އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭން ޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިންް ނިންމައިފިއެވެ.

އެލްޖީއޭގެެ ބޯޑަށް މި މައްސަލަ ހުށަހަޅުއްްވާފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން އެ އޮތޯރިޓީގެ ބޯޑަށް އިންތިހާބުކޮށްފައިވާ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްއެވެ. މި އިސްލާހުު ހުށަހެޅުމަށް ނިންމާފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ނިމާލް ވިދާޅުވީ އަންހެނުންގެ ކޮމެޓީގެ މެންބަރުންނަށް ރޯދަ އިނާޔަށް ލިބޭނެ ގޮތަށް ހަމަޖެއްސުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އިނާޔަތު ފައިސާ ހޯދައި ދިނުމަށް އަޅުގަނޑު ހުށަހެޅި މައްސަލަ މިއަދު ބޯޑުގައި އެޖެންޑާ ކުރެވި، މަޝްވަރާ ކުރެވުނު. މިކަމުގައި ޓަކި ޖެހި ފުރަތަމަ ދޮރު ހުޅުވިގެން މިދިޔައީ އަންހެނުންގެ ކޮމެޓީތަކަށް އުންމީދު ގެނެސްދީފަ. އެ ހައްގު ހޯދައި ދިނުމަށް އަޅުގަނޑު ހުންނާނަން." ނިމާލް ވިދާޅުވިއެވެ.

މިމައްސަލަ އެލްޖީއޭގެ ބޯޑަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3000ރ. ލިބުން ގާނޫނު ލާޒިމް ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަންހެނުންކޮމިޓީއަށް ރޯދަ ޢިނާޔަތް ދޭންޖެހޭހެއްޔެވެ. ޛަޤީޤަތުގައި 2 ވަޒީފާ އެކަކަށް އޮވެގެންވެސް ނުވާނެއެވެ. ބައެއް އަންހެންކުދިން ރަށުގައި ތިބެގެން ވަޒީފާ ނުލިބިގެން އުޅޭއިރު ސަރުކާރުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދެމަޤާމުން މުސާރަ ލިބޭގޮތަށް އޮތުމަކީ ޤަބޫލުކުރެވޭ ކަމެއްނޫނެވެ. އަމިއްލަ ފިހާރަތުގައި 1500 ރ 2000 ރ އަށް އަތޮޅުތަކުގައި ވަޒީފާ އަދާކުރާއިރު ސަރުކާރުގައި 10000، 8000 ރ ލިބޭ މަޤާމުތަކުގައި އުޅޭ މީހުންނަށް އަނެއްކާ ކޮމިޓީން 5000ރ ނުވަތަ 4000 ރ ލިބުމުން ދެކޮޅެއް ނުޖެހެއެވެ. ކޮމިޓީއަށް ކުރިމަތިލެވެންޖެހޭނީ ވަޒީފާނެތް މީހުންނަށެވެ. ކޮމިޓީތަކުގެ ރައީސުންނަށް ކިރިޔާ އަސާސީ ތަޢުލީމުގެ ފެންވަރުގެ މީހުންތިބެފައި މެމްބަރުންގެ ގޮތުގައި ޑިގުރީ ފެންވަރުގެ މީހުން ތިބުމުންވެސް

  2. އަމީމާ

    އަންހެނުންކޮމިޓީއަށް ރޯދަ ޢިނާޔަތް ދޭންޖެހޭހެއްޔެވެ. ޛަޤީޤަތުގައި 2 ވަޒީފާ އެކަކަށް އޮވެގެންވެސް ނުވާނެއެވެ. ބައެއް އަންހެންކުދިން ރަށުގައި ތިބެގެން ވަޒީފާ ނުލިބިގެން އުޅޭއިރު ސަރުކާރުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދެމަޤާމުން މުސާރަ ލިބޭގޮތަށް އޮތުމަކީ ޤަބޫލުކުރެވޭ ކަމެއްނޫނެވެ. އަމިއްލަ ފިހާރަތުގައި 1500 ރ 2000 ރ އަށް އަތޮޅުތަކުގައި ވަޒީފާ އަދާކުރާއިރު ސަރުކާރުގައި 10000، 8000 ރ ލިބޭ މަޤާމުތަކުގައި އުޅޭ މީހުންނަށް އަނެއްކާ ކޮމިޓީން 5000ރ ނުވަތަ 4000 ރ ލިބުމުން ދެކޮޅެއް ނުޖެހެއެވެ. ކޮމިޓީއަށް ކުރިމަތިލެވެންޖެހޭނީ ވަޒީފާނެތް މީހުންނަށެވެ. ކޮމިޓީތަކުގެ ރައީސުންނަށް ކިރިޔާ އަސާސީ ތަޢުލީމުގެ ފެންވަރުގެ މީހުންތިބެފައި މެމްބަރުންގެ ގޮތުގައި ޑިގުރީ ފެންވަރުގެ މީހުން ތިބުމުންވެސް ދެކޮޅެއް ނުޖެހެއެވެ. މިހުރީ އެލްޖީއޭ ވިސްނަންޖެހޭ ކަންކަމެވެ.