ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރެއް ކަމަށްވާ ޑރ.މުސްތަފާ ލުތުފީ ސްކޫލަކަށް އެއްހާސް ރުފިޔާގެ ފައިސާގެ އެހީއެއް ވެދީފިއެވެ.

ޑރ.މުސްތަފާ ލުތުފީ -/1000 ރުފިޔާ ހަދިޔާ ކުރެއްވީ އަފީފުއްދީން ސްކޫލަށެވެ. އެހީގެ ގޮތުގައި ޑރ.މުސްތަފާ ލުތުފީ ފައިސާ ހަދިޔާ ކުރުމަށްފަހު ސްލިޕް ޓްވީޓް ވެސް ކުރެއްވިއެވެ. ނަމަވެސް މިހާރު ވަނީ ޓްވީޓް ޑިލީޓް ކޮށްލާފައެވެ.

ޑރ.މުސްތަފާ ލުތުފީއަކީ ރައީސް އޮފީހުގައި ތިއްބަވާ ހަތް ވަޒީރުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ އަކީ ތައުލީމީ ދާއިރާގެ ކަންކަން ބެލެހެއްޓުމަށް ރައީސް އޮފީހުގައި ހުންނަވާ މިނިސްޓަރެއް ކަމަށް ވެއެވެ.

ވަޒީރުންނަށް އަސާސީ މުސާރައިގެ ގޮތުގައި -/42000 ރުފިޔާ އާއި ލިވިން އެލަވަންސަށް -/15000 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި -/1000 ރުފިޔާއާއިއެކު ޖުމްލަ -/58500 (ފަންސާސް އަށްހާސް ފައްސަތޭކަ ރުފިޔާ) ލިބެއެވެ.

މިދިޔަ ނޮވެމްބަރ މަހު އާއްމުކުރި ޑރ.މުސްތަފާ ލުތުފީގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުގައި މުސާރައިގެ އިތުރުން ހަމަސް ދުވަހުގެ ތެރޭގައި ޕެންޝަނާއި އެހެނިހެން ގޮތް ގޮތުން -/42000 ރުފިޔާ ލިބިފައި ވެއެވެ. އަދި ބޭންކް އެކައުންޓްގައި އޭރު ހުރި ފައިސާގެ އަދަދު -/326000 (ތިންލައްކަ ސައްބީސް ހާސް) ރުފިޔާއަށް އަރައެވެ.

ޑރ.މުސްތަފާ ލުތުފީ ސްކޫލަކަށް އެންމެ -/1000 ރުފިޔާ ހަދިޔާ ކުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމަށް ޖޯކް ޖަހަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޙަލީފު

    ލަދެއްނުގަނޭ ތިވާހަކަ އިސްތިހާރު ކުރަން😆

    62
    1
  2. Anonymous

    އެއީ އެއްވެސްމީހަކު ޖޯކު ޖަހަންވީ ކަމެއްނޫން، އެއީއެމީހެއްގެ އަމިއްލަކަމެއް، ފައިސާއެއް އަދި އެހެން އެއްޗެއްވިޔަސް ހޭދަކުރާއިރު އެމީހަކަށް ފެނުނު އަދަދަކަށް ހޭދަކުރާނީ، ﷲ އެމީހެއްގެ ހިތުގައި ޖެއްސެވި މިންވަރުކަމަށް ބަލަންޖެހޭނީ

    13
    7
  3. އަލިބެ

    ލަދުން ބޯ ހަލާކު ނަސީބު 5 ރުފިޔާ ނުދިންކަން

    13
    1
  4. ހަންކެޑަ

    ނަޝީދުގެ ކެބިނެޓްގެ ތައުލީމީ ވަޒީރު ނަޝީދުގެ އެންމެ ފަހުގެ ރިޔާސީ ރަނިންމޭޓް މާލޭގެ ވަޒަންވެރިވެ މުއްސަދި ދިރިއުޅުއްވުމެއް ލިބިފައިވާ ރަނގަޅު އާއްމުދަނީތައް ލިބޭ ދަރިންތަކެއް ތިބި އަދި މިހާރުވެސް ރައީސް އޮފީހުގެ ވަޒީރެއް. ހަމަ ހޮޑުލަވާގަތީ ހަބަރު ކިޔާލާފަވެސްް

    13
  5. 2023

    ބަލަ އަހަރެން ހީކުރީ ތިޔަކަހަލަ ކަންކަން ކޮއް ނޫސްތަކުގައި ޖަހާ އުޅުނީ މައުމޫން އިރުގައި ކަމަށް. ޑިމޮކްރަސީ ގަދައަށް ހިގާ ދޯ އެބަ ހެހެހެ. މަށަށް ހަމަ ފެންނަނީ ސޯލިހު ރަށަކަށް ދަންޔާވެސް ހަމަ އެއްކަލަ ހޫނު އަވިގަނޑުގައި މީހުން އަތުރާފައި އޭނާއަށް ކުރުނީސްކޮއް ސަނާކިޔަން ބުނާތަން. ކިހާ ތަރައްގީ ތަހުޒީބު ވެރިކަމެއް މީ އަޅެ ކަލޭނެ. ގޯސްވީ މައުމޫން ހަމަ އެއް ޒާތަކަށް އުޅޭ ވެރިން ސޯލިހު މެންނަކީވެސް ބޭނުންވަނީ އިއްޒަތާ ލައްޒަތް. އެހެންވެ 2 ވަނަ ދައުރެއްވެސް އެހޯދަނީ އެބެއްޔާ .

    10
  6. ޓ

    ޥަރަށް ގިނައިން ހަނދާން ނެތޭ ބޭފުޅެއް އެއީ

  7. ޒާ

    ހަޔާތްވެސް ކުޑަމީހެއް.

  8. މ ޒމރ

    މުސްތޮފާ ދެން މިމަހުކާނީކިހެނެއް!!!

  9. ސަމާ މާލެ

    ބޭހެއް ހަދާން ދިން އެއްޗެއްތަ، މީއޭ މިމީހުންގެ ފެންވަރަކީ.

  10. ބުރަކިރަދުން

    ޅެންވެރިޔާގެ ބަނޑަކު ނޫން މިހާރު މާނައޮންނަނީ ފައިސާ ހަދިޔާކުރާ މީހުންގެ ބަނޑުގަ މިހާރު މާނައޮތީ އެއީ ހަދިޔާކުރީ 1000 އެކަމަކު އެއީ ބަނޑުގެ މާނައިގާ 1 ބިލިއަން ހެހެހެ.

  11. ކަލޯ

    ހެހެ. ދެން ލަލަލާ. މީނާއަކީ ހަމަ މީހެެއްނޫން. އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވިއިރު އޮޅިގެން ޓުއަރިޒަމް މިނިސްޓަރީއަށްގޮސް މިނިސްޓަރުގެ ކޮޓަރިއަށް ދިޔަމީހެއް. ހަމައެއް ނުވާނެ. 1000 ރ ދެއްވައިފި. މިއީ ހަބަރެއް ދޯ

  12. ވާނުވާބެ

    ތިޔަ ބޭރު މީޑިއާތަކުން ކަވަރ ނުކުރީމަ މައްސަލައަކީ، ތިހާ ބޮޑު އަދަދެއް ތިހާ ސިއްރިޔާތުގަ ދީފަ އޮތީމަ

  13. މުހަންމަދު

    ހާދަ ބޮޑު އަދަދެކޭ، އަހުރެންގެ އާއިލާގައި ހުރި ބިލެޔަނަރަކު އަހަރެންގެ ދަރިޔަކަށް ރާއްޖޭން ބޭރުން ބޭސްކުރަން ޑޮކްޓަރު ދިންސެޓފިކަޓަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެހީ ނުލިބުނު ވާހަކަބުނުމުމް ހަމަ މިކަހަލަ ބޮޑު އަދަދެއްގެ ފައިސާދިން....

  14. މެކުނު

    އެހީގެގޮތޮގަ 2ރުފިޔާލިބުނަސް ޝުކުރުވެރި ވާންޖެހޭނެ.

    5
    4
  15. ކެޓް

    ފޯނު އެލެވެންސް ދޫކޮށްލީ މިފަހަރު!

  16. މުހައްމަދު އަންޖުމް

    ކީއްވެބާ އިސްރާއީލަށް 50 ރުފިޔާ ހަދިޔާނުކުރެއްވީ އެނީހުން އެއުޅެނީ އެންމެ 50 ރުފިޔާ ނުލިބިގެން އަދި ޚާއްޞަކޮށް އިބޫޞާލިގެ ސަރުކާެުނަ މިފަދަ ގަދަފަދަ މީހެއްގެ އެހީތެރިކަން ބޭނުންވެގެން އެތިބެބީ ހުމާ ހެހެހެހޭ މިވާހަކަ ޖެހޭނެ ރާކަނި ޓީވީގައި ބަހުސަކަށް ހަދައިގެން ގެނެސްދޭން އޭރުންތާ ހޫނުކޮށް ތާޒާކޮށް ޚަބަރު ފެތުރޭނީ

  17. ހުސޭނުބޭ

    ނެގެޓިވް ބެއްޔާއަށް ޕޮޒިޓިވް ކަންކަންވެސް ކުރެވެނީ ނެގެޓިވްކޮށް

  18. ނަޒީ

    ހާދަ ބައިވަރެކޭ ދޯ؟ 1000 ރުފިޔާ ؟ ސުކޫލަކަށް؟ ވަތަބަރަނިބޭވެސް ކޮށްލާދީފާނެ ތިފަދަކަމެއް!!!!!

  19. ކޮރު އިބިލީސް

    އަހަރެން ދެކޭ ގޮތުގައި މުސްތަފާ ކުރެއްވީ ރަނގަަޅުކަމެއް.
    ޢެކައުންޓްގައި މިލިޔަނުން ހުއްޓަސް ނުދެވިދާނެ.
    ފިއުޗަރ ޕްލޭންތަކާއި އަދި އެހެނިހެން ކަންކަމަށް ޚަރަދުކުރަން ޕްލޭންތައް ހަދާފައި ހުރެއްޖެއްޔާ ހަމަ އެއްމެ ރުފިޔާއެއްވެސް ނުދެވިދާނެ

    2
    4
  20. ޞުގޔ

    ދޭންޖެހެނީ ކިހާވަރެއް ؟
    ތިވީގޮތުން ދެން މަތީވަޒީފާގައި އުޅޭ އެއްވެސް މީހަކު އެއްވެސްތަނަކަށް އެކައްޗެއްވެސް ނުދޭނެ.

    3
    2
  21. ލލ

    އެމީހަކަށް ދެވުނު ވަރެއް ހަދިޔާ ކުރުމަކީ މައްސަލައެއްތޯ ؟

    4
    3
  22. ބެލެނިވެރިއެއް

    މާނަ: 1 މުސްތަފާ ލުތުފީ އެދެއްކެވީ އިސާރާތުން މިސަރުކާރުގެ ކެރުންތެރިކަމުގެ މިންވަރު! ވަފާތެރިވާންވާނީ ތިވަރަށް!
    މާނަ: 2 ތަޢުލީމާ ތަރުބިއްޔަތު ކަންތައް ހިގާނުހިގޮތް ބަލަން ރައީސް އޮފީހުގައި ހުރި ވަޒީރު މުސްތަފާ ލުތުފީ މިސްނުމުގެ ކޮށިކަން!
    މާނަ 3 ގާތްމީހުންނަށް ނުވަތަ ޕާޓީ މީހުންނަށްގެ ޖީބު މުއްސަދި ކުރަން ބަހައްތައިފައި ހުރި ވަޒީރެއްކަން! ތެންކިއޫ ސާލިހު

  23. Anonymous

    ކިތައްމެވެސް ރަގަޅު. އެމީހެއްގެ ފެންވަރުން 1 ރުފިޔާދިނަސް .

    2
    5
  24. ތައްޔިބު

    މުސްތަފާއަކީ ކުރިންވެސް ވަޒީރުކަން ލިބުނު މީހެއް ނަމަވެސް ތަޢުލީމާ ބެހޭ ވުޒާރާ ނުހިންގެގެން ވަކިވި މީހެއް! މީނަގެ މާޟީއިން މިކަން ފެންނަންއޮތަ އިރުވެސް ބަލާނުލާ މަގާމުދިން މީހާއަށް ސުކުރިއްޔާ!

  25. އަހަންމަދު

    ހާދަ ދީލަތި ބޭފުޅެއް!

  26. ދަރަނި ދަންތުރަ

    ސާބަސް މުސްތޮފާ ލުތުފީ

  27. ވަހުތާން

    އެއްވެސް މީހަކު ނުކުރާ އާކަމެއް ވީމާ އިސްތިހާރުވެލަންވާނެ އެއްނު.

  28. ޙަބީބާ

    އެމްޑީޕީން ދޭން ވަޢުދުވި ހަދިޔާފޮށި ޕްރޮމޯޓް ކުރަމުން ގޮސް މި ބޭފުޅާ ވިދާޅުވި “ އެމްޑީޕީން ދެއްވާ ހަދިޔާފޮށި މައިމީހާ ހުޅުވާލާއިރު އޭގެ ތެރޭގައި އޮންނަނީ މައިމީހާގެ ކިރޯ”. ދެން މިހާވަރު ބޭފުޅަކު އެއްހާސް ރުފިޔާ ސްކޫލްކަށް ހަދިޔާ ކުރީމަ އަޅުގަނޑު ހައިރާނެއް ނުވޭ

  29. އެދުރުބެ

    މިއީ ވެެސް ދެން ހަބަރެއްތަ؟ މީހަކު އަދި ހަދިޔާކުރިޔަސް ނޫސްވެރިންނަށް ވެސް އެނގެން ވާނެ ދޯ ހަބަރާއި ދަބަރު ވަކިކުރަން

  30. މުއްލާ

    މީނަ މީ ޚަރަދުކުޑަކުރަން މެންދުރު ނުކާމީހެކޭ މީހުން ކިޔާ. އެހެންވީމަ 1000 ރުފިޔާ އޯކޭ/

  31. މުޙައްމަދު

    މަޝްހޫރުވާން ނުވަތަ ޝޯވ ކުރަން ތިބާވަތުގެ ކަންކަން ކުރީމާ ތިމާގެ އަގުވެއްޓުން ނޫންކަމެއް ނުވާނެ. ލަދުން ބޯ ހަލާކު

  32. އަހުމަދު

    މި ގައުމުގަ އެންމެ އާދައިގެ މީހާ ވެސް 1000 ރ ދީފާނެ.

  33. ޢަހްމަދު

    ޓިވާނީ އެއްމިލިއަނަށް! ޢެެއްހާސް އެއީ އެބޭފުޅާގެ އަގުވައްޓަން ދައްކާވާހަކައެއް ކަމަށްވާނީ!