އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަމަޖައްސައި ރަސްމީކޮށް އެމަނިކުފާނާއި ރިޔާސީ ޓިކެޓް ހަވާލު ކުރުމުގެ ޖަލްސާއަށް ޕީޕީއެމް އިން ތައްޔާރުވެއްޖެއެވެ.

ރައީސް ޔާމީނާއި ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާއަށް ކާނިވާ ސަރަހައްދު ތައްޔާރު ކުރުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޕީޕީއެމް އިން އަންނަނީ ކުރަމުންނެވެ.

"ހަވާލޭ ވަތަން" ނަމުގައި ޕީޕީއެމް އިން ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 20:30 ގައެވެ.

ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ ވިދާޅުވީ ޖަލްސާގެ ނަމަކަށް "ހަވާލޭ ވަތަން" ހަމަޖެއްސީ، ގައުމާއި ދީނާއި ރައްޔިތުންގެ ހެވަށްޓަކައި ހުރި ލީޑަރެއް ރައީސް ޔާމީން ނޫނީ މި ގައުމުގައި ނެތުމުންނެވެ. އެހެން ލީޑަރުންގެ ކިބައިން ފެނިފައި ވަނީ އަމިއްލަ އެދުން އިސްކުރެއްވުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އިން ވާދަކުރާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމްގެ ސެނެޓުން ނިންމީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

2019 ވަނަ އަހަރު ވެސް ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާއިއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އުއްމީދު ގެއްލުނެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ސުޕްރީމް ކޯޓުން އެހުކުމް ބާތިލް ކުރުމުން މިވަގުތު އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނަށް ގާނޫނީ ހުރަހެއް ނެތެވެ. ނަމަވެސް މިހާރު އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަމުން ގެންދާ ހަތަރު ދައުވާގެ ތެރެއިން ދައުވާއެއް ސާބިތުވެއްޖެނަމަ އަނެއްކާވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުން ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޓިކްޓޮކް

    ރިޔާސީ ޓިކެޓް ހިފައިގެންގޮސް ތީނަޖަލަށްވަދެ ޖަލުގަ ވެރިކަންކުރަންޖެހޭނީ

    5
    33
  2. ުއުނދުޅި

    ދަވާލޭ ވަތަން

    5
    32
    • Anonymous

      "ޓިކްޓޮކް" މެންނަށް ހާދަ ހަޖަމުކުރަންނެއެނގެއޭ ދޮތެ؟؟ ރ ޔާމީނަށް އާކަމެއްނޫން ޖަލުގައި ހުންނާކަށްވެސް، ހުންނެވީ ޕްރެކްޓިސްވެ ޖަލަށްވެސް ހޭނިފައި، ﷲގެ ކުޅަދުންވަންތަވެރިކަމުގެ ބޮޑުކަން ލޮލުކުރިމަތި ފެނިގެންދިޔަތާ އަދި މާކަ ގިނަ ދުވަހެއްވެސް ނުވެއެއްނޫންތަ؟ ކަލޭމެންގެ ސަރުކާރުން ރ. ޔާމީނު އެތައް އަހަރަކަށް ހުކުމްކޮށްފަ ޖަލަށްލީމަ އެމަނިކުފާނުގެ ކުށެއްނެތްކަމަށް ސ ކޯޓުން ހުކުމްކޮށް މިނިވަންވެގެން ދިޔަތަން، ޖަލަށްލީވަރަކަށް އެމަނިކުފާނުގެ ސާބިތުކަން އިތުރަށް ފެނިގެންދާނެ، "ޓިކްޓޮކަށް" ވ ސަލާމް

  3. ދަގެތި

    ހަޖަމް ކުރަށް ދަސްކުރޭ ދެން މިފަހަރު ވީގޮތޭ ސާފުތެދޭމީ 2023 ރައިސް ޔާމީން އެންދެރި މާލަމް ހަޖަމު ނުވާނެކަން އެގޭ

    16
    • ލޮލް

      ބާސްމަތީ ރައިސް ޔާމީނު

  4. ލޮލް

    އެންމެފަހުންވެސް މުޅި ގައުމު އެއްކޮށްގެން ޖަލްސާތައް ބާއްވާފައި ތާކު ހުރި ވާންޗޯއަކާ ވާދަކޮށް ޗޮކުން ދިޔަ މީހަކަށް އަނެއްކާ ވަތަން ހަވާލުކުރަން ތިއުޅެނީ. އަމިއްލަ އެދުމެއް ނެތޭ ބުނާއިރު އަބަދުވެސް އިވެނީ ތިބުނާ މީހަކު ފައިސާ ފައިސާއޭ ގޮވާ އަޑު. ވެރިކަމުން ފައިބައިގެން ދިޔައީ ދައުލަތުގެ ފައިސާއިން އަމިއްލަ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ކަހާލައިގެން.

    4
    17
  5. ބޮކި

    ހަވާލޭ ތިޖޫރި

    3
    18
    • ނަނަނަ

      ތިޔާ ބުނީ ކަޅޫ ކޯތަޅޭ ވާހަކަހޯ؟

  6. އަލްޖިބްރާ

    އިންޑިއާ އައުޓް ޖަހައިގެން ތެޅި ތެޅިފަ އެންމެ ފަހުން އިންޑިއާ ބަހުރުވަ " ހަވާލޭ ވަތަން " ދިވެހިން ލިއެގެން އުޅެން ކަލޭމެންގެ ލަދުހަޔާތް ކޮބާ ؟ ތިއީ ހަވާލޭ ވަތަން އެއ

    2
    16
  7. އަލްޖިބްރާ

    ޓިކެޓް ހިފައިގެން ގޮސް ޖަލުގާ އޮވޭ !

    3
    18
  8. ޙަސަން

    މަރުހަބާ ދަވާލިއަސް ތިއުޅޭ ގުރޫޕްގަނޑައް ތުރެ ގައުމު ތަރައްގީވެ ރައްޔިތުން ފައިސާވެރިވެ ތަނަސްވެ ލިވާއަތު ފިލްމު ނޯވެ ކަރުބުރިކުރާ ކަންކަންނޯވެ ބިއްޖެހިފަތިބޭމީހުންނޯވެ ގަދަމީހާގަދަ ނޯވެ ހަލާކުވެ އެހިލާފައި ހުންނަ ސަފާރީތަކައް ރާވިއްކުން ދޫކުރުން ނޯވެ މީހުންގެ ކުދި ދަރިން ހަލާކުވާކަހަލަ ކަންކަން ނޯވެ …

    16
    2
    • ލޮލް

      ނިމިދިޔަ ފަސް އަހަރު ތެރޭ ނުކުރެވުނު ކަމެއް ދެންވެސް ނުކުރެވޭނެ. ބުރިޖެއް އެޅިދާނެ، އުސް އިމާރާތްތަކެއް ބިނާ ކުރެވިދާނެ، ދައުލަތުގެ ތިޖޫރީ ހިފައިގެން ގެއަށް ދެވިދާނެ. ރައްޔިތަކަށް ރައްކާތެރިކަމެއް ފޯރުކޮށެއް ނުދެވޭނެ. ތިޖޫރީ ހުރިތަންވެސް ދެން ނުހުންނާނެ.

      4
      4
  9. Anonymous

    "އންޑިއާ އައުޓް" ޖަހައިގެން ބަޔަކު ތެޅިގަތީމަ "އަލްޖިބްރާ"މެންނަށް ހަޖަމުނުވެގެން ބިރުން ފަޔަށް ހިނިއަރައިގެން ކަލޭމެންގެ ޒިނޭ ރައީސު އަދި 35 މިލިޔަން ކަޅުދަބަސް ރައީސް ރައްޔިތުންގެ އަނގަ ބަންދުކޮށް މިނިވަންކަމަށް ހުރަސް އަޅާ ގާނޫނެއް ފާސްކުރި ވާހަކަތަ؟؟

  10. Anonymous

    "އުނދުޅި" ކޮމެންޓަށް ބުނެލެވޭނީ ރ ޔާމީނަށް ދަވާލި ނަމުގަ ތިޔަފަދަ ރީތި ސަނާއެއް ތިކިޔަނީ ކަލޭމެންގެ ޒިނޭ ރައީސް އިބޫސާލިހަށްވެސް 35 މިލިޔަން ޑޮލަރާއި ކޮވިޑް ބަލިމީހުންގެ ވެންޓިލޭޓަރ ތިޖޫރީ ދަވާލުމުގެ ނަސީބު ލިބުނީތީ އުފަލުން ދޮތެ؟؟

  11. ބޭރި

    މިހާރު ވެރިކަމުގަ ހުރީ އިންޑިއާގެ ފައިސާއިން. ޥެރިކަމަށް އައި މީހެއް އެމީހަކު ގައުމުތަރަށްގީކުރާކަށް މަސައްކަތެއް ނުކުރޭ ކުރަނީ ވަށްކަމާ ލިވާތުކުރުމާއި ގައުމު ލޫޓުވާލުމާއި ރިބަންކެޑުން .

  12. ދަރަނި ދަންތުރަ

    ހަވާލޭ ވަތަން އިންޑިޔާ ބަހުރުވަޔަކަށްވީ ކިހެނެއްބާ ؟ ހަވާލު ހަވާލުވި ހަވާލޭ ، ވަތަން ވަތަނޭ ވަތަނީ މިއީ މުޅިންވެސް ދިވެހި ބަހުގެ ލަފުޒު ތަށް ، ދިވެހި މާއްދާއިން ފާސްނުވާ ބުރާންތިންނަށް ނޭނގޭނެ ދޯ