އާންމު ރައްޔިތުންގެ ބައިވެރިވުމެއް ނެތި އަދި އެ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި ނޭނގި އެއް ޕާޓީން އަނެއް ޕާޓީއަށް ވެސް ބަދަލުކުރާ މައްސަަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތީ 40 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެ މައްސަލަ ހުށަހަޅުއްވުމުން ޝަފީގު ވިދާޅުވީ ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި އެއް ޕާޓީއިން އަނެއް ޕާޓީން މީހުން ބަދަލުކުރުމާއި ވަކި ކުރުމުގައި އެ މީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި އޮވެ ސިޔާސީ ޕަޓީތަކުގައި އާންމުންނަށް ބައިވެރިވުމުގެ ހައްގު ބައެެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ.

އަދި އޭގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރުމުގެ ހައްގު ގެއްލި އަދި އެ ފަރާތްތަކުގެ އިހުތިޔާރު ނަގާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު ގެއްލުންތައް ލިބުމާއި މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވަމުންދާކަން ވެސް ޝަފީގު ފާހަގަ ކުރެއްވިއެވެ.

އަދި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކި ކުުރުމާއި ބަދަލ ކުރުން ތަކުރާރުކުރުން ހިނގަމުންދާތީ އެކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީއެއްގައި ޖެހެން ބޭނުންނުވާ ރައްޔިތުންނާއި ސިިޔާސީ ޕާޓީތަކުގެ އުޅޭ ރައްޔިތުންގެ ޝަކުވާ އިތުުރުވެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަން

    އަހރެންގެ ޢާއިލާ އެންމެން ވެސް ހުރީ އެކި ޕަޓީ ތަކަށް ވައްދާފަ. އަހރެން ވައްދާފަ އިން ޕާޓީގެ އެއީ ކޮން ޕާޓީ އެއް ކަން ނޭނގި ގެން ގޫގަލް ކޮށްލި އިރު ޝިޔާމްގެ ޕާޓީ.