އެމްޑީޕީގެ ހުރިހާ މެންބަރުންނާއެކު ނޫނީ ރިޔާސީ އިންތިހާބަށް ނުކުންނަވަން ބޭނުންފުޅުވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެމްބަރުންނާއެކު ތިބެވޭނެ ގޮތަކީ ނިޒާމީ ވޯޓަކަށް ރައްޔިތުންގެ ގާތު އެހުމަށް ވޯޓަކަށް ދިއުން ކަމަށެވެ.

"ގޮތެއް ނިންމުމަށް އަޅުގަނޑު މި އެދެނީ ރައްޔިތުންގެ ގާތު އެހުމަށް. އަޅުގަނޑު ދެކޭ ގޮތުގައި މިކަމަށް ނޫނެކޭ ބުނާންވީ ސަބަބެއް ނެތް." ނަޝީދު ވިދާޅުވިއެވެ.

އެއާއެކު ނަޝީދު ދެން ވިދާޅުވީ ކޮންގްރެސްގައި އެ ވޯޓު ނެގީމަ ނަތީޖާ އޮންނާނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ވޯޓު ކާމިޔާބު ނުވި ނަމަވެސް އެހެން ޕާޓީތަކުން ފެނުން ފަދަ ހުތުރު މަންޒަރެއް އެމަނިކުފާނުގެ ފަރާތްޕުޅުން ނުފެންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ހުރިހާ މެމްބަރުންނާއެކު ނޫން ގޮތަކަށް ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނު ޕާޓީގެ މެންބަރުންނާއެކު ނުހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެއްގޮތަކަށްވެސް ނޭދޭން އެހެން ޕާޓީތައް ބައިވެގެން ދިޔައިރު ކުރިމަތީގައި ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު އަޅުގަނޑުމެންގެ ޕާޓީެއަކުން ނުފެންނާނެ އިރާދަކުރެއްވިއްޔާ. ނަމަވެސް ތަކުރާރުކޮށް ދަންނަވާނަން މުޅި ޕާޓީއާއެކު ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތިޔަ ބޭފުޅުންނާއެކު ނުނިކުމެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެންމެން އެކުގައި ތިބެވެން އޮތް ގޮތަކީ އެކަކު އަނެއްކަކު ބަސް އަހައިގެން ބުއްދިވެރިކަމާއެކު ކުރިއަށް ދިއުން ކަމަށެވެ. އޭރުން ކުރިއަށް އޮތް އެތައް ޖީލަކަށް ރާއްޖޭގެ ކަންކަން ނިންމަމުން ގެންދާނީ އެމްޑީޕީ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވަކީލުން ބޭނުންކޮށްގެން ވެރިކަމުގެ ކަންކަން ކުރުމަށް ޕާޓީން ވަރަށް އެއްގޮތް ކަމަށް އެމަނިކުފާނަށް ކުރިން ހީފުުޅުވެވަޑައިގެންނެވި ނަމަވެސް މިހާރު އެގޮތައް ބައެއް މެމްބަރުން ބޭނުންނުވާކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނަޝީދު ވަނީ އެމްޑީޕީ ބައިވެގެން ތިބެ ރިޔާސީ އިންތިހާބަކަށް ކުރިމަތިލައިިފި ނަމަ އެ އިންތިހާބު ކާމިޔާބުކުރަން އުނދަގޫވާނެ ސަބަބު ތަފްސީލްކޮށް ވިދާޅުވެފައެވެ.

"މި ޕާޓީ ބައިވެއްޖެ ނަމަ އަޅުގަނޑުމެނަށް 112000 ވޯޓުގެ ތެރެއިން ސާޅީހަކަށް ޕަސަންޓް ވޯޓު އެމްޑީޕީއަށް ގެއްލި އަޅުގަނޑުމެނަށް ރިޔާސީ އިންތިހާބު ވަރަށް ބޮޑަށް އުނދަގޫވާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު މިހާރު ކުރިއަށްދާ ކޮންގްރެސްގެ މެޖޯރިޓީ ކޮންޓްރޯލްކުރާނެ ކަމަށް ބެލެވޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިޒާމީ ވޯޓަކަށް ދިއުމަށް ނަޝީދު ހުށައަޅުއްވާފައިވާ ގަރާރަށް ތާއީދެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

  1. ޒާ

    ތިމާބޭނުންވާގޮތްނޫން ގޮތެއް ގަބޫލު ނުކުރެވިގެން އުޅޭތަން މިފެންނަނީ. ދިވެހިން ބޭނުންވާ ގޯތިގެދޮރެއް ނުލިބުނު. ތަރައްގީއެއް ނައި. ފެނުނީ އޭޝިއާގެވެސް އެންމެ ނާތަހުޒީބު. ފަގީރުންގިނަ ގައުމެއްގެ އަޅުވެތިކަމުގާ ދިވެހިން ތަޅުވާތަން.

    149
    4
    • ޢަލީ

      ނަޝީދަކީ ޑިކްޓޭޓަރެއް އަދި ލީޑަރެއްގެ ގައިގައި ހުންނަންޖެހޭ އެއްވެސް ސިފައެއްް މިއަކު ގައިގަ ނެތް. ކުރިން މީނައަށް ކުރި ތާއީދު ކެންސަލް.

      120
      4
      • ޖަގަޑާ

        މި ގައުމު ދުއް އެއްމެ ނުރައްކާތެރި ހީލަތްތެރި ގައްދާރަކީ އަންނި.

        63
        1
  2. އަހުމަދު

    ބޮޑު -ވާބާ- ވަޒީރު

    120
    2
    • ޒިކް

      އަނގަޔާ ހެދި ގެއްލި ހަލާކުވި އިންސާނެއް.. ބުއްދީގެ ތެއްކަމެއް ނެތީމާ ބޭކާރު އަނގަ ދެން ތެޅޭނީ… އެމް.ޑީ.ޕީ މީހުންނަށް ވެސް ރަނގަޅީ ކަލޭ ބޭރުވިއްޔާ އެ ޕާޓީން.. އެ ކުދިންވެސް އެކިޔަނީ ތިހާ ބަރު އެއްޗެއް ނެތޭ އުފުލޭކަށް.. އަދިވެސް ގެޓެއް ނުވޭ ދޯ؟؟

  3. ހުސޭނު

    ރައްޔިތުން އޮތީ ގޮތެއް ނިންމާފަ. ދެން ދެއިރު ދެދަޅައަށް ނުޖެހޭ ރައްޔިތުންގެ ހިޔާލު ހޯދާކަށް. މީހަކު ކަމެއްބޭނުންވެގެން އުޅުނަސް މީ ފުކެއްބޮޑުވަރު!!!!!!

    116
    1
    • އަހުމަދު

      ވޯޓެއްލައި ރައްޔިތުން ބަރުލަމާނީއަށް ނޫނެކޭ ބުންޏަސް މީނާ މައިތިރި ނުވާނެ. ލާދީނީ ބިލުވެސް ގަދަކަމުން ފާސް ކުރުވީނު

      47
      1
  4. ރަދީފް ހުސެން

    ނިޒާމު ބަދަލުކުރަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓަކައް ދާންވީޔޭ ކިޔައިގެން އަޑުހިއްޕައިގެން އުޅެނީ މިސަރުކާރުކޮއްފާވާ ވައްކަންތަކުގެ އަޑު ކަނޑުވާލަން ރޭވުމެއްގެތެރޭން ރިޔާސީ އިންތިހާބު ކެންޕޭނައް ޖަހާމަޅިއެއް

    85
    3
  5. ނަޝީދު

    ދެން ކަލޭ ގޭގަ ހުރެވަލަ ހޭބަލި ނުވެ ބުނެބަލަ ތިމާ މީހާ އަކީ މިހާރު ރައްޔިތުން ބަލައިގަންނަ މީހެއްނޫނޭ އަދިވެސް ތިއުޅެނީ ގަދަބާރުން ވެރިކަމަށް އަންނަން ރައްޔިތުންގެ ވޯޓެއް ބޭނުމެއްނުވޭ.. ހޭބަލި ވީތަ.

    78
    3
  6. Anonymous

    ހުންނާނެ. ހުންނާނެ. ތިޔާހެން އޮޅުވައިލާގެން ނޫޅެވޭނެ. ތިޔާ ދެމީހުންގެ ރޭވަމީ ހެއްލުމެއ. ތިކަހަލަ ކިތައް ކަން މިހައަރު ތެރޭގެ ކޮއްފި. ބައެއްމީހުން ހީކުރޭ މި 2 މީހުން ވަކިވީހެން. ނުވާނެ.

    61
  7. ޒީރޯ

    ތިޔައީ ދައްކާވާހަޔާއި އަމަލާއި ދިމާނުވާ ހުސް ބޮލެއް ކޮބާ އިބޫގެ ފޮޓޯ ދޮގުހަދާ ބަހާ އަމަލާ ދިމާކުރީމާ މީހުން ވާނެ ތިޔައީ ބޮޑު މޮޔަމީހެއް

    61
    1
    • ޑަޔަމްބޯޑީ

      އެސޮރު ފޯނު ވަގަށް ނެގިއްޔޯ އިނގިރޭސިން. އެފޯނަކީ އެހުރިހާ ފޮޓޮއެއް ނެގީވެސް އެފޯނުން. އެހެންވެ ހަމަ އެއްކޮށް ގެއްލުނީ.
      މިހާރު އެސޮރު ގެންގުޅެނީ ބައްތި ފޯނެއް.

  8. މިސްބާޙު

    އައުޓިސްޓިކް ކުދިންނަށް ބުނާ އިހާނެތިބަހެއް ނޫން މީ . ނަޝީދު އެބަޖެހޭ ސައިކޮލޮޖީ ޓެސްޓް ތަކެއް ހަދަން ، ބައިޕޯލާ ނޫނީ އައުޓިޒްމްގެ ޢަލާމާތްތައް ވަރަށް ގަދަޔަށް އެބަފެނޭ އޭނަގެ ކިބައިން

    58
    1
    • ަސދަސދ

      އްހަރެންގެ އޯޓިސްޓިކު ދަރިއެއް ހުރޭ. އެތައްފަހަރަކު އެކި ތަންތަނޔގައި އަހަރެންވެސް އެބަބުނަން ނަޝީދު ތިއީ ފަރުވާ ނުލިބި ބޮޑުވެފައިހުރި ކުއްޖެކޭ

      34
      1
  9. ރެފްރީ

    الحمد لله، ވަރަށްއުފާވެރިއިންޒާރެއް.. ޕާޓީދޫކޮށްގޮސްފިނަމަ ބޯހުނި ބަހާނަން !!

    59
    2
    • ޔޫތު

      މަށަށް ގުޅައްޗޭ. ދާނަން އެތިކޮޅެއްބަލާ

      16
  10. ހުސޭނުބޭ

    ހަމަ މިހާރު ބޮޑުވަޒީރުކަން ގެނޭ. އެހެން ނޫނީ މަށެއް ނުހުންނާނަށް. އަޅެ މި ބުނީނު ބޮޑުވަޒީރުކަން އެއީ މަ އެއްޗެކޭ.

    49
  11. ނުކެރޭނެ

    ބަލަމިހާރު ވެރިކަމައް އައިސް ތިތިބީވެސް 112000ވޯޓްލިބިގެނެއްނޫނެއްނު ބަޔަކުމީހުން ވަގައް ކޮޑަދޮރަކުން ހުޅުވާދިން ތަންކޮޅެއްގެ ތެރެއިންނު މިފަހަރުވެސް ހަމައެގޮތައް އާދެވޭނެއެއްނު އެނޫންގޮތަކައް ނުކެރޭނެ އަންނާކައް

    33
    2
  12. ފާތުމާ

    ޕާޓީގެ ނަން ބަދަލުކުރުމަށް ފެނޭ

    28
    1
    • އައްޔަ

      ބީބީޕީ (ބުއްޅަބޭގެ ބޮޑުވަޒީރު ޕާޓީ)

      27
      1
  13. ފެހުރިހި

    އަވަހަށް ފެއްސިގެން ރައްކާވޭ!

    33
    2
  14. ރައޫފާ

    މީނަ މިހާރު އެއްގިތަކަންވެސް ހަމައެކޭ ނުބުނެވޭނެ މީނަވީ ޑޮކްޓަރަން ދައްކާގެން ފަރުވާ ހޯދަން

    28
    1
  15. ސަޅިބެ

    ޢެމް،ޑީ،ޕީ އެކުގައި ނުނިކުމެވޭނެކަމަށް ވިދާޅުވާއިރު
    ޢެކަން އެގޮތަށް ނުވުމުގެ ސަބަބަކަށްވެސް މެދުވެރިވަނީ ނަޝީދު ނޫންތޯ. ޟެޖޯރިޓީއަށް ތަ ބާވުމަކީ މީގެކުރިން މަނިކުފާނުގެ ފަލްސަފާ ކަމުގައިވެފައި، މިއަދު މަނިކުފާނު ބޭނުންފުޅުވާ ގޮތް އެންމެން ޤަބޫލް ކުރުން ލާޒިމް ކުރުން އެވަނީ ޖޯކަކަށް.

    21
    1
  16. Anonymous

    ގައުމު ދޫކޮއް އިނގިރޭސި ވިލާތައް ދިރިއުޅުން ބަދަލު ކުރައްވާ.

    33
    1
  17. ޙަނދުކޭތަ

    ބޮޑު ބަލާއެއް ކަހަލަ .....

    26
    2
  18. ފަރަޝް

    ނަޝީދުނެތި އެމް.ޑީ ޕީ އެއް ނޯންނާނެ. ޢެމް.ޑީ.ޕީ އަކީ ނަޝީދުގެ އެތައް މަސައްކަތަކުން އުފައްދާފައިވާ ޕާރޓީ އެއް. މިހާރު މަންޒަރުތައް ފެންނަގޮތުން ހިއެއްނުވޭ ތިޔަ 112000 ވޯޓް ސަލާމަތުން އޮތް ހެނެއް.

    6
    25
    • ކޮއި

      ޕާޓީ އުފެއްދުމުގަ އިސްކޮށް އުޅުނީ ގޯގޯ ލަތީފްމެން އެކަމުގަ ވެސް މީނަ މިއުޅެނީ މެޑެލްޖަހައި ގެން.

      20
      2
  19. Anonymous

    ނުހުރީމަ ނިމުނީއެއްނު އަހަރެމެންނަށް ރަނގަޅީވެސް ނުހުރިއްޔާ ވަރަށް ފޫހިވާ ބައެއް ތިިސިޔާސީ މީހުންނަކީ ހައްތަހާވެސް ދެފެނުކެއްކި މީހުން

    22
    1
  20. މަގޭ ޚިޔާލު މީ

    ދެން ތިޔަ ކޮންގްރެސް އަށް ހުށަހަޅައިގެން ގޮތެއް ނިންމަންވީނު. ކޮބާތަ މައްސަލައެއް.

    25
  21. ދަތޭ

    ބަލަގަ އެމްޑީޕީން އެބުނަނީ ރިޔާސީ ކެންޑިޑޭޓަކީ ސޯލިބެއޭ. ދެން ކަލޭތީ ކާކު އެވާހަކަ ދައްކަން އަދި ރިޔާސީ އިންތިހާބުގައި ވާދަކުރަން. ބޮޑު ފަނި.

    27
    1
  22. މަރީ

    ތިޔަބުނާ ބަރުއެތި ގެންނަން ރައްޔިތުން 100 މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހޭ ކަމަށް އިލެކްޝަނުން ބުނާތީ އަހަރުމެންގެ ޓެކްސް ފައިސާ އިސްރާފު ކުރުމާ މަ ދެކޮޅު

    25
    1
  23. ޢަހްމަދު

    ކޮން ބިރެއްދައްކާކައް މިއުޅެނީ! ލަންޑަނަށް ދާންވީއެއްނުން! ޢެތަނުގައި ބޮޑުވަޒިރަކަން ދާންވީއެއްނުން. މިހާރު އެގޮނޑި ހުސްކޮސް ނޫންތޯ ހުރީ!

    27
    1
  24. Anonymous

    ޢެމް، ޑީ، ޕީ ޔައުނީ މުހައްމަދު ނަޝީދުގެ ޑަބިޔާ ޕާޓީ، ދޮތަ؟ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    19
    1
  25. ތެދު ބަސް

    މިހާރު ތިފެންނަނީ ތިމާމީހާގެ އަސްލު ސޫރަ

    25
    1
  26. މޭރާ ޚެޔާލް

    ތިޔައީ ޤައުމަށްވެސް ހެޔޮގޮތެއް ވާން ބޭނުންވާ މީހެއްނޫން، ރައްޔިތުންނަށް ހެޔޮގޮތެއް ވާން ބޭނުންވާ މީހެއްނޫން، ޕާޓީއަށް ރަނގަޅު ގޮތެއް ވާން ވެސް ބޭނުންވާ މީހެއް ނޫން، މުޅިން އަމިއްލަ އެދުން. ވެރިކަން ވެރިކަން ވެރިކަން، ތިކަހަލަ މީހަކަށް ވެރިކަން ލިބުނީމާ އަނެއްކާ ވެސް ބޮލާފޮށާ އެޅޭނީ

    24
    1
  27. އިތުރު މިތުރު

    ކަލޭނެތަކަސް ހެޔޮ، އަހަރުމެން ކަހަރުވަކެކޭ ވެސް ހިތަށް ނާރާ

    25
    1
  28. ކޮރު އިބިލީސްަ

    މޑޕ ބޭނުންވެެގެން އަދި ވޯޓެއް ނުނެގޭނެ.
    ރައްޔިތުންގެ ވޯޓެއް ނެގޭނީ މަޖިލިހުން ފާސްވެގެން

    21
    1
  29. ސާބިތު

    ކަލޭ ދުވަހަކު ނެތަސް މިޤައުމު ދެމިއޮންނާނެ، ޕާރޓީ ވެސް ކުރިޔަށް ދާނެ

    24
    1
  30. އޭކު ސަވާލް

    ޤައުމަކަށްވުރެ ފުރުދަކު މުހިއްމު ނުވާނެކަން ފަހެ ނޭނގޭ ހެއްޔެވެ؟

    18
    2
  31. މިސާލު

    ހަރުކަށިކަމާ ގޮތްދޫނުކުރުމާ އަމިއްލަ އެދުމުން ފޯވެފައިވާ ކަމުގެ މިސާލެއް

    19
    1
  32. މޭރާ ސަވާލް

    ދެން ފަހެ ވެރިކަން ނުލިބިއްޖެނަމަ މިޤައުމާއެކުވެސް ނުހުންނަވާނަން ދެއްތޯ؟

    18
    1
  33. އިހުސާން

    ޤައުމަށްވެސް ޕާޓީއަށްވެސް އެންމެ ރަނގަޅު ގޮތަކީ ތިކަހަލަ މީހަކު ނުހުރުމެވެ.

    18
    2
  34. ފުނަމާ

    ތިހެންވީއްޔާ 2023 ކާމިޔާބުރަން އިބޫއަށް ވަރަށް ފަސޭހަވާނެ ނަޝީދު ނެތީއްޔާ އިބޫއަށް ސަޕޯޓްކުރާ މީހުން މާގިނަވާނެ.

    15
    3
  35. ގޮއްޔެ

    ކުޑަކުއްޖެއްހެން ބޮޑާ ހާކަނީ އިބޫ ބިރު ގަންނަވަން.ތީނަ ނެތަސް ޕާރޓީ އޮންނާނެ. ވޯޓުވެސްދޭނެ . ވޯޓްހޯދަން ގައުމު ދަރުވާލާފަވެސް ރާއްޖެތެރެއަށް ކަންތައްތައް އެކޮށްދެނީ ރައްޔިތުން ވެސް އެވަރު ދަންނާނެ. މަވެސް ރުހޭ ބަޔެއް ނޫން އެމްޑީޕީއަކީ ލާދީނީވީމަ. އިސްލާމްދީނުގަ ނަހީކުރެއްވިހާ ނުލަފާ ކަމެއް ކުރަމުންދާއިރު އެކަން ކުރާ މީހުނަށް އަދަބު ނުދޭތީ. އެކަމަކު އަންނިއަށްވުރެ ހާސްބައި ރަގަޅު އިބޫ.
    އެއީ އަންނިއަށް ވުރެ ތަންކޮޅެއް އަޚްލާޤު ރަގަޅު ކަމަށް ފެންނާތީ

    13
    2
  36. ކިބޫ

    ދިވެހިން ކިޔަނީ ހުދު މުހުތާރު އަންނި

    15
    1
  37. ހެޔޮ ނިޔަތުގައި

    މިޤައުމަށްވެސް، ރައްޔިތުންނަށް ވެސް އަދި ޕާޓީ އަށް ވެސް ރަނގަޅު ތިކަހަލަ މީހަކު އެކުގައި ނުހުރުމެވެ. ތިކަހަލަ ސާރކާސްޓިކް މީހުން މިޤައުމަކަށް ބޭނުމެއް ނުވެއެވެ. ތިޔައީ ރައްޔިތުން ބަލައި ގަންނާނެ މީހެއް ނޫނެވެ.

    14
    1
  38. ރަދީފް ހުސެން

    މޭޒެއްގެ ބިއްލޫރި ގަނޑު ތަޅާލުމައްވުރެ ޒިނޭގެ ތުހުމަތު މާ ހުތުރު. އެހެނެއްނޫން ޒިނޭއަކީ މާބޮޑުކަމެއް ނޫންކަމައް ދެކޭމީހަކައް މޭޒެއްގެ ބިއްލޫރި ގަނޑު ފަހަރެއްގަ މާހުތުރުވެދާނެ

    16
    1
  39. އިޚްލާޞް

    ތިޔައީ އަހަރުމެން އެންމެ އެދޭގޮތް

    13
    2
  40. ށުވޭސް

    ތިގޮލާ ވަކިކުރޭ މިހާރު މަށާ ވާދަކުރިޔަސް ބަލިކުރާނަން

    10
    1
  41. ހެހެހެ

    މިސްބާހު ތިބުނީ ރަނގަޅަށް. ނަޝިދު ގެ ސައިކޮލޮޖިކަލް ޓެސްޓެއް ހަދަންފެނޭ. މީހުން ކިޔާ އުޅެނީ ނަޝީދު ގެ ހުރީ މަލްޓި ޕާރސަނަލިޓީ ޑިސްއޯޑާރ ކަމަށް.

    9
    2
  42. Anonymous

    ތީ ހަމަ ރޭވުމެއް. އަސް ލު ތިކަމުގެ ބޭނުމަކީ އައްނި ސޯލިހް އާއި އެކު ވެގެން އުޅެންނާ 2023 ގެ ވޯޓް ގިނަމީހުން ނުދޭނެތީ ތިމާ އާ ސޯލިހް ހަމަ ނުޖެހުމެއް އޮންނަކަން ރައްޔިތުންނަށް ދެއްކުން. އޭރުން ލާރި ލާރި އަދާލަތު ޕާރޓީ ، ގްރުމާ ، ފަލަކީ އިލްމް ވެރިން ސޯލިހް އަށް ވޯޓް ދޭނެކަމަށް . ނުދޭނަން.

    7
    1
  43. މަގޭޚިޔާލުމީ

    ނަޝީދަކަށް ނޭނގޭތަ ބަރުލަމާނީ ނިޒާމަކީ އެމްޑީޕީއަށް އެކަނި ގެނެވިދާނެ ނިޒާމެއް ނޫންކަމެއް. އެމްޑީޕީއަށް ކޮށްދެވޭނެހާވެސް ކަމަކީ ކޮންގްރެސްގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން. އެވޯޓުންވެސް ނަޝީދުގެ ކޮޅު ބަލިވާނެކަން އެއީ ކަށަވަރުކަމެއް. ދެން ކިހިނެއް ރައްޔިތުންގެ ވޯޓަކަށް ދާނީ.؟

    10
    1
  44. ahmed

    Nasheed akee gaumah jehifa oiy balaa eh

    5
    1
  45. އަބްދޫ

    މިގައުމަށް ތިޔަ ނަސީދު ވެސް ތިޔަ ބަރުލަމާނީ އެއްވެސް ބޭނުމެއްނޫން.

  46. ސުވޭބު

    😂 😂 😂 މިހާރު އަންނި އަކީ އައުޓް ޑޭޓަޑް އިންކޮމްޕިޓަންޓް މީހެއް. ދެން ސޮރީ ނުވާނެ ތިކަމެއް!

  47. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ވަރަށް ބޮޑަށް ޝުކުރިއްޔާ ނަޝީދު. ކަލޭ ޕާޓީއާއެކު ނެތަސް އެމްޑީޕީ އަކަށް ލިބޭނެ އެއްވެސް ގެއްލުމެއްނެތް. މިހާރުވެސް ތީ ޕާޓީއަށް ބޭކާރު ބޮލެއް. ކަލޭ ހުރެގެން ވާ އެއްވެސް ފައިދާއެއްނެތް. ކަލޭގެ ބޭކާރުއަނގައިން އިތުރަށް އެމްޑީޕީ މެންބަރުން އަދި ރައްޔިތުން މި ޕާޓީދެކެ ރުޅިއައުން ނޫން ކަމެއް ނުވޭ.

    5
    1
  48. މުންކޯ

    ވެރިކަމާހެދި މަމި ހުރީ މޮޔަ ވެފަ

  49. ބުޅޭ

    ގޭމް ޖައްސާނިކަމެއްނެއް. ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ލާދީނީ ފިކުރު ކުރިއައް ގެންދެވޭތޯ އަންނަ އިންތިހާބައް ޖައްސާ ގޭމް.

  50. ފަރު

    ޕާރޓީ ތައް ހެދުމަކީވެސް ކޮންމެހެން ރައްޔިތުން ބޭނުން ވެގެން ކުރި ކަމެއްނޫން. މިހާރު ވޯޓެއް ނެގިއަސް ޕާރޓީ ސިސްޓަމް އަށް ނޫނެކޭ ބުނާނެ ގިނަ ބަޔަކު ތިބޭނެ. ޢާބާދީ މިހާ މަދުތަނަކަށްވެފަ އަދި ގިނަ މީހުންނަކީ އާއިލީ ގުޅުން ނޫނީ ގާތް ރަހްމަތް ތެރިންގެ ގޮތުގައި ޒަމާނުއްސުރެއުޅެމުން އައިއެކުވެރި ބައެއްގެެ ތެރެއަށް މިޕާރޓީ ސިސްޓަމް އައުމުން ރައްޓެހިން މޫނު ކެނޑި އަދިޚާއްސަކޮށް އާޢިލާ ތަކުގައި ތަފާތުޕާރޓީ ތަކަށް ތާއީދުކުރާ ފަރާތްތައް ތިބުމުން ގިނަމަސްއަލަ ތަކެއް ޖެހި އެތަކެއް ވޭނާއި ތަކުލީފް އުފުލަމުންދާ އާއިލާތަކާއި މީހުން ވަރަށް ގިނަވެއްޖެ.

  51. އެއްމެން

    ތިޔަވިދާޅުވާ ބޭފުލާ އައްނި އަކީ ވަރަށް ގިނައިން ވިތުރުފުޅު ހައްދަވާ ބޭފުޅެއް. އެބޭފުޅާ އަކަށް ބަރުލަމާނީ އެއްވެސް ނުގެންނެވޭނެ، އެބޭފުޅާ އުޅުއްވާނީ ހަމަ އެމްޑީޕީގަ. އެބޭފުޅާ ގިނިކަންޏާ އުޅުއްވަން ޖެހިވަޑައިގެންފާނެތީ ބިރުފުޅު ގަންނާނެ. އެމްޑީޕީ ފިޔަވާ އެބޭފުޅާ އަށް މާ ބޮޑުފުރުސަތެއް ނެތް ކަން ތިބޭފޫޅުންނަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ!