ފްލެޓް ގަނެފައި ވާތީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބުދުއްރައޫފް އިބްރާހީމް އަދި އަލްއުސްތާޛު ޢަބުދުﷲ ޙަމީދު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ފަނޑިޔާރު އަބުދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބުދުﷲ ޙަމީދު ހާއްސަ އަގެއްގައި ފްލެޓް ގަނެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ޖޭއެސްސީ އިން ތުހުމަތު ކުރީ އެދެބޭފުޅުން ހާއްސަ އަގެއްގައި ފްލެޓް ގަނެފައި ވަނީ އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން ޢިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަމަށް ޖޭއެސްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

ފަނޑިޔާރުންނަށް ހައުސިންގް ހަމަޖެއްސުމުގެ އުޞޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ޚާއްޞަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިންގ ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު ޢަބުދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ހަވާލުވުމަކީ ޤާނޫނު އަސާސީއާ ޚިލާފު އަދި ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައި އޮންނަ، ފަނޑިޔާރުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި، ސުލޫކީ މިންގަނޑުގައި އޮންނަ ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑު ބަހައްޓަންވާނީ، ޝަރުޢީ ދާއިރާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ޚިލާފް ޢަމަލެއްކަން ސާބިތުވާ ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ފަނޑިޔާރުން މަގާމުން ވަކިކުރަން ވޯޓް ދެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    މި ދެފަނޑިޔާރުން އެކަނިތަ ތިޔަބުނާ ގަވާއިދާއި ޚިލާފު އުސޫލުން ލުއިގޮތަށް ފްލެޓް ގަނެފައިތިބީ؟ސުޕްރިންކޯޓްގައި ކުރީގެތިބި ފަނޑިޔާރުންނަށް (އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު/ އަލީހަމީދުވެސް ހިމަނައި) މާލޭގެ އެފްޑަބްލިޔު ނުވަތަ ރެހެންދި ބިލްޑިންގުން ފުލެޓްތަށް މިލްކްކޮށްފައިވަނީ ކޮންގަވާއިދެއްގެ ތެރެއިންތޯވެސް ސާފުކޮށް ބަލަންވީ ނޫންތަ؟އަދި މާ މޮޅުކޮށްލަންވެގެން އެފަނޑިޔާރުން އެއިރު ބުނަމުންދިޔައީ ތިމަންނަމެން ނުވެސްދެނެ ތިއްބާ އަޙުމަދުއަދީބު ވިދާޅުވިޔޭ ތިބޭކަލުންނަށްވެސް މިތަނުން ފްލެޓްތަކަށް ފައިސާދީ ނިންމާފައޭވާނީ، މިހާވަރުން ގަމާރު މީހަކަށްވެސް އިނގޭނެ އެދުމެއްނެތި ވެދުމެއް ނުކުރާނެކަން،!! ފަރުދާގެ ފުރަގަހުގައި ބައިވަރު ސިއްރުތައް ދޮތެ؟؟ވީއިރު މިއަދު މައްސަލަ ކުރިމަތިކޮށްގެންއުޅޭ ތިޔަ ދެފަނދިޔާރުންނަކީ މިސަރުކާރު ނުރުއްސަވާ ދެފަޑިޔާރުންނަށް ވަނީކަމަށް ބެލެވެނީ!!

    35
    1
    • ޙައްގުބަސް

      “”ޤާނޫނު އަސާސީއާ ޚިލާފު އަދި ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައި އޮންނަ، ފަނޑިޔާރުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި، ސުލޫކީ މިންގަނޑުގައި އޮންނަ ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑު ބަހައްޓަންވާނީ، ޝަރުޢީ ދާއިރާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ…” މިހެން އޮންނައިރު މިސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ފަނޑިޔާރުންނަށް ބިރުވެސް ދައްކއިގެން ވަކިގޮތަކަށް ވަކި މައްސަލަތަކަކަށް އަތްބާނައިގެން އެކުރާ ޙުކުމްތަކާ، އަދި އެޙުކުމްކުރާ ބައެއް ފަނޑިޔާރުންނަށް ވަކިކަންތައްތަކެއް ކޮށްދޭނެކަމަށް ސަރުކާރުން ބުނެ ސްޕްރީމްކޯޓަށް ފަމޑިޔާރަކު ކުރި ޙުކުމަކާއެކު ޕްރޮމޯޓްކުރިކުރުން ކޮންތާކަށް ފެތެނީ؟ ކޮބާ އެފަނޑިޔާރުން؟ ކޮބާ އެބުނާ އަލީ ޒާހިރު؟ ކޮންފިޔަވަޅެއް އަޅަނީ؟ ކޮންފިޔަވަޅެއް އެޅީ؟

      17
  2. އަހްމަދު

    ރަނގަޅުވާހަކައެއް ރައްޔިތުންގެމަޖިލިސް މެމްބަރުންފިޔަވައި އެހެންމީހަކަށް އެއްވެސް އެއްޗެއްލިބުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެކަމެއްނޫން

    34
    • ޒައިކް

      ސުރުހީ އެކަނި ތިޔަ ކިޔަނީ.. އެއްޗެއް ލިބިގެންނެއް ނޫން. އަގު ހެޔޮ ލަގްޒަރީ ފުލެޓަށް ޑިމާންޑްކޮށް ފުލެޓު ލިބުނީމަ ސަރުކާރުން ބޭނުންވާ ގޮތަށް ވަކި މައްސަލަތަކެއްގެ ހުކުމް ކޮށްދޭން އެއްބަސްވެފަ އޮތްކަން ފަޅާއެރީ.. ކޮމިއުނިކޭޝަންތައްވެސް ޖޭއެސްސީއަށްވަނީ ލިބިފަ.. ނޫސްވެރިން ސުރުހީ ހަދާނި އެންމެ ފިތުނަވެރިކޮށް

  3. ޢަހޫ

    ޢެއީ ޑޮލަރު މާރުކޮއްލީ ނޫންބާ؟

    11
    3
    • Anonymous

      ދައްޖާލު ބޭނުމަސް ޝަރީއަތެއް ނުއުވޭނެ. ބަދަލެއް ނުކުރެވޭނެ ފަސާދަކުރަން ނޫޅެބެ.

      7
      1
  4. Anonymous

    މިމީހުން ނުރުހޭ ބަޔަކަށް ކަމެއްކުރަންވީމަ ގާނޫނު އަސާސީ ފެންނަނީ، އެކަމަކު ރާއްޖެ އިންޑިއާއަށް ވިއްކިއިރު ގާނޫނު އަސާސީއެއްވެސް ނެތް، މަޖިލިސް އޮތީ ބީތާވެފަ، ވެރިކަމަށް އައިސްގެން މިއުޅެނީ ހަމަ ރަނގަޅަށްވެސް ސަދޫމު ބާގައިގެ ބައެއް.

    37
  5. Anonymous

    ފްލެޓް ވިއްކަނީ ސަރުކާރުން ވިޔަސް އަމިއްލަ ބަޔަކު ވިޔަސް ފްލެޓް ގަންނަންދާނީ އެވިއްކާ ބައެއްގެ ކައިރިއައްތަ.
    ކޮންމެ މީހަކުވެސް ބަލާނެ އެމީހަކަށް ލިބެން އޮތް އެންމެ ކުޑަ އަގެއްގައި އެ އެއްޗެއް ގަންނާނެ ގޮތެއް.
    މި ޤައުމުގައި އެންމެ ސުލޫކެއް ކަނޑައަޅަންވީ މަޖިލިސް މެމްބަރުންގެ. މެމްބަރުކަން ލިބުމަށްފަހު އެހެރޭ ވާގޮތެއް. ކަލްކިއުލޭޓަރުތަކަށްވެސް ކުޅަދާނަ ނުވެ.

    10
  6. Anonymous

    ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން ޢިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަމަށް ޖޭއެސްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.؟!
    ފަނޑިޔާރެކޭ ކިޔާފަ ގޭގެ އޮވެގެން ފްލެޓް ލިބޭނެތަ. ޖޭއެސްސީގެ ބަޔާނުގައި އެބައޮތް މަޖިލީހުން ކަނޑައަޅަންޖެހޭ ކަމެކޭ ފްލެޓް ލިބޭނެ ގޮތެއް ކަނޑައަޅާ ދިނުމަކީ ސުވާލަކީ މަޖިލީހުން އެޒިންމާ އަދާނުކުރީމާ އެކަމުގެ ޒިންމާ އުފުލާނީ ކޮން ބައެއްހޭ. މަޖިލިސް ކުށްވެރި ނުވޭހޭ

    11
  7. Anonymous

    މުސްލިމުންމަރަން ޖަހާ މަޅިތައއ ބަލައެއް ނުގަނެވެނެ އެވެ.

  8. Anonymous

    އިސްލާމީ އެންމެ ފުރިހަމަ ޝަރީއަތާ ދެކޮޅަށް ކުރާ ކަންކަން ބަލައެއް ނުގަނެވޭނެ. ހަރުކަށި އަދަބު ދޭންޖެހޭނެ އަސާސީ ހައްގުތަކުން މަހުރޫމު ކުރަން މަސައްކަތް ނުކުރޭ. މިގައުމުގައި އުފަން ވީއްސުރެ ބިކަހާލުގައި ދިރިއުޅެން މަޖުބޫރުކޮށް އަސާސީ ހިދުމަތް ލިބުމަށް ހުރަސް އަޅާފައި ތިބި އިންސާނުން އެބަތިބި

    11
  9. ޢަޒްރާ

    ޜައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބެނީ 82000 ރުފިޔާ އެކަން މެމްބަރުކަން ލިބިގެން އަހަރު ނުވަނީސް 6މިލިއަން ރުފިޔާގެ ފްލެޓް ގަނެވޭ ފަނޑިޔާރުން އަބަދު މަސައްކަތް ކޮއްގެން ފުލެޓެއް ގަނެލީމަ އެވީ ޖިރަޕްޝަނަށް ފަސާދައަށް ކީކޭ ނާ ބުނާނީ

    12
  10. ގުދުދު

    ހުރިހަފަޑިޔާރުން އސްތއފާދީަލަ

  11. ދުމައިން

    މިހާރު މިއޮތީވާ މަޖިލީހެއް. ކިއްލިކައިގެން ނަށާ މަޖިލީހެއް. ފެންވަރެއްނެތް ޖާހިލިއްޔަތުގެ ސިފަޖެހިފައިވާ ޢައްދާރު، މުޑުދާރު ބައެެއް.

    17
  12. Anonymous

    ތި އަބުދުﷲ ހަމީދަކީ ވަރަށް ގިނައިން ރިޝްވަތު ކައިފައި ހުރި މީހެއް. ދިވެހިން ބުނަނީ ވަގަކަށް ހާސްދުވަސް ވެރިޔަކަށް އެއްދުވަސް. މިއީ ފަޅާއެރި ދުވަސް. އަވަހަށް ވަކިކުރަންވީ. ތި ފަނޑިޔާރު ހަމީދަކީ ފޮނިކަމާއި ބޮޑާކަމުން ވެސް ފުރިގެންވާ މީހެއް. އަވަހަށް ތިމީހާ ވަކިކޮށް ފަނޑިޔާރުގެ ތިކަހަލަ ކުނިބުނިން ސާފުކުރަންވީ.

    6
    6
    • Anonymous

      ތިޔަބުނާ ރިޝްވަތު ހިފުމާއި ބޮޑާކަމާއި ކިބުރުވެރިކަން ނެތީ ކޮންފަނޑިޔާރެއްގެ ކިބައިގައިތޯ ބުނެދީބަލަ؟؟ހަމައެކަނި އަބްދުﷲހަމީދަށް ކަލޭ ތިގޮވެލިފަތި ގޮވުމުން އިނގިއްގެ ޒާތީ ހަސަދައެއް ކަލޭގެ އެބައޮތްކަން!!

  13. ބެއްޔާ

    ފުލެޓް ލިބުނީމާތޯ ގާނޫނާ ގަވާއިދު ތަކާ ޚިލާފުވަނީ. ސްލޫކީ މިންގަނޑާ ޚިލާފުވަނީ. ޔާމީނަށް ހުކުމްކުރި އަލީރަޝީދަށް ސްޕްރީމްކޯޓްގެ ފަނޑިޔާރުކަންދިނީ ކޮން ގާނޫނާ ގަވާއިދދަކާ އެއްގޮތަށްތޯ؟ މިމައްސަލަ ނުބަލަނީ މިސަރުކާރުން ޝަރީއަތަށް ނުފޫޒުފޯރުވާ ޔާމީނަށްހުކުމް ކުރި ފަނޑިޔާރަށް ހަދިޔާއެއް ދިނީމާތޯ؟

  14. Anonymous

    ތިޔަބުނާ ރިޝްވަތު ހިފުމާއި ބޮޑާކަމާއި ކިބުރުވެރިކަން ނެތީ ކޮންފަނޑިޔާރެއްގެ ކިބައިގައިތޯ ބުނެދީބަލަ؟؟ހަމައެކަނި އަބްދުﷲހަމީދަށް ކަލޭ ތިގޮވެލިފަތި ގޮވުމުން އިނގިއްގެ ޒާތީ ހަސަދައެއް ކަލޭގެ އެބައޮތްކަން!!

  15. ޖެޖެޖ

    ތިހެންވީއިރު ތި ސަރުކާރުގެ ހުރިހާވެރިންވެސް ، މަޖިލިސް.މެމްބަރުންވެސް ގެ ގަތިއްޔާ މަޤާމުން ދުރުކުރަންވާނެ ، ވަކި މީހަކަށްވީމަ ދިރިހިރުމުގެ މިނިވަންކަމެއް އޮވެގެން ނުވާނެ