މާލޭގެ މީޑިއާނެޓްގެ އޮފީހެއްގެ ތެރެއަށް ބަޔަކު ވަދެ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އޭނާއަށް ހަމަލާދީފައި ވަނީ މަރުތޭލާއި އަދިވެސް ބައެއް އެއްޗެހި ބޭނުންކޮށްގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޯކިޑް މަގުގައި ހުންނަ މީޑިއާ ނެޓް އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައިވާ ކަމަށް މިއަދު ހަވީރު 17:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މާރާމާރީގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އަދި ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަރުލަމާނީ

    ގައުމުގޮއްސައޮތް ޙާލަތުގެ ބިރުވެރިކަމާއެވެ..
    މިހާދަ ހިތާމަކުރާ ކަންޔަށްތަކޭ...
    އިންސާނާ ޖސްނާލަބަލާ

    10
  2. ބޯހަލާކު

    ޢުމަރަށް ވެރިކަން ދޭންޖެހެނީ ބިރަކާނުލާ ދިރިއުޅެން ބޭނުންވާތީ. ގޭންގުތަކުގެ ބަލާވެރިކަމާހެދި ބޮޑު މުސީބާތެއް.

    11
    2
  3. ޙަބަރޭ

    ޚުލަބޭ ކިޔައިގެންމުއްސަނދިން ހަރަދުކޮށްގައުމުގަ ބޮޑެތި ގޭންގްތައް އުފެދި ފައިސާވެރިންނައް ބަދަލުވަނީ ބޮޑުވަރު