މި ސަރުކާރު އިނދަ ޖައްސާލައި ބަނގުރޫޓްކޮށްލަން ސިޔާސީ ވާދަވެރިން މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރަކީ ދުނިޔޭގެ އިގްތިސާދާއި ރާއްޖޭގެ އިގްތިސާދަށް ވެސް "ލޮޅުން" އަރަމުން އަންނަ ދުވަސްވަރެކެވެ. މި ސަރުކާރާ ހަވާލުވި ފަހުން ނެގި 2.4 ބިލިއަން ޑޮލަރު(37 ބިލިއަން ރުފިޔާ)ގެ ދަރަންޏާ އެކު ރާއްޖޭގެ ޖުމްލަ ދަރަނި 99 ބިލިއަނަށް ވަނީ އަރައިފައެވެ. ދަރަނި މިހާރު ހުރި އަދަދަކީ ބޮލަކަށް 182،943ރ. ޖެހޭ ވަރުގެ އަދަދެކެވެ.

ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނާޒުކު ހާލަތެއް ކުރިމަތިވެފައިވާ ކަމަށާއި އަހަރުން އަހަރަށް ބޮޑުވަމުންދާ ދަރަންޏާ މެދުގައި ރާއްޖެ އިން ސަމާލުވެ، ދަރަނި މެނޭޖް ކުރެވޭނެ ގޮތެއް ހޯދަން ވޯލްޑް ބޭންކުން ވަނީ ދާދި ފަހުން ގޮވާލައިފައެވެ. އަދި ކޮންމެހެން ބޭނުން ނޫން ބޮޑެތި މަޝްރޫއުތައް މަޑުޖައްސާލަން ވެސް ވޯލްޑް ބޭންކުން އިލްތިމާސް ކުރިއެވެ.

ޝަރީފް އިއްޔެ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ އެންމެ ދަތި ދުވަސްވަރު ވެސް ރައްޔިތުން ބަނޑަށް ޖެހިޔަ ނުދީ ދެ އަހަރު ވަންދެން ސަރުކާރުން ވަނީ އިގްތިސާދު މެނޭޖްކޮށްފައި ކަމަށެވެ.

އަދި އިގްތިސާދު ހަމައަކަށް އެޅެމުންދާ ކަމަށާއި ދައުލަތް ޑިފައުލްޓްވީ ކަމަށް ދައްކާ ވާހަކައަކީ ނުރައްކާތެރި ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެ އަށް އިގުތިސާދީ ގޮތުން ދަތިތަކެއް ހުއްޓަސް ސަރުކާރުން ދައްކަން ޖެހޭ ދަރަނިތައް ވެސް މުއްދަތަށް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ސަރުކާރާ ވާދަވެރި ފަރާތްތަކުން ބޭނުން ވަނީ ދައުލަތަށް ލޯނު ލިބެން އޮތް ހުރިހާ މަގެއް ބަންދުކޮށް، ސަރުކާރު އިނދަޖައްސާލަން ކަމަށް ވިދާޅުވިއެވެ.

"ސަރުކާރު އިނދަ ޖައްސާލައި ގައުމު ބަނގުރޫޓުކޮށްލަން ސިޔާސީ ވާދަވެރިން އެތެރެއިންނާއި ބޭރުން މި ކުރާ ހުރިހާ މަސައްކަތެއްގެ ގެއްލުން ވާނީ ހުރިހާ ރައްޔިތުންނަށް. ބަނޑަށް ޖެހޭނީ އެންމެން. ފުންކޮށް ވިސްނަންވެއްޖެ ކަމެއް، މިގޮތަށް ނުކުރުމަށް ގޮވާލަން،" ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަހްމަދު

    ޝަރީފް މިގައުމުބަނޑައްޖައްސަން ވާދަވެރިކޮންކަމެއްކުރާތީތަ ޝަރީފް ދެފަޔައްހިނިއަރައިގެންތިއުޅެނީ ރާއްޖެބަނޑައްޖެހޭނީ ދަރަނިވެސްނުދެއްކިގެންއުޅެންޖެހޭނީ ދެންސަރުކާރާ ހަވާލުވާބަޔަކަށް އެއީމިހާރުނަގާ ގިނަލޯނުތަކަކީ ފަސްއަހަރުފަހުންދައްކަންޖެހޭ އެއްޗަކަށްވާތީ މިސަރުކާރަކަށްމާބޮޑުމައްސަލައަކަށް އެކަންނުވާނެ

    16
  2. މަ

    މިމީހުންވެސް 2013އިން 2018އަށް ކުރީ މިކަންތައް! މިހާރު މި ޝަރީފްގެ ހަނދާނަށް ކިހިނެއް ވީބާ؟

    18
  3. ސޮފްވާން

    ތިހެން ކިޔަން ޖެހޭނީ. ދަރި ވަނީ އިންޑިއާ މީހަކަށް ވިއްކާލާފައި

  4. އހ

    އިދަޖެހިފަ ތިބި ބައެއް އިތުރަށް އިދައެއް ނުޖެހޭނެ

  5. މުފައްކިރު.

    ގައުމު ލޫދުވާ ދޮވެބިތު ލައްޕާފަ އެހެންމީހުނާއި ޙަވާލުކުރަން މިދައްކަނީ ކޮންވާހަކައެއްބާ؟ މިމީހުންގެ ޙަގީގަތް ނުދަންނަ ބަޔަކު މިހާރުނޫޅޭ.

  6. މާމީ

    މަވޯޓާ މިސަރުކާރު މިއޮތީ އިދަޖެހި ބޯވަތައް ޖެހި ނިމިފަ އިތުރައް ޖެހޭނެ އެއްޗެއް ނެއް

  7. ޑައެލޯގް

    ދައުލަތް ބަގުރޫޓް ކުރަންފާޅުގައި މަސައްކަތްކޮށްފައިވަނީ އެމްޑީޕީއެވެ. އެގޮތުން ދުނިޔޭގައި ޓްއަރިޒަމް ބޯއިކަޓްކުރަންގޮވީ އެމްޑީޕީއެވެ. ދެންތިބުނީ އެންމެދަތިހާލުގައި މެނޭޖްކުރިވާހަކައެވެ. އެކަންކަލޭމެނަށްކުރެވުނީ ޔާމީން ރިޒާވްގައި 1 ބިލިޔަންޑޮލަރުބަހައްޓާފައިވުމާއި 35 ރިސޯޓް އަލަށްވުޖޫދުކޮށްދެއްވާފައިވާތީއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްކަހަލަ ރަހުނުކުރެވޭ އެސެޓްތައް ބިނާކޮށްދެއްވީތީއެވެ.

  8. ކަމަނަ

    ޝަރީފު ކަލޭތިދަށްކަނީ ކުޑަކުދިން ތަސައްރަފުނުފުދޭކުދިން ދަށްކާކަހަލަ ވާހަކަ ސިޔާސީ ވާދަވެރިންނަށް ކިހިނެއްތޯ މިގައުމު ބަނގުރޫޓު ކޮށްލެވޭނީ ސިޔާސީވާދަވެރިންގެ ސަބަބުންތޯ ކާބޯތަކެތި އަތްނުފޯރާފަށަށް އެދަނީ ސިޔާސީވާދަވެރިންނަށް އެކަން ކުރެވޭނަމަ ކަލޭގެ ސަރުކާރުވެސް މިއަދު ވެރިކަމުގަ ނުހުންނާނެކަން ޔަގީން ކޮންމެގޮތެއްވިއަސް މިއަދު ގައުމު ދަނީ ބަޑަށްޖެހެމުން ހުދު ކަލެއަށް ވެސް އެކަން އިހުސާސް ވެއްޖެ.

  9. ޤާދިރު

    އިނދަޖެހިފައޮތް ސަރުކާރެއް އިތުރަށް އިނދަ ޖައްސަން ޖެހޭތަ؟ މީނައަށް އެނގޭ އެއްޗެއް ވެސް، ނޭގޭ އެއްޗެއް ވެސް ނޯއްނާނެ.

  10. ޖުލައި

    އަޑުއަހަންތަ މމޕރސ ގެ ލާރިގަނޑެއް މި ސޮރަށް ނުލިބެޔޭ ކިޔާއަޑު. ދެން ސަރުކާރު ދަވާލާ އިނދަޖައްސާ ވާހަކަ ކަލޭ ދެއްކީމަ ވ ހުތުރު

  11. ޢަބްދުއްލަޠީފު

    ސަރުކާރު އިނދަނުޖެހުނަސް ރައްޔިތުން ތިބީ އިނދަ ޖެހި ހަފުސްވެފަ. ވިޔަފާރިތައްހުއްޓެނީ. ޑޮލަރު ނުލިބިގެން ތަކެތި އެތެރެނުކުރެވިގެން އެއުޅެނީ. ޞާލިޙު އުދުހޭބޯޓު ދުއްވުމުގަ އަވަަދި ނެތި. މިދެން ހެޔޮވަރެއްގެ ބަލާވެރިކަމެއްނު. މިމީހުންގެ ޢުމުރުވެސް ހާދަދިގޭ. ޝަރީފަކީ 11.72ރ އައް ޑޮލަރުގެ އަގު މައުމޫނުގެ ވެރިކަމުގަ ހިފަހައްޓާފަ އޮންނާތީ އެކަމާދެކޮޅައް އެންމެ ގަދަޔައް ވާހަކަ ދެއްކިއެކަކުކަން ފާހަގަ ކުރަން. އޭރު ވިޔަފާރިވެރިއެއްވީމަ ޑޮލަރު ގަންނަން ޖެހޭ. މިހާރު ޑޮލަރު އަންނަނީ ޝަރީފު ގަންނަންވިއްޔާ. މިހާރު ދެން އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްތާ؟

  12. ނަޒީ

    އިނދަޖެހި ހަފުސްވެފައިއޮތްތަނެއް އަލުން އިނދަޖައްސަން އަލަކުންކުރާނޭކަމެއް ނެތްކަން މީނަޔަށްވެސް އެގޭޙާލު ކާކު ހިތްހަމަޖައްސަންބާ މި އުޅެނީ؟

  13. އަހުމަދު

    ސަރުކާރު އިނދަޖެހެނީ އަމިއްލައަށް. އިދިކޮޅަކުން ނޫޅޭ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރާށޭ ކިޔާފަ

  14. ހުސޭނުބޭ

    އެންމެންވެގެން ކާނެވަރަކަށް ކާފައި ދެންތަ ތިހެން ގޮވަންވީ.

  15. ާައަހުމަދު

    ކާކުބާ ރައްޔިތުންގެ ފައިސާއިން 88މިލިއަން ކާލާގެން ހުރީ؟

  16. Anonymous

    ވައްކަން ކޮއް ގައުމު ލޫޓުވާލުމައްފަހު މިބުނަނީ ގައުމު އިދަޖައްސާލީއޭ.