މަޖިލިސް ހުޅުވުމުގެ ކުރިން ޓެކްސް ބޮޑުކުރުމުގެ ބިލްް ހުށަހެޅުމަށް ނިިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވަނީ ރައީސް އޮފީހުގައި މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޓެކްސްގެ ނިސްބަތް ބޮޑުކުރަން ނިންމުމާއެކު އެކަމަށް އަހަރެއްހާ ދުވަސްގެ މުއްދަތު ދިނުމަށް ބައެއް ފަރާތްތަކުން އެދުނު ކަމަށާއި ނަމަވެސް މިނިސްޓްރީން ނިންމާފައި ވަނީ ހަ މަހުގެ މުއްދަތެއް ދިނުމަށް ކަމަށެވެ.

ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޓެކްސްތައް ބޮޑުކުރަން ސަރުކާރުން މަސައްކަތް ކުރަމުން މިގެން ދަނީ ޓެކްސްތައް ބޮޑުކުރުން ރަނގަޅީ ދެއަހަރު ފަހުން ކަމަށް ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ލަފާދީފައި ވަނިކޮށެވެ.

ފިޔަވަޅުތައް ނާޅައި ދައުލަތުގެ އާމްދަނީއާ ހަރަދާ ނުބައްދަލުވާނެ ކަމަށާއި އަންނަ އަހަރު 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށް ފިނޭން މިނިސްޓްރީން ވިދާޅުވިއެވެ. އެއީ ބޭރުގެ މާލީ ހާލަތާއި އިގްތިސާާދަށް ބަލައި ފައިނޭންސް ކުރެވޭނެ ވަރުގެ އަދަދެއް ނޫން ކަމަށް ވެސް ސަރުކާރުން ވިދާޅުވެއެވެ.

ޓެކްސްތައް ބޮޑުކުރަން ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރަކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހުސޭނުބޭ

    ސިކުނޑި ވާވެފައި ހުރި ބީތާއަކު ފިނޭންސް މިނިސްޓަރަކަށް ލައިގެން އަހަރެމެން މުޅިން އަވަދިކޮށްފި.

    67
    2
  2. ކޮރަލް

    ޓެކްސް ބޮޑު ވަނީ އެވެ. ސަރުކާރުގެ ހަރަދު ބޮޑު ވަނީ އެވެ. ލޯން ނެގުމަށް ހުއްޓުމެއް ނާދެ އެވެ.

    29
    2
  3. ހުސެއިން

    ދުނިޔޭގެ ބާޒާރިގައި ތަކެތިި މިހާ މައްޗައް އުފުލިފައި އޮއްވާ ރިސޯޓްތަކުގެ ކުލި ކުޑަކޮށް ބޮޑެތި ވިޔަފަރި ތަކަށް ބިންތަކުން ނަގަމުންއި އަގު ކުޑަކޮށްފަ މިހާރު ތިޔައުޅެނީ އެކަންތައް ފޫބައްދަން ރައްޔިތުން ފެލާލަން މިއޮއްދުވަސްވަރުގަ، ހާދަމޮޅުވެރިކަމެކޭދޯ ތިޔަކުރަނީ!!!!

    30
    1
  4. އަދަބުވެރިކަމާއެކު

    ފައިބާފަ ތިކަން ކުރަން ދަންނަ ބަޔަކާ ހަވާލުކޮށްބަލަ! ނުލާހިކު ރަނގަޅަށް ކިޔަވަގެން ތިބި ތަޖުރިބާކާރު މީހުން ތިއްބާ ހެރިޓޭޖު މިނިސްޓުރީގެ އެގުޒެކުޓިން ޑިރެކްޓަރުންނަށް ފިލްމިސްޓާރުންނާއި ކޮންސަލްޓުންނަށް އުމުރުން 80 އިން މަތީގެ މީހުން ލާގެން ކޮން ހަޑިއެއް ތި ހާވަނީ؟؟؟ ފައިބާ

    28
    1
  5. ދަރަނި ދަންތުރަ

    ރައްޔިތުން ނުކުމެ މި ބައިގަނޑު ފަހާ ބޭރުކުރަން ވެއްޖެ ދޯ ، މިދެން ކޮންފަދަ ބަލާވެރިކަމެއް

    27
    1
  6. އަހްމަދު

    މިމީހުންނަކީ ވޯލްޑްބެންކުން ކީއްކުރަން އެއްވެސް ތަޖުރިބާކާރަކުބުނާއެއްޗެއް އަޑުއަހާނެބައެއްނޫން އެއަށްވުރެ މިމީހުންމާމޮޅުވާނެ ރައްޔިތުންގެއަތުން އެއްޗެއްނެގެންއޮތިއްޔާ ސައްވިސްގަޑިއިރަކީވެސް މިމީހުންނައް ސައްވީސްއަހަރު ދެންއޮތީ ރައްޔިތުން ވޯޓުދީގެންހޮވާފަތިބި މެމްބަރުންއެމީހުންނަކީ ސަރުކާރުން ބުނިހާގޮތެއްހަދަންތިބިކުޅޭކުޅޭ ބައެއް

    25
    1
  7. އަބުދުﷲ

    ސިޔާސީމީހުންކާ އަގުބޮޑުކޮއްތުން ކުޑަމިންވަރެއްވެސް ކަނޑާނުލާ އަހަރަމެން ކާ ހިކިރޮށިކޮޅުން ބައެއްނަގާފަ ސިޔާސީމީހުންގެންގުޅޭ ޕެޓުއެނިމަލް ނުވަތަ ފާރަވެރި ކުއްތާ ކަމުގަވާ ރައްރަށުގަ އަޑުގަދަކުރާ މީހުންނަށް އެއްވެސް ކަމެއް ނުކުރުވާ ވަޒީފާއޭ ކިޔާފަ ދިނުމައް ޖީެެސްޓީ ނަގަން ގަބޫލުވުމަކީ ފިނޑިކަމާ ޖާހިލުކަމުގެ އިންތިހާ.

    21
  8. ޝްރޭ

    ފައްކާ ބީތާއިން މުޅިންވެސް... ހަމަ އާންމު ރައްޔިތު މީހާ ފެލުން ނޫން ކަމެއް ނުކުރޭ...

    21
    1
  9. ސަލާމް

    އަހަރެމެންގެ އަތުން ޓެކްސް ނަގާފައި މަދު ބައެއްގެ ޖީބަށް އެފައިސާ ވަންނަ ގޮތަށް އިންތިޒާމްތައް ހަމަޖެހިފައި އޮވެގެން ނުވާނެ! މިސާލަކަށް އާސަންދައިގެ ނަމުގައި އަމިއްލަ ކުލިނިކް ތަކަށް ތިޔަދޭ ފައިސާ އަކީ ބޮޑުވެގެންވާ އިސްރާފެއް! ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލު ގައި އިތުރު ދެތިން މެޝިން ބަހައްޓާފަ އެތަން ތަނަށް އިތުރަށް މުވައްޒަފަކު ލައިފިނަމަ ރައްޔިތުންގެ ޖީބަށް ބުރަ ކުޑަވާނެ!

    19
  10. މަޖް

    ހުޅުވުމުގެ ކުރިން ކީއްކުރަން ހުށަހަޅަނީ.

    18
  11. ޖ

    ވައްކަންކުރަނީ ރަތްޔަތުންފެލަން ޓެކުސް ބޮޑުކުރަނީ މިވެރިކަން ވައްޓާލަން ނިކުންންނައް ނުވޭތަ.

    22
  12. މަބޭ

    އެއްޗަކައް ފައިންއެރިގެންއުޅޭހެން ޓެކްސް ނުނެގިގެންތެޅިފޮޅޭ ސަބަބު ރައްޔިތުންނައް ބުނެދީބަލަ

    20
    1
  13. މަރިޔަމް

    ޙެޔޮނުވާނެ އެކަކައް ހުރިހާތަނެއްގެ ވެރިކަނދޭކަށް. މީނަ ފިނޭސްމިނިސްޓަރ، މީނަ ޕޭ ކޮމިޝަންގެ ވެރިޔާ . ތަފާތު ހިޔާލު ލިބޭނީ ތަފާތު ވެރިންތިބެގެން. ޢެކޯން މިނިސްޓަރ ، ފިނޭސް މިނސްޓަރ ، ރައީސް މި 3 ބައިން ގައުމު އަދަވަލަކަށް.

  14. ޑައެލޯގް

    ލޯނެއްނުނަގާނެ، ކޮންކްރީޓްއެއީ ތަރައްގީއެއްނޫން، ޖުޑިސަރީއިސްލާހުކުރާނެ، މަރުތަކުގެ ހަގީގަތްހޯދާނެ، ސިޔާސީމަގާމުނުލާ ސިވިލްސާވިސްމީހުންލައިގެން ހިންގޭނެ، ސްޓިކާއާއި ޖޫރިމަނާނުކުރާނެ، ސިޔާސީމީހުން ބަންދުނުކުރާނެ، ނޫސްވެރިކަންމިނިވަންވާނެ، ރައްޔިތުންގެ ޖީބަށް ފައިސާވަންނާނެ މިހުރިހައިކަމެއް ކުރަންއައިމީހުން ރިސޯޓުކުލި ކުޑަކޮށް ގާސިމަށް ލުއިދީފަ ރައްޔިތުންފެލަން ޖީއެސްޓީބޮޑުވީއެވެ. ދެން އެންމެގޯސްގައުމާ އަޅާކިޔާމިބުނަނީ އެހެންގައުމުތަކުގައި ބޮޑުކޮށޭނަގަނީ

  15. ޓެކުސް

    މަޖުލިސް ހުޅުވުމުގެ ކުރިން ބިލްހުށަހަޅައިގެން ފާސްކޮށްގެން ކަލޭ ހުރިހާޓެކުސްދައްކާ. އަދި އަހަރެމެން މިއުޅެނީ މޭ މަހުގެ މުސަރަކޮޅުނުބިގެން. ކީކޭތަ ތިޔަކިޔަނީ..

  16. ފަންނު

    ހުށަހަޅާ ފަ ހުރި ބިލު ތައް ނިންމަ ބަލަ

  17. ރަން

    ވީހާވެސް އަވަސް ކުރުން ރަނގަޅު. ބޮޑުކޮށް ޓެކްސް ދައްކަން ރައްޔިތުން ތައްޔާރު!!