އެހެން ގައުމުތަކާ އަޅާބަލާއިރު މިހާރު ރާއްޖޭގައި ޖީއެސްޓީ ނަގާވަރު ކުޑަކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު އެގޮތަށް ވިދާޅުވީ، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި އަމީރު ވަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރަން ނިންމާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

އެ ނިންމުން ދިފާއު ކުރައްވައި އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ޖީއެސްޓީއާއި ޓީޖީއެސްޓީ މިހާރު ނަގަމުންދާ މިންވަރު މަދުކަން އަމީރު ފާހަގަ ކުރެއްވި އެވެ.

"ކުރިއްސުރެވެސް އައިއެމްއެފް ވޯލްޑް ބޭންކް ރިޕޯޓްތަކުގައި ފާހަގަވާނެ ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓްތައް ވެސް ދުނިޔޭގެ އެހެނިގެން ގައުމުތަކާއި އަޅާ ބަލާއިރު ކުދި އަދި މެދު އަދި ޑިވޮލޮޕިން ސްޓޭޓްތަކާއި އަޅާ ބަލާއިރު އަދި ފަތުރުވެރި ގައުމުތަކަށް ބަލާލާއިރު ވެސް ރާއްޖެގެ ރޭޓްސްތައް މި އޮތީ ދަށްކޮށް. އެހެންވީމާ އަދިވެސް އޭގެ ޖާގަތައް އެބައޮތް. އެހެންވީމާ އެކަންތަކާ އެއްކޮށް ޒިންމާދާރު ސަރުކާރެއްގެ ގޮތުގައި އެ ނިންމުންތައް ނިންމަމުން ގެންދާނަން" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްސްގެ ނިސްބަތް ބޮޑުކުރަން ނިންމުމާއެކު އެކަމަށް އަހަރެއްހާ ދުވަސްގެ މުއްދަތު ދިނުމަށް ބައެއް ފަރާތްތަކުން އެދުނު ކަމަށާއި ނަމަވެސް މިނިސްޓްރީން ނިންމާފައި ވަނީ ހަ މަހުގެ މުއްދަތެއް ދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މޯދީ

    އާން ތިދައީ ރަގަޅަށް ކޮއްމެހެން ބަގުރޫޓަކޭ އަރާރޫޓެކޭ ކިޔާނެކަމެއްނެތް. ކުރަން އުޅޭކަން މިހާރު އެބަ ފަހުމްވޭ.!

    24
  2. ޖީ.އެސް.ޓީ

    އެހެން ގައުމުތަކުގައި ރައްޔިތިންނަށް ކާބޯތަކެތި އަތްފޯރާ ފަށުގައި ލިބޭ މިގައުމުގައި ކާބޯތަކެތި އެންމެ އަގުބޮޑީ މިދޭތެރެއަކުން ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއި އެކު ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ އާދައިގެ ރައްޔިތު މީހާއަށް ލިބޭ އެތިކޮޅުން ދެކޮޅެއް ނުޖެހޭ ކޮންމެހެން ގަންނަން މަޖުބޫރު ތަކެތީގެ އަގު ބޮޑުކުރަނީ މިކަން ބަލާނެ ބަޔަކު ނެތް ސްކޫލަށްދާ ކުދިންގެ އިންޓަވަލްއަށް ބޭނުންވާ ތަކެތި ހާއްސަކޮށް އަގު ބޮޑުކޮށް ވިއްކަނީ އަދިވެސް ޖީއެސްޓީ ބޮޑު ނުވެގެން ތެޅެނީ އެހެން ގައުމުތަކޭ ކިޔައިގެން އަނގަ ހުޅުވަން ލަދެއް ނުގަނޭ

    24
  3. ވަގުން

    އެހެންގައުމުތަކުގައި މުސާރަތަ ކަލޭމެން ދެނީ. ކަލޭމެން ކައިފައި އެއްޗެއް ނޯވޭ އެހެންގައުމުތަކުގައި ރައްޔިތުން ކައިފައި ވެރިން ކަނީ

    24
  4. އަހްމަދު

    އެހެންގައުމުތަކަށްވުރެ މިގައުމުގަ ސިޔާސީ މަގާމުތައް ވެސްގިނަ އެހެންގައުމުތަކަށްވުރެ މިގައުމުގަ މީހުންވެސްމަދު ދެންކިހިނެއްހަދާނީ

    21
  5. އަބްދޫ

    ބަލަގަ ރާއްޖެއަކީ ނިސްބަތުން ފަގީރުންގިނަ އާމްދަނީން ދެކޮޅުޖެހި ނުޖެހި އުޅޭ ރައްޔިތުން ދިރިއުޅޭގައުމެއް. ރަނގަޅު ބޯހިޔާވެހިކަމެއންތް ރަނގަޅު ސިއްހީ ހިދުމަތެއްނެތް ފުރިހަމަ އެޑިޔުކޭސަން ލިބެންނެތް. ގައުމުގާ ތިބި 3 ލައްކަ އާބާދީއަށް ބަލާއިރު ބޮލަކަށްޖެހޭ ނިސްބަތް މަތި .ދަވްލަތަށް ލިބޭއާމްދަނީއިން ރައްޔިތުންނަށް ލިބެންވާ ފުރިހަމަ ހިދުމަތް ދިނުމުގެ ބަދަލުގާ މުސާރައިގެ ގޮތުގަ ވަކިބަޔަކަށް ބަހާހުސްކުރަމުން ގެންދެވޭ، މަޖިލީހުގެ މަެމްބަރުންގެ މުސާރާޔާ އެލަވަންސް އަކީ ނިސްބަތު ން ދުނިޔޭގަ ލިބޭ އެންމެ މަތީ މުސާރަ. ސިޔާސީމީހުންގެ މުސާރަތައްވެސް މިފަދަ. ޖީއެސްޓީން ރައްޔިތުންނަށް ކުރަނީ ކޮންމަންފާއެއްތަ؟

    11
  6. ސ

    ނޭންގޭ މީހުންނާ އެގޭމީހުން ހަމަހަމަ ނުވާނެ. ވެރިކަންކުރަން ނޭންގޭ ބަޔަކަ ވެރިކަން ކުރަން ދިނީމާ ވާގޮށް އެބަފެނޭ.ރައްޔަތުން ހޭލާ

    16
  7. ސައީދު

    މިވެސް މޮޅު ވާހަކަ އެއް. އެހެން ޤައުމުތަކަށްވުރެ މި ޤައުމުގައި ނަގާ ޓެކްސް މާ ކުޑަ. ބޮޑުކޮށްލާ .. ދެން ދަވާލާ.. ދީނުގައި ޒަކާތް ނަގަން އޮންނަނީ ލިބޭމީހުން އަތުން ނިޞާބު ހަމަވީމާ ސަތޭކަ އަކުން ދޭއްބައި... އެ ދޭން ޖެހެނީ ނިކަމެތިންނާ އެ ޙައްޤުވާ ފަރާތްތަކަށް. މިތާ މިކުރާކަމަކީ ނިކަމެތިން އަތުން ސަތޭކައަކުން 8 ޕަސެންޓު ނަގާފައި އެފައިސާ މުއްސަނދިން ކަނީ.. ވެރިން ކަނީ.. ކޮންމެވެސް ގިރިއަކަށް އަޅަނީ...

  8. މުޙައްމަދު

    މިއަމީރު މީސޭކުމީހެއްތަ، މިރާއްޖޭގަ އެހެންގައުމުތަކުގަ ހުންނަވަރަށް ުފެއްދުންތެރި ވަޒީފާތަކެއް އެބަހުރިތަ. ސޭކުވާހަކަނުދައްކާ. ކަލޭތިޔަގޮޑީގައި ނުހުރެހަމައިސްއިސްކޮޅަށް ތެދުވެ ވާހަކަދައްކަބަލަ.

  9. ސާލު

    އެހެން ގައުމުތަކާ އަޅާބަލާއިރު އާންމު ދިވެހިންނަށް ލިބޭ އާމްދަނީ އާއި އަދި އިނާޔަތްޔައްވެސް މާ މަދެއްނޫންތޯ.

  10. މޫސަ

    އެހެން ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖެ ވެސް ކުޑަ. އެހެން ޤައުމުތަކުގެ ސަރުކާރު ތަކާ އަޅާ ބަލާއިރު ސަރުކާރުގެ މަތި ވެސް ބަރު. އެހެން ޤައުމުތަކާ އަޅާ ބަލާއިރު ތަކެތީގެ އަގުވެސް ބޮޑު. އެހެން ޤައުމުތަކާ އަޅާ ބަލާއިރު ޢާބާދީ ވެސް ކުޑަ. އެހެން ޤައުމުތަކާ އަޅާ ބަލާއިރު އުފެދިފައިވާ ގޮތް ވެސް ތަފާތު.

  11. ޙަސްމް

    ޥެރިކަންކުރަން އެނގޭ މީހާ ޖީ.އެސްޓީ%3-%6 އަށް ބޮޑުކުރި ކުރިން ޓެކްސް ނުނަގާ ހުރިހާ އެއްޗަކުން ޓެކްސް ނަގަން ފެށި. ކާޑުގެ ބާވަތްތައް ދުނިޔޭގެ ހުރިހާގައުމަކަށް ވުރެ އަގުބޮޑުކުރި. ކަރަންޓް ސަބްސިޑީ ކަނޑާލި.އެމް.ޕީ.އާރ.ސީ މެދުވެރިކޮށް ކަާލި ލާރިގަނޑު ހަމަޖައްސަން 2013 އިން 2018 އަށް ވެރިކަމުގަ ހުރި އިޤްތިޞާދީ މާހިރު ރައްޔިތުން ފެލާލީ. މިވާހަކަތައްވެސް ލިޔެލީމަ ފުރިހަމަ ވާނީ

  12. ބޭންކް އިންޓަރެސްޓް ކަންޑާލާ!

    އެހެން ގައުމު ތަކާތަ އަޅާކިޔަނީ؟ ބަލަ އެހެން ގައުމުތަުގަ ކުރާހާ ކަންކަން މުޑުދާރު ވެގެންނެއް ނޫންތަ މިއުޅެނީ! މިގައުމުގެ ހުދި ވެލިކޮޅު ކިލަނބު ވެދާނެ އެހެން ގައުމުގަ ހުއްދަކޮންފަ އޮންނަ ކަންކަން ކުރަންޏާ!

  13. ައަބްޅޯ

    ކޮންމެހެން އެހެންޤައުތަކާ އަޅާކިޔާކަށްނުޖެހޭ ތިބުނާޤައުމުތަކަށްވުރެންލިބޭ އާމްދަނީވެސްކުޑަ.

  14. ރާއްޖޭގެ ހާލަތު

    އާނ އެހެން ގައުމުތާކާ ފައިހަމަވާ ވަރަށް ޖީ.އެސް.ޓީ
    ބޮޑުކުރަން ޖެހޭނެތާ. ރާއްޖެއަކީ އެހެންކަންމުގައި މާކުރީގައި
    އޮތް ގައުމެއްވިއްޔަ އާމްދަނީ އިތުރު ކުރަން ޖުރިމަނާތަކާއި ޓެކްސްތައް ބޮޑުކުރުމަކީ ސަރުކާރަށް ދަސްވެފައި އޮތް މަސައްކެތެކެވެ

  15. ޖާނޭ

    ތިޔަ އުޅޭނީ ރައްޔިތުން އިތުރަށް ބިކަ ކުރަން ވެގެން. ވައްކަން ކުރަމުން ގޮސް ވަގުންނާ ބައިވެރިވެ، އެމީހުން ހިމާޔަތް ކޮށް، ރައްކައުކޮށްގެން ގެންގުޅޭނީވެސް ވަގުންކަން އެބަ ސާފުވޭ. ވަގުންނާ ގުޅޭނީވެސް ވަގުންނެވެ. ޖީ.އެސް.ޓީ އާއި އެހެނިހެން ޓެކްސްވެސް ބޮޑު ކުރޭ. ސިޔާސީ މީހުން ގިނަ ކުރޭ.

  16. އިބްރާހިމް

    ރައްޔިތުން ފެލައިގެން ދައުލަތް ހިންގަން އެނގޭބައެއް އެމްޑީޕީއަކީ. އެއްގޮތަކަށްވެސް ކަމެއް ކޮށްގެން ގައުމު ހިންގަން އެނގޭބައެއްނޫން މިއަކީ. ސްކޫލްކުދިންގެ ފޮތްބައިވެސް މިވެރިންނާއި ޖެހުނީމާ މޮނީޓަރު ފޮތުގެ ބަދަލު އާދައިގެ ފޮތް. ރ ޔާމީން 5 ދައުރުގައިވެސް މޮނީޓަރ ފޮތް ދިންއިރު އެމްޑީޕީން ކޮށްދޭކަމެއްގެ ގޮތުގައި އެމްޑީޕީ މީހުން މެޑަލްޖެހީ.