާ އަދި ސުލްޙަވެރިކަމާއެކު ރައްޔިތުންނަށް އެއްވެއުޅުމަށް ހުރަސްއަޅާ ފާޅުގައި ރައްޔިތުންނަށް ދަނީ ބިރުދައްކަމުން!! މިއީ އޭގެތެރެއިން ސަރުކާރުން ހިންގާ ޖަރީމާއެއް!! އިދިކޮޅުން ސުލްޙަވެރިކަމާއެކު އެއްވުމަށް ހުރަސްއަޅާ ފުލުހުންނާ ސިފައިން ނެރެގެން މިދޭތެރެއިން ރައްޔިތުންނަށް އަނިޔާވެރިވެ އިދިކޮޅު ޕާޓީގެ މެމްބަރުންނަށް އަނިޔާކޮށް ހައްޔަރުކުރުކޮށް ޖަލަށްވެސްލި!! އަދި ބިޑިއަޅުވައިގެން ކޯޓަށް ހާޒިރުކޮށް ބިރުދައްކާ ޝަރުޠުތައްކޮށް ދޫކޮށްލާ މިހާރު މިއީ ބިރުދެއްކުމަށްޓަކައި ގާނޫނީ އިމުން ބޭރުން ކުރާ އަނިޔާނޫން ދެން ކޮންކަމެއް؟ މިއީ އަނިޔާވެރި ސަރުކާރެއް! އެއްވެ އުޅުމާ ސުލްޙަވެރި އިހްތިޖާޖުތަކަށް ފާޅުގައި ފުލުހުން ބޭނުންކޮށްގެން ރައްޔިތުންގެ ގަޔަށްބޮލަށްއަރާ ޙައްގަށް އަރައިގަންނަމުންދަނީ!! ލަންކާ ސަރުކާރާ ދެކޮޅަށް ރައްޔިތުންއެކުރާ ސުލްޙަވެރި މުޒާހަރާތަކަށް ލަންކާ ސަރުކާރުން ފުލުހުންނާ ސިފައިން ނެރެގެން އަނިޔާކުރަމުންނުދާނެކަމަށް ލަންކާ ސަރުކާރުންވެސް އެދަނީ ބުނަމުން!! އެކަމަކު މިސަރުކާރުން އެއްވާންވެސް ފުރުސަތުނުދީ އިދިކޮޅު އޮފީސް ވަށާލާ ބެރިކޭޑްޖަހާ ފުލުހުން މުޅިސަރަޙައްދަށް ރުކުރުވާލައިގެންކުރާ ޑިމޮކްރަސީއާ ބީރައްޓެހި އަނިޔާތައް ހުއްޓާލަން ގޮވާލަން އަދި ރައްޔިތުން ނިކުންނަންޖެހޭ މިއަނިޔާވެރިކަމާ ދެކޮޅަށް!

    12
    • ދޮންކެޔޮ ބުރޯ

      ތިބޭފުޅާއަށް ޔާމީނުގެ ވެރިކަމުގަ މުޒާހަރާކުރުމާ އެއްވެއުޅުމާ، ހިޔާލްފާޅުކުރުން އޮތްގޮތް ހަމަނޭގެނީތޯ، ދެމީހަކު ތަނަކަށް އެއްވެލާއިރަށް ޕެޕާރ ސްޕްރޭޖަހާ ޖަލުގަ މަސްދުވަސް ނޫނީ އަހަރެއްވަންދެން ބައިންދާކަން ހަމަނޭގެނީތޯ، އަބުރުގެ ޤާނޫނެއް ފާސްކޮށް މީޑިޔާތައް މިލިޔަނުން ޖޫރިމާނާކޮށް ބައެއް މީޑިޔާތައް ބަންދުކޮށް ހެދިކަން ހަމަނޭގެނީތޯ، ތިބޭފުޅާގެ ލަދުކޮބައިތޯ

      1
      15