ރާއްޖޭގެ މައި ވިޔަފާރީގެ ބަނދަރު ހިންގަމުންދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބޮޑު މުސާރަ ލިބޭ ގިނަ ވަޒީފާތަކެއް ހުރިކަން އިއުލާނުކޮށް، ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެގޮތުން އެ ކުންފުނިން ވަނީ ނުވަ ދާއިރާއަކުން ވަޒީފާ އޮތްކަން ހާމަކޮށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. އޭގެ ތެރޭގައި 15 ސެކިއުރިޓީ އެސިސްޓެންޓުން ހޯދަން އިއުލާނުކޮށްފައިވާއިރު، މުސާރައިގެ ގޮތުގައި 4،000ރ އަދި އެލަވެންސްގެ ގޮތުގައި 8،000ރ އާއި 10،000ރ އާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި 10 އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރުން ހޯދަން އިއުލާނުކޮށްފައިވާއިރު، މުސާރައިގެ ގޮތުގައި 5،200ރ. އަދި އެލަވެންސްގެ ގޮތުގައި 8،000ރ އާއި 10،000ގެ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

މި ދެ މަގާމަށް ހޮވޭ މުުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ އެމްޕީއެލްގެ ޕޯޓް ސެކިއުރިޓީ ޑިޕާޓްމެންޓްގައެވެ.

އޭގެ އިތުރުން 10 އެސިސްޓެންޓް އޮޕަރޭޓަރުން ހޯދަން އިއުލާނުކޮށްފައިވާއިރު، މުސާރައިގެ ގޮތުގައި 5،200ރ. އަދި އެލަވެންސްގެ ގޮތުގައި 8،000ރ އާއި 10،000ގެ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އެމްޕީއެލް އިން ވަނީ ދެ މެކޭނިކުންވެސް ހޯދަން އިއުލާނުކޮށްފައެވެ. އެ މަގާމަށް ހޮވޭ މީހުންނަށް މުސާރައިގެ ގޮތުގައި 5،600ރ. އަދި އެލަވެންސްގެ ގޮތުގައި 10،000ރ އާއި 15،000ގެ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި އެސިސްޓެންޓް ސާވިސް އިންޖީނިއަރެއްވެސް ހޯދަން އިއުލާނުކޮށްފައިވެއެވެ. އެ މަގާމަށް ހޮވޭ މީހާއަށް މުސާރައިގެ ގޮތުގައި 6،800ރ. އަދި އެލަވެންސްގެ ގޮތުގައި 10،000ރ އާއި 15،000ގެ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި ދޯނީ ކްރޫއެއްވެސް ހޯދަން އިއުލާނުކޮށްފައި ވެއެވެ. އަދި އެ މަގާމަށް ހޮވޭ މީހާއަށް މުސާރައިގެ ގޮތުގައި 4،400ރ. އަދި އެލަވެންސްގެ ގޮތުގައި 10،000ރ އާއި 15،000ގެ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ

މި މަގާމުތަކަށް ހޮވޭ މީހުން މަސައްކަތް ކުރަން ޖެހޭނީ އެމްޕީއެލްގެ ފެސިލިޓީ މެނޭޖްމެންޓް އެންޑް މެއިންޓެނެންސް ޑިޕާޓްމެންޓްގައެވެ.

އޭގެ އިތުރުން އެމްޕީއެލްެ ތިލަފުށީ ފެސިލިޓީ މެނޭޖްމެންޓް އެންޑް މެއިންޓެނެންސް ޑިޕާޓްމެންޓަށް ސެކިއުރިޓީ އެސިސްޓެންޓެއް ހޯދަން އިއުލާނުކޮށްފައިވާއިރު، މުސާރައިގެ ގޮތުގައި 4،400ރ. އަދި އެލަވެންސްގެ ގޮތުގައި 10،000ރ އާއި 15،000ގެ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

މި މަގާމުތަކަށް ކުރިމަތިލެވޭނީ މިމަހުގެ 18ގެ ނިޔަލަށެވެ. ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އައިޑީ ކާޑުގެ ކޮޕީ އާއި ތައުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އަދި ސީވީ އެޓޭޗްކުރުމަށްފަހު އެމްޕީއެލްގެ [email protected] މެއިލް ކުރަން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ރިޔާސީ އިންޔިހާބަށް ތައްޔާރުވަނީ ، ވަޒީފާ ދިނަސް ކެހިވެރިކޯލިސަނަންދެން ވޯޓު ނުދޭނަން

  2. ބުސެން

    ހުސްވޯޓް ހޯދަން ޖހާ މަޅި