އިންޑިއާގެ ބީޖޭޕީގެ އިސް މީހުންތަކެއް ކީރިތި ރަސޫލާއަށް ފުުރައްސާރަކުރި ކުރުން ކުށްވެރިކުރަން ރައްޔިތުންެގެ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން ފާސްކޮށްފިއެވެ.

ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އާއި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށ ގެނައުމަށެވެ.

ނަމަވެސް ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން މަޖިލީހުގެ ތިންބައިކުޅަ ދެބައި ކޮންޓްރޯލް ކުރާ ވެރިކަން ކުރާ އެމްޑީޕީން ތާއިދު ނުކުރުމުން މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެމްބަރުން ނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 33 މެންބަރުން ވޯޓު ދެއްވި އިރު ހަ މެމްބަރަކު ވޯޓު ދެއްވީ ވަކިކޮޅަކަށް ވޯޓް ދޭން ބޭނުން ނުވާކަމަށެވެ.

މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ އިންޑިއާގެ މުސްލިމުންނާއި އިސްލާމީ ގައުމުތަކުގެ އިސްވެރިންވެސް ކުށްވެރިކޮށް އަދި އެ މައްސަލައައިގައި އިންޑިއާއަށް ފިޔަވަޅުއަޅަން ގޮވާލައި ސޯޝަލް މީޑިއާގައި ވެސް އަޑުއުފުލާފައިވާ ކަމަށެވެ. އަދި އިސްލާމީ ގައުމުތަކުގައި ތިބޭ އިންޑިއާގެ ސަފީރުން ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަން ވެސް އާދަމް ޝަރީފް ފާހަގަ ކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވެފައި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަން ހިމާޔަޔްކުރުމުގެ ގާނޫނުގެ ދަށުން އިސްލާމް ދީން ހިމާޔަތްކުރުމަކީ ލާޒިމްކަމެއް ކަމަށެވެ.

އަދި ރަސޫލާއަށް ފުރައްސާރަކުރުމުން ދިވެހީން އެހާ ކަންބޮޑުވެފަައިވާ ދަނޑިވަޅެއްގައި އެކަން ދިވެހި ސަރުކާރުން ކުށްވެރިކުރަން އާދަމް ޝަރީފް ގޮވާލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. އަހްމަދު

    މިއޮތީ މުރުތައްދު ވެފައިވާ ކަންހާމަވެފަ ލާދީނީ ބައިގަނޑު

    124
    4
  2. ރުޅިގަދަވެއްޖެ

    ތިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން

    120
    3
  3. Anonymous

    މިގައުމަކީ ޒައިނިސްޓުންގެ ގައުމެއް މިހާރު.

    100
    1
  4. Anonymous

    ﷲ ގެ ބޮޑުވެގެންވާ ކޯފާއެއް މިގައުމަށް އައުމަކީ ދުރުކަމެއްނޫން ކަމަށްގަބޫލުކުރެވޭ.

    91
    1
  5. ފފފފފ

    އަރަބި ގައުމުތަކުގަ އިންޑިޔާ ގެ ޕްރޮޑަކްޓްސް ބޮއިކޮޓް ކޮށްފި. މިގައުމުގަ ތިބި މުސްލިމު ރައްޔިތުންގެ ޒަމީރު މަރުވެފަތަ ތިބީ. އެމީހުން ހޮވާފަ ތިބި ނުލަފާ ޖާހިލު އިބިލީސް މެންބަރުންނާ ދެކޮޅަށް ނުކުންނަށް ނުކެރެނީ އެމީހުން ﷲ އާއި ނަބިއްޔާއަށްވުރެ މަދު ފައިސާކޮޅެއް ދެކެވާލޯބި ބޮޑީތަ؟

    99
    1
    • Anonymous

      މަޖިލީހުގެ ބޮޑަކީ ނަމެއްގަ މުސްލިމެން. އިސްތިއުފާ.

      40
  6. ލޮލް

    އެޖެންޑާ 19 ތަފާތުދޯ! ސީދާ ބުދުދީނުގެ އެޖެންޑާ ގެންގުޅޭ ބައެއް އެމްޑީޕީގައި ތިބީ.

    101
  7. ކަލޯ

    އިއްޒައްތެރި މެންބަރުން ދުނިޔޭގެ ދަޅައަށް އާހިރަތް ވިއްކައި ނުލައްވާ

    95
    1
    • އަލީ

      ތިޔަމީހުންގެ ކުރިޔައް އިއްޒަތްތެރިން ނުލާ. އެއީ ދުނިޔެއައްޓަކާ އާޙިރަތް ވިއްކާލި އެއްވެސް އަގެއް ބުރަދަނެއް ނެއްބައެއް!!!

      37
  8. އައްދެ

    ރަސޫލާ ސައްލައްލާހު ވަސައްލަމް އަށް ވުރެ މި މީހިން އިއްޒަތްތެރިތަ؟
    ހަލާކު ހުރި..

    94
    1
  9. ﷲ ތާޢާލާގެ އަޅެއް

    ލާދީނީ ބައިގަނޑެއްގެ ތެރެއިން ނިކުންނާނީ ތިކަހަލަ ނަތީޖާއެއްކަން މާކުރިންވެސް އަހުންނަށް އިނގޭ. ހައިރާނެއްނުވޭ. ގައުމަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް.

    40
  10. ވިސްނާ

    ލާދީނީ މެމްބަރުން އިންތިހާބު ކުރަން ވޯޓް ދިން މީހުން އޭގެ ޒިންމާ ނަގަންވާނެ. ދެންވެސް ހަމަ ޕާޓީ މީހާ ވީމަ ވޯޓުދޭނެ. ކޮންމެ ޕާޓީ އެއް ވިޔަސް ވޯޓް ދޭންވާނީ އެމީހާގެ ޤާބިލްކަމަށް ބަލާފަ ދެއްތޯ! ދެރަ ކަންކަން

    35
  11. Anonymous

    ހހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.
    ﷲގެ ދީނާއި ނަބިއްޔާއަށް ވުރެން ވެސް ޢިއްޒަތްތެރި ބަޔަކީތޯއެވެ
    ހެޔޮވިސްނުން ދެއްވާށި އާމީން

    35
  12. ނީ

    މިކަމުން ވަރަށްބޮޑު އެއްޗެއްސާފުވެއްޖެ. އެބަޔަކު ރުހޭބަޔަކު ކިތަންމެ ބޮޑުކަމެއްކުރިޔަސް އެކަންނުވާނެ ގޯސްކަމަކަށް. މީގެން މިއެގުނީ ދޮގުތެދަން ހަދާފަ ތެދުދުގަށްވެސް ހަދާނެކަން. ގަުމުމު އަޅުވެތިކަމާދިމާލަށް ބާރަށް.

    25
  13. މުހައްމަދު

    އެމީހުން އެމީހުންގެ ބުދު ދީންދެކެ ލޯބި ނުވާވަރަށް މި ސަރުކާރުން އެދީން ދެކެ ލޯބިވާތަން މިފެންނަނީ....

    25
  14. ޙާލަތު

    ތިޔަ ބަކަރިކޮށި އުވާލުމަށް ގޮވާލަން...

    28
  15. ނނނ

    ހަލާކު ހުރި ހަލާކު ހުރި

    24
  16. އިބްރާހިމް

    ދިވެހި ދައުލަތް ހިންގުމާއި ހަވާލުވެތިބި މީހުނަށް ތެދުމަގު ދައްކަވައި އެމަގުން ހިނގުމުގެ ތައުފީޤު ދެއްވާށި.

    25
  17. ނަމަ

    ތިޔަމަޖިލީސް އުވާލަން ފެނޭ

    32
    1
  18. ނާޒިމް

    ލާދީނީ ސަރުކާރޭ ބުނެވެނީ މިހެންވެ..

    34
  19. ކަދުރު

    ނުވާނޭ ފާހެއް އަދިވެސް އައްނި ބައިގަނޑަށް ވޯޓް ދީ. ތި އައްނި ޢާއި ޢޭނާގެ ބައިގަނޑު ޑީޕޯޓް ނުކޮށް މި ޤައުމު ސަލާމަތެެއް ނުވާނެ

    23
    2
  20. ރާޝިދު

    ތިކަންވެސް ތިއުޅެނީ ސިޔާސީ ނުކުރެވިގެން. ތިބައިގަނޑު ކެތްތެރިވެގެން ތިބެބަލަ 2023 އަންނަންދެން. އަނެއްކާވެސް ޤައުމު ދިރުވާލަން

    9
    15
  21. އަލީ

    މިހެން ވަންޏާ ކަލޭމެން ކިތައްމެ ނުރުހުނަސް ކާފަރައްވެސް ގޮވާނަން ލާދީނީއޭވެސް ކިޔާނަން!! ހަނދާން ކުރާތި ކަލޭމެން އަދި ދުވަހަކާ ކުރިމަތިލާނެ! ކީރިތި ރަސޫލާގެ ދިފާއުގަ އަނގަ ހުޅުވާލަން ނުކެރުނުތާ އެކަން ބަލައިވެސް ނުގަތީ!! މިއީ އިއްޒަތްތެރިން؟؟؟؟ ތިޔައީ ހައްޕުޑުން...

    29
  22. ކުއްވެރިކުރަން

    ތިބީޖޭޕީގެ 2 ލީޑަރުން ރަސޫލުﷲގެ ފާނާއި ޢާއިޝަތުގެފާނާ އަޅުވައިގެން ދެއްކި ހަޑިމުޑުދާރުވާހަކަތަކުގެ ހިތިކަން ﷲދެއްވާނެކަމީ
    މަގޭ ޝައްކުކުރާކަމެއްނޫން..

    30
  23. މަޖ

    މަޖިލީސް ބޮއިކޮޓ ކުރުމައް ސްޕރީމް ކޯޓައް ރައްޔިތުން ދާންވީ

    33
  24. އަލީ

    ރަސޫލާއަށް ސަލަވާތް ކިޔަވަން ބޭނުން ނުވާމީހުން . މިކަން ކުއްވެރި ކުރާނެތަ. ޗަރުކޭސް ކުޅެ ކުޅެ ތިއްބާ ޒަލްޒަލާއެއް އައިސްފާނެ ކަމަކަށްވެސް ބިރުނުގަންނެ ބައެެއްނޫން.

    23
  25. އަޖ

    އަދިވެސް ދިވެހން ހޭނަާރަނީތޯ ؟

    24
  26. އަހުމަދު55

    މިއޮތީ ޅައެއްޗެއް އަޅާފަ!

    18
  27. މުހައްމަދު އަހްމަދު

    އެމްޑީޕީއަކީ އޭގެ ބައެއް. ދެން އެމީހުން އެކަން ކުރާނެ ކަމަށް ހީކުރުމަކީ ވެސް މޮޔަ ކަމެއް.

  28. ހަސަންބެ

    ރާއްޖޭގައި ތިބި އެންމެ ނުބައި ނުލަފާ މީހުންނަކީ، އެމްޑީޕީއާ އެމީހުންނަށް ތާއީދުކުރާ މީހުން

  29. ފަރުޙަތު

    އެމްޑީޕީ އަކީ ލދނ ބައެއްކަން ނޭނގޭ ބަޔަކުއުޅޭނެތަ

  30. ފަތުހީ

    ﷲ އާއި ރަސޫލާ ދެކެ ނުގަންނަ ބިރު މޯދީއާއި، ސަފީރުދެކެ މި ނުބައި ސަރުކާރުން ގަނޭ.. ކިތަންމެ ވަރެއްވިޔަސް އިންސާނާގެ ހަޔާތުގެ ފަހުސަފްހާ ކިޔާނުލާނެ ހަމަ އެކަކުވެސް ނުވާނެ.

  31. ހަސަނާ

    މި ކެނެރީގޭ އަބޫޖަހުލު މަޤާމުން ދުރުކުރޭ

  32. ކޮރޯނާ

    ލާދީނީ ބައިގަނޑޭ ކަލޭމެނަށް ކިޔަނީ ކަމެއް ވެގެނޭ!

  33. ނާފިޒު އަބޫ

    އެމްޑީޕީ އަޣުލަބި އްޔަތު އޮންނަ މަޖިލީހަކުންނު ފާހެ އް ނުވާނެނު. އެމްޑީޕީ ތަޅާ ރާކޭސް ކުރަންކުރަންޖެހޭ.

  34. ޢަހުމަދު

    ޢިބިލީހުންނައް ކުއްވެރިއެެއްނުވާނެ

  35. ބޮއިކޮޓް ބޮއިކޮޓް ބޮއިކޮޓް

    މަޖިލސް ގައިިިި އިދިކޮޅު ހެދި މީހުން ބޮއިކޮޓް

  36. ހުސް މުނާފިގުން

    މިހިރަ ފެންނަނީ މިވެރިންގެ ހަޤީޤީ ސޫރަ..މާތްﷲ ގަންދީ ބޮޑު ހުވައެއް ކޮށްގެން އެތިބީ އެހުވަޔާވެސް ޚިލާފުވެގެން މަގާމުގެ ދަހިވެތިކަމުގަ..ބިރެއްވެސް ނުގަނޭ ދޯ..ޖަވާބުދާރީ ވާންޖެހޭ ދުވެއް އޮތްކަން ހަނދާންކޮށްދެން..

  37. ަޢަބްދުﷲ

    މާތް ﷲ ތިޔަ މަޖިލީހަށާއި މެމްބަރުންނަށް ކޯފާ ލައްވާށި... އާމީން

  38. އަމީތާބު

    ޢަހަރެމެން ނޫޅެން ތިކަމަކާއެއް

    1
    3
  39. އަހުމަދު

    އެމްޑީޕީގެ ދެ ފެކްޝަންވެސް ދައުލާތުން ބޭރުކުރަންވީ

  40. އޮޅުވާލި ވޯޓު

    ހެޔޮނުވާނެ ތިމެމްބަރުންގެ ނުރިޔައް އިއްޒަތެރި މިބަސްބޭނުންކުރަން ރަސޫލާ ސައްލައްﷲ އަލައެހި ވަސައްލަމަޔަށް .ބަދުބަސްބުނާފަރާތަކީ ގަތުލު ވާޖިބު ވެފަތިބި މުޑުދާރުބައެއް އެވަރުބަޔަކަ ތަބާވާބަޔަކީވެސް އެއިގެތެރެއިންވާބައެއް

  41. މުޙައްމަދު

    ލަދުވެތި ހަރާންކޯރު ނުބައިނުލަފާ ލާދީނީ އަމަލެއް.

  42. ރާއަލިފް

    ވޯޓް ނުދޭ އިއްޒަތްތެރި މެމްބަރުންގެ ނަންތައް ކޮބާ؟އެމީހުން ދައްކާ ނަންތައް ޖަހާ ލިޔޭ އޭރުން އިނގޭނީދޯ ވަގުތެ އަވަސްކުރޭ... މ.އައުޒަމް އަވަހަށް ލިޔޭ! އަނެއްކާ އިޔާދަ ނުކުރެވޭ ވަތުގެ ބައްޔެއް ގައުމަށް ފެތުރެނީދޮއްތޯ

  43. ވިސްނާ

    ﷲ ފޮނުއްވި މާތްރަސޫލާއަށް ފުރައްސާރަކުރުމަކީ ވަރަށްބޮޑުކަމެއް ވީމާ، މިކަންުކުއްވެރިނުކުރުމަކީ
    މުސްލިމުން ކުރާނެކަމެއްނޫން ނަމަވެސް ދިވެހިގައުމަކީ މުސްލިމްގައުމަކަށްވާހިދު ގައުމުގެ މަޖިލީހުން އެކަންކުއްވެރިކުރުން ފާސްނުވުމުންއެނގެނީ މަޖިލީހުގައި ތިބެނީ ފުރިހަމަމުސްލިމުންތޯ
    ސުވާލުަުއުފެދޭ އަދި ލާދީނިއްޔަތަށް ލޯބިކުރާބަޔަކު މުސްލިމްގައުމެއްގެ މަޖިލީހަށް ކުފޫހަމަނުވާކަން
    މިކަމަށް މިހާރު މަޖިލަިހުގައި ތިބި ފަރާތްތަކަށް ވޯޓްދެއްވި ފަރާތްތަކުން ވިސްނަވާނެކަމަށް ހީކުރަން

  44. ޢަހު

    2023 ގggަވެސް މިބައިގަނޑު ނުކުތީމަ ލާދީނިއްޔަތަށް ވޯޓް ދޭތި

  45. އަބްދޫ

    ފުރައްސާރަކުރުން ކުށްވެރި ކުރުމާ ދެކޮލަށް ވޯޓް ދިން އެންމެން އެދިން ވޯޓަކީ ފުރައްސާރަޔަށް ކުރެވުނު ތާއީދެއް. މިފަދަ މީހުން އައްތައުބާ ސޫރަތުގެ 65 އާއި 66 މިދެއާޔަތުގައި މާތް ﷲ ބާވައިލެއްކި ލެއްވުމަށް ފެތޭކަން ކަށަވަރު މިމީހުން ނާއިމެދު ސަރުއީ ހުކުމެއް އަންނަން ޖެހޭނެ ކަމަށް ދެކެން.

    1
    1