މަސްތުވާތަކެއްޗާއި އެއްކޮށް ހައްޔަރުކުރި ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) ދޫކޮށްލައިފިއެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން ރޫމީ އާއި އޭނާގެ ކުރީގެ ފިރިމީހާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ހ. ބްލޫ ބްރިޖް އިންނެވެ.
އެމައްސަލައިގައި އެންމެ ފުރަތަމަ ދެމީހުންގެ ބަންދަށް ޖަހާފައިވަނީ ތިން ދުވަހެވެ. އޭގެ ފަހުން މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރު ކުރުމުން ވަނީ ހަތް ދުވަހުގެ މުއްދަތަކަށް އެމީހުން ބަންދު ކުރަން އަމުރު ކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގައި މިމަހުގެ 11 ވަނަ ދުވަހު ހައްޔަރު ކުރި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއި އެކީ ކަމަށެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއްތޯ ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މީގެ ކުރިން ފުލުހުން ވަނީ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިވެސް ކުރާ ކަމަށް ފުލުހުން ތުހުމަތުކޮށްފައެވެ.
މީ ފައްކާ ބުރޭކިންގ އެއް 🥴🙄🙄
އިސާހިތަކު ޖަލުގަ އޮވެގެން އެރި ތަދުތައް ފިލައި ޓިކްޓޮކް ކުޅެން ފަށާފާނެ
ފުލުހުން ދިބެނީ ގަނެލާފަ، ޑްރަގް ޑީލަރުން ސަލާމްތް ވަަނެ ގޮތައް ޣާނޫނު ހަދާފަ. އެންމެ ބޮޑު ޑްރަގް ޑީލަރުންގެ ވިޔަފާރިއައް ގެއްލުމެއް ލިބޭ ގޮތައް އެހެން ބަޔަކު އުޅޭނަމަ، އެމީހުންގެ މައުލޫމާތު ފުލުހުންނަ ލިބޭ އަދި ހައްޔަރުކޮއް އެމީހިން ގެ މައުލޫމާތު އާންމު ކުރޭ. ރައްޔިތުން ތިބެން ޖެހޭނި ހަަމަ ބަލަހައްޓާއިގެން ދިބެން، މީހަކު އަމިއްލް އަންބި ދަރިންގެ ސަލާމަތައް އަތް ހިއްލާ ތަނުން އެމީހެއް ދުވަސް ދުއްވާލާ ނޫނީ އެމިހަކު އޮންނާނީ ޖަލުގައި.
މިޤައުމުގަ ޖަލަށްލާނީ ރިހާކުރުފުޅި ވަގަށް ނަގާ މީހުން އެކަނިބާ؟ 🤔
ތީގެ މީހަކު ދުވަހަކު ހައްޔަރު ނުވާނެ
ރަގަޅެއްނު ޕޮގްބާ. ބަޔަކު މީހުން ގެނައި ދުއާ ދެންނެވި ވެރިންގެ ސާރކާރު
މަސްތުވާތަކެތީގެ ވިޔަފާރިއަކީ ރާއްޖޭގައި މިހާރު ހިންގާ އެންމެ ސްމާޓް އަދި ނަޒާހާތްތެރި ވިޔަފާރި
މި ޤައުމުގަ މީހުން މެރުމާ މަސްތުވާތަކެތި ބޭނުންކޮށް ވިއްކުމަކީ ކުށެއްނޫން
އޭ ދޫކޮށްލީ އެއް ނޫނެ!... ޕީޖީ އަށް މައްސަލަ ލާފަ ދައުވާ ކުރަން ދެން ދޫކޯށްލަނީ! ދެން ކޯޓުން ހޯދީމަ ދާންޖެހޭނެ! އެހެންވީމް މުޖުތަމައަށް ނުރައްކަލެއް ނެތިއަޔާ ދައުވާ ކޮށް ޕީޖީ އިން ކޯޓް އަމުރު ނެރެންދެން ޝަރުތުކޮށފް ދޫކޮއްލަނީ! ހަނީ ވެސް 2011 ގަ ތި ގޮތަށް ދޫކޮއްލި އެއްނުން! ދެން އެކަމަކު 2013 ގަ ކޯޓަށް ގެންގޮސް ހުކުމް ކުރީ! ތީ ހަނީ މެން ގެއްށް ވެސް ގޮސް އުޅުނު އެއްޗެއް!
ދެންއަވަހަށް ޓިކްޓޮކެއް ކުޅެލާ އޭރުން ހަމަޖެހިލާނީ
އެސަރު ތަކީ ދެން ފަހަރަކުން ނޫނީ ގޯސްކޮއް ނުޅުން
އިތުރައް މަސްސުރުކަން ލިބުނީ،،އުފާވެރި ހަބަރެއް
ތީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫން، މިޤައުމުގައި މިސަރުކާރު އޮތްހާ ހިނދަކު މަސްތުވާއެއްޗެތީ ގައި މީހަކު ދުވަހަކުވެސް ކުށްވެރި ނުވާނެ،