ރާއްޖޭގެ އިގްތިސާދު އިގްތިސާދަކަށްވީ ފަތުރުވެރިކަމުން ނަފާ ލިބިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ، ރަށްރަށުގެ ތަރައްގީ ވެސް ގުޅިފައި ވަނީ ފަތުރުވެރިކަމާ ކަމަށެވެ. ރަށްރަށުގައި ކުރާ ކަންކަމާއި، ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފައިސާ ލިބެނީވެސް ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށް މައުސޫމް ވިދާޅުވިއެވެ.

"ފަތުރުވެރިކަމަކީ އިގްތިސާދުގެ އެންމެ މުހިންމު އެއްބައި. ދެން މީގަ އަޅުގަނޑުމެން ޓޫރިޒަމުގެ މުސްތަގުބަލްގައި ސަރުކާރަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ މި ވަނީ އޭގެ ސެކަންޑްރީ ކަމަކަށް. އެންމެ މުހިންމުކަމެއް އޮންނާނީ ރައްޔިތުންނަށް ފަތުރުވެރިކަމުން ލިބޭ މަންފާތައް" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، އެކޮނޮމިކް ސަސްޓެއިނަބިލިޓީ މާނަކުރަނީ ފަތުރުވެރިކަމުން ރައްޔިތުންނަށް ލިބެނީ ކޮން ފައިދާއެއް ކަމާއި ރައްޔިތުންގެ ދިރިއުޅުމަށް މިހާރު ހުރި ކަންކަމަށްވުރެ ރަނގަޅު ބަދަލުތަކެއް އާދޭތޯ ކަމަށެވެ.

ރާއްޖެއަށް ބޭނުންވަނީ، ރާއްޖޭގެ އިމްޕޯޓްކުރުމަށް ހޭދަވާ ޑޮލަރަށްވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިކަމުން ޑޮލަރު ވަނުން ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.

"ފަތުރުވެރިކަމުގެ އިގްތިސާދުގެ އެންމެ މުހިންމު ކަމަކީ މިހާރު އަޅުގަނޑުމެން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެބޭފުޅުންގެ ހިސާބު ދައްކާ ގޮތުން 45 ޕަސެންޓަށްވުރެ މަތި ގައުމީ އުފެއްދުންތެރިކަމަށް ފަތުރުވެރިކަމުން ހިއްސާކުރާ މިންވަރު، އަދި ނުސީދާކޮށް ހިއްސާކުރާ މިންވަރު 80 ޕަސެންޓަށްވުރެ މަތި" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގައި މުޅި ރާއްޖެ ޝާމިލްވާ ކަމަށާއި، ފަތުރުވެރިކަމަކީ ހަމައެކަނި ރިސޯޓުތަކާއި ގެސްޓުހައުސްތައް ނޫން ކަމަށެވެ. ފަތުރުވެރިކަމުގައި ދަނޑުވެރިންނާއި، މަސްވެރިންނާއި، ދަތުރުފަތުރުގެ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާވެސް ހިމެނޭ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރިސޯޓް ބޯއީ

    ރިސޯޓް ބޯއީން ބޭޭނުންކުރަނީ ކާލާ މަންނައަށް. އަދިވެސް ނެތޭ ލޯނުގަޑެއްހާ ހިސާބުވެސް ރިސޯޓް ތަކުމީހުންނަށް، ހޯދާ ދެވިފައި އަންނިކަލޯ ބުނި ރިސޯޓް މުއައްޒަފުން މަސައްކަތް ނިމި ނިދާނީ އަބިމީހާ ގާތުއޭ. ވޯޓް ބޭނުންވީމާ ރިސޯޓް ކުދިންނަށް ވަރށް ގިނަ ކަންތައްކޮއްދޭން ބުނާނެ ، އެކަމެއްނުކޮއްދޭނެ.

  2. ނަޒީ

    މިހާރު ރާއްޖެ މިދެކޭ ތަހްޒީބު ތަރައްގީ ފަތުރުވެރިކަމުގެ ބާނީއަކީ ޔާމީން ނޫންތޯ؟

    • ބޮޑުވަޒީރު

      ބޮޑުވަގު ޔާގުންޑާ ކޮންކަމެއްތޯކޮށްދެއްވީ؟ ކޮބާތޯ މަޅާލި ދޮލަރުބޮނޑި؟

  3. ނަޒީ

    ޑޮކްޓަރ ޕައުންޑޭ އެބުނީ ހެޔޮކޮށް!

    1
    1
  4. Anonymous

    ފަތުރުވެރިކަމޭ ކިޔާއިގެން މިރާއްޖެ ކޮންޓްރޯލް ކުރާ ކެޕޓަލިޒަން ވިޔަފާރީގެ ޢިޤުތިސާދު ކުރިއަރުވާ ދެތިން ހަތަރު ވިޔަފާރި ވެރިން މިރާއްޖޭގައި ބަންގުރަލާއި އޫރުމަސް ގުދަންކޮށްގެން އެއިގެ ވިޔަފާރި ކުރާތާ 50 އަހަރު ފުރުން ވެސް ވަރަށް އުފަލުން ކުލަގަދަކޮށް މިއަހަރު ފާހަގަ ކުރަނީ ޔޯ ؟ 😄 ކޮބައިތޯ އިޤުތިސާދީ ކުރިއެރުމަކީ ތިޔަބުނާ، އަބަދު އިޤުތުސާދު ވަޅުޖެހި ދަރަނި މައްޗަށް ދަރަނި !

  5. ސަރަނގު

    ބޮޑުކައްކާ ކީކޭމި ކިޔަނީ ކިޔޭނުކިޔޭއެއް ފަހުމްވޭތޯ.