މާލޭ ހައިކޯޓު ކައިރީގައި 65 ޖާގައިގެ ޕާކިން ޒޯނެއް މިއަދު ހަދައިފިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނީ ބަހުގެ އޮޕަރޭޝަނަށް އޯކިޑް މަގުގައި ހަދާފައިވާ ޕާކިން ޒޯނު ނަގާ އޭގެ ބަދަލުގައި ޕާކިންގެ ޖާގަ ހަމަޖެއްސުމަށްޓަކައި ހައިކޯޓު ކުރިމަތީގައި އޮންނަ މ. ސްޓާލިން އަދި ލާމި ގޭގައި އިތުރު ޕާކިން ޒޯނެއް ހަދާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އަލަށް ހެދި ޕާކިން ޒޯނަކީ ޖުމްލަ 65 ޖާގައިގެ ޒޯނެކެވެ. އެއީ 50 ސައިކަލާއި 15 ކާރު ޕާކު ކުރެވޭނެ ޒޯނެކެވެ.

ރާއްޖެ ޓްރާންސްޕޯޓޫ ލިންކު ނިޒާމުގެ ތެރެއިން މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު، މިވަގުތު ބަސް ދަތުރު ކުރަނީ މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު، އަދި އޯކިޑް މަގުންނެވެ.

ބަހުގެ ދަތުރުތައް ކުރުމަށް ޖާގަ ދަތިވެފައިވާތީ، މަގުތަކުގައި ޕާކު ކޮށްފައި ހުރި ވެހިކަލްތައް ނަގާފައިވާއިރު، ބައެއް ޕާކިން ޒޯންތައް ނަގައި އޭގެ ބަދަލުގައި ޕާކިން ޒޯން ހަދަން ސަރުކާރުން ވަނީ ހަތަރު ސަރަހައްދަކުން ބިން ވެސް ހަމަޖައްސައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންދިސް

    އޯކިޑް މަގުގެ ޕާކިން ނަގައި ޕާކިން ޒޯނެއް ހަދައިފި ނަމަވެސް އެއީ ހައްލެއް ނޫނޭ އެއީ ހައްލެއް ކަމަށް ދައްކަން މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރި ނަމަވެސް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ ޖެނުއިން ކޮށް ކަމާއި މެދު ޝައްކު އުފެދެއޭ މާލޭގައި ކާރު ޕާރކް ކުރާ ޖާގަ ވިއްކަނީ މާލެ ސިޓީ ކައުންސިލްގެ ބޮޑުންނަށް 33 ހާސް ރުފިޔާ ގެ ކަޓެއް ދިނުމުންނޭ އިން ދިސް ކޮރަޕްޓް ލާމަރުކަޒީ ސިސްޓަމް ކީޕްސް ކިލިންގް އޮނެސްޓީ އޯއް އިން ދިސް ކޮރަޕްޓް ލާމަރުކަޒީ ނިޒާމް އިޒް ކިލިންގް އޮނެސްޓީ އިޓް ފީލްސް ލައިކް ފަސް މާމުލު ފަސްވަގުން ވެގެން ދައުލަތް ދަވާލަނީއޭ ރާއްޖެތެރޭ ވަގުން ތައް ކައުންސިލަރުން ނަށް ތިބެގެން ދަވާލަނީއޭ ސަރުކާރުގެ ފައިސާ ގަނޑު ބަނޑުއަޅާލަނީއޭ އޫމް އިން ދިސް ކޮރަޕްޓް ލާމަރުކަޒީ ނިޒާމް ކިލިންގް އޮނެސްޓީ އިން ދިސް ކޮރަޕްޓް ލާމަރުކަޒީ ސިސްޓަމް...

    1
    3
  2. މަރީ

    50 ސައިކަލެއް އެތަނަށް ޖަހާނެ ގޮތެއް އަޅުގަނޑަކަށް ސުވިސްނުނު، އެތާ ޕާކުކުރެވެނީ 25 ސައިކަލު، ދެން އެ އޮތް ކާރު ޒޯނުތަޢް ސްލޮޓަލަށް 40000 ރުފިޔާ ކައުންސިލަރުންގެ ޖީބަށް ލައިފަ ވިއްކާލާ، ސިޓީކައުންސިލްގެ ކޮރަޕްޝަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލަން.