މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން މެލޭޝިއާ އާއި ސިންގަޕޫރުން ވެސް ރާއްޖެ އަށް މުދާ ގެންނަން ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ބުނީ، ކުންފުނީގެ އާ ބޯޓު "ގްރެޕީން" އާއި އެކީ މެލޭޝިއާގެ ޕޯޓް ކެލަންގް އާއި ސިންގަޕޫރުން ސީދާ ދަތުރުތަކާއި އެކީ އެގައުމުތަކުން މުދާ ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

އާ ބޯޓާއި އެކީ ޗައިނާ، ތައިލެންޑް، އިންޑޮނޭޝިއާ އިން މުދާ ގެންނަ ވިޔަފާވެރިންނަށް ސްރީ ލަންކާއަށް ގެންދިއުމުގެ ބަދަލުގައި ސިންގަޕޫރާއި މެލޭޝިއާގެ ޕޯޓުން މުދާ ގެނެވޭނެއެވެ. އެމްއެސްއެސް އިން ބުނީ މި ދަތުރުތައް ފެށުމާ އެކު ވިޔަފާވެރިންނަށް މުދާ ގެންނަން ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދާނެ ކަމަށެވެ.

އެމްއެސްއެސް އިން މިހާރު ކުރަމުން އަންނަނީ ރާއްޖެއާއި ލަންކާއާއި ދެމެދުގެ ދަތުރުތަކެވެ. އަދި މިދިޔަ އަހަރު އެކުންފުނިން ވަނީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އާއި ދެމެދު ވެސް ކާގޯ ދަތުރުތައް ކޮށްފައެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާއި ހުރެ މިހާރު އެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މަ ހީކޮށްގެން މި ހުންނަނީ އިންޑިޔާއިން ދީނީމާ ކައިގެން ތިބޭތީ ހުރިހައި އެއްޗެއް ގެންނަނީ އިންޑިޔާއިންކަމަށް. ފިދަނަދައިތަ ބުނި ތިންބިހުން ދެ ބިސް ގެންނަީވެސް އިންޑިޔާއިންނޭ!