ތިލަމާލޭ ބްރިޖްގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ޕްލެޓްފޯމް ފަރުން ނުނެގި ލަސްވާތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރަށްވާތީ އެތަނަށް ޕްލެޓްފޯމް އެރި ހާދިސާއާ ގުޅިގެން ނުހަނު ކަންބޮޑުވާ ކަމަށެވެ.

ގުޅީފަޅު ހިއްކުމާއި ބްރިޖު މަޝްރޫއުގެ ސަބަބުން މިހާރު ވެސް އެ ފަރަށް ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށާއި ބްރިޖް ޕްލެޓްފޯމް ފަރަށް އަރާ ރާޅާ އެކު ފަރު މައްޗަށް ޖެހިޖެހި އޮންނަ ކަމަށް ކައުންސިލުން ބުނެ އެވެ. އެކަން ހައްލުނުކުރެވުމަކީ ވަރަށް ހިތާމަކުރި ކަމެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"ބްރިޖް މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް އާއި ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު ހިންގުމުގައި ބަލަންޖެހޭނެ ފަންނީ އަދި ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވުމަށް ގޮވާލަން. ފަރަށް ޕްލެޓްފޯމް އެރުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް. އެ މައްސަލަ ރަނގަޅަށް ބަލައި، ތަހުގީގުކޮށްދިނުމަށް އީޕީއޭ އާއި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ގޮވާލަން." މާލޭ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން މި މައްސަލައާއި ގުޅިގެން ބުނެފައިވަނީ ވިލިމާލޭ ފަރު މައްޗަށް އަރާފައިވާ އެ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އީޕީއޭ އިން ބުނީ ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރި ގޮތެއް ބަލަމުންދާ ކަމަށެވެ. އަދި ފަރަށް ލިބުނު ގެއްލުން ބަލަން ފަށާނީ ޕްލެޓްފޯމް އެތަނުން ނެގުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދިވެހި ޒުވާނުން

    ޕްލެޓްފޯމް އެއް އެތަނުން ނަގަން ތިހާ ގިނަދުވަސްވަނީ ކީއްވެ

    10
  2. ހަސަން

    އިންޑިޔާ މީހުންނަކައް ނޭގޭނެ ބުރިޖް އަޅާކަށް. ގެރީގެ ބޯމަތިން ބުރިޖް އަޅާ ބައެއް ތީ. ޗައިނާ މީހުން ނޭ ބުރިޖް އަޅާން މޮޅީ.

    13
  3. އަން

    ތިނަދޫ އިން ކާޑުހުސްވެ ރައްޔިތުން ބަނޑަށް.
    އަނިޔާވެރި އިބޫ ރައްޔިތުންގެ ފައިސާ ބޭނުން ބަޔަކަށް ބަހަންވެގެ މާ ޑީއެމްއެން ނިޔާޒުއާ ހަވާލުކޮށްގެން ރައްޔިތުން ބަނޑަށް ޖައްސާފި.
    އިސްތިއުފާ އިސްތިއުފާ

  4. މިސްބާޙު

    7 ފަރު އަވަދި ކޮށްލާފަ ނޫނީ ތި ބްރިޖް އެޅުނުކަމަކަށް ނުވާނެ. ކުރިންވެސް ބަޔަކު އެއޮތީ ބްރިޖެއް އައަޅާފަ ވަށައިގެން ހުރި ހުރިހާ ބްރިޖެއް ސުންނާފަތިކޮށެއް ނުލާ. ޓާޓާ ފްލެޓްތަކަށް ހަމަ ހެދިހެން ތިއަށްވެސް ހަދާނީ ،ލާހިކެއް ނޫން އިތުރު 4 މިލިއަން ޑޮލަރު ނުދީ ތީގެން ސަލާމަތް ވާކަށް ، ނުދީފިއްޔާ ދެން ގޮސް ތި ޕްލެޓްފޯމް ލައްވާނީ ކުރުމބާ ވިލެޖް ފަރަށް \ މާލެ އަތޮޅުގައި ހުރި ހުރިހާ ރިސޯޓެއްގެ ފަރުތައްވެސް ދުމައް ދުއްވާލާފަ ތިކަން ނިމޭނީ

  5. މުއިއްޒު

    މާލޭގެ މަގުތަކުގެ ކާނުތައް ސާފުކޮށްބަލަ ސިޓީ ކައުންސިލުން ވާރޭ ވިެހިލާއިރަށް ފެން ބޮޑުވޭ ކާނުތަޢް ކުނިން ފުރިފަ

    2
    8
  6. ވާގޮނުސްކޮ

    ބާޖު ބޯޓްފަހަރު ފަރައް އެރީމާ މިލިއަނުން ޖުރިމަނާ ކުރޭ. ޕްލެޓްފޯމް ފަރަށްއެރީމަ ޖުރިމަނާ ކުރުމެއްނޯވޭތަ؟
    އޯ... އިންޑިއާ ވީމަ ޖުރިމަނާ އެއްނުކުރާނެދޯ؟