ރައީސުލް ޖުމްހޫރިއްޔާގެ މައްސޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލުކުރުމުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން އުފެދިފައިވާ ގާނޫނީ ސުވާލަށް ސުޕްރީމް ކޯޓުން އިސްވެ ބަހެއް ބުނަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައިރޮޑްގެ އޮޕަރޭޝަނެއް ކުރެއްވުމަށްޓަކައި މިދިޔަ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާގެ މައްސޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމަށް ނައިބު ރައީސް ވަކިން ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާކަށް ނުޖެހެއެވެ. އަދި އަނެއްބަޔަކު ދެކޭ ގޮތުގައި ނައިބު ރައީސް ރައީސުލް ޖުމްހޫރިއްޔާކަމުގެ މައްސޫލިއްޔަތާއި ހަވާލުވެވަޑައިގަތުމަށް ހުވާކުރައްވާފައިވާތީ އަލުން އެ މަގާމާ ރައީސް ސޯލިހް ހަވާލުވެވަޑައިގަތުމަށް އަލުން ހުވާކުރައްވަން ޖެހިވަޑައިގަންވާނެއެވެ.

މިއީ ރާއްޖޭގެ ތާރީހްގައިވެސް ވެރިކަމުގެ ބާރުތައް މިގޮތައް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވި ފުރަތަމަ ފަހަރެވެ.

ދ. ކުޑަހުވަދޫގައި ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި ޔާމިން ވިދާޅުވީ ރާއްޖޭގައި މި ވަގުތު "ދެ ރައީސުން އެބަ ތިއްބެވި" ކަމަށެވެ. އެހެންކަމުން އެކަމާމެދު ސުޕްރީމް ކޯޓުން އެއްޗެއް ބުނަން ޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގެންނެވިފަހުން މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ޖަލްސާގައި ޔާމީން ވިދާޅުވީ ދެ ބޭފުޅުން ރައީސްކަމުގެ ހުވާކުރައްވައިގެން ތިއްބަވާ މައްސަލައަށް ރައްޔިތުންގެ މަޖިލީހުން އިސްތިޝާރީ ލަފައެއް ހޯދަން ނުޖެހޭނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެ ވަނަ ރައީސަށް ހުވާލައިދިނީ. އެހެންވީމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިކުމެ އެމީހުން އިސްނަގައިގެން ކުރައްވަންވީނޫންތޯ. ކުރިން ހުރި މީހާ މަންސޫހުވިއްޔޭ، ބާތިލްވީއޭ. އެއީ އަޅުގަނޑުމެނަށް ދީނުގައި ދަސްކޮށްދީފައި އޮންނަ ގޮތް. ކުރީގެ ދީންތައް މިހުރީ ބާތިލްވެފަ އޭ ފަހުގެ ދީނެއް އައީމަ. އެހެންވީމަ މިހާރު ރަނގަޅު ގޮތަކީ ފައިސަލް ނަސީމޭ. އެއީ ތިމަންނަމެން އެންމެ ފަހުން ހުވާލައިދިނީ އޭނާއަށޭ. ނޫނިއްޔާ ބުނަންވީ ފައިސަލް ނަސީމަކީ އެހެންހުރި މީހެއް ނޫނޭ، ފައިސަލް ނަސީމަކީ އިބްރާހިމް މުހައްމަދު ސޯލިހް ނުކުޅެދޭ ހާލަތަކަށް އައީމަ ދެން ވެރިކަން ކުރަންހުރި މީހާއޭ. އެކަމު އެކަން ކުރަން ޖެހޭނީ ސުޕްރީމް ކޯޓުން،"ޔާމީން ވިދާޅުވިއެވެ.

ފައިސަލް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ފައިސަލް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ޔާމީން ވިދާޅުވީ މިހާރު ރައީސަކީ ކޮބައިކަން ނޭނގޭތީ ރައްޔިތުންނަށް ބޮޑު މައްސަލައަކަށް ވެއްޖެ ކަމަށާއި އެހެންކަމުން އެކަމަށް ސުޕްރީމް ކޯޓުން ހައްލެއް ހޯދާ ދެއްވުމަށް ރައްޔިތުން އާދޭސް ދަންނަވާ ކަމަށެވެ. ޔާމީން ވަނީ މި މައްސަލައިގައި ގާނޫނީ ވަކީލުން ހަނުތިއްބަވާތީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ.

"ގާނޫނީ ހަމަތަކުގެމަތިން އަޅުގަނޑުމެންގެ ސަރުކާރުން ކަންކަން ކުރަމުންދިޔައިރު އަބަދުވަސް އޭރު ތިބި ފުންނާބު އުސް ލޯޔަރުން، އެ ބޭފުޅުންނަށްވުރެ އެ ބޭފުޅުން ފުންނާބު އުސް ބޭފުޅުން އަބަދުވަސް ހުންނާނީ ކޮންމެވެސް ހުސްކަމެއް އައިސް.. މިއަދު ގާނޫނީ ހުސްކަމެއްވެސް ނާދެ. މިއީ އަޅުގަނޑުމެން ފަންނީ މީހުންގެވެސް ކަންތައް ހުންނަގޮތް. ރައީސުންނަށް އެބަތިބި ދެމީހުން ހުވާކޮށްގެން ތިބި. ދެން ސިފައިންވެސް އެމީހުނަށް ގަބޫލުކުރާ އުސޫލަކުން މުސާރަ ދެނީ ކާކުކަން އެނގޭތީ އެތަނުން ވަކި ރައީސަކަށް ކުރުނީސްކޮށްފައި ސަލާންކުރަނީ. އަނެއް ރައީސް ހުވާކޮށްގެން ހުއްޓަސް ރައީސެއް ކަމަށް އެމީހުންވެސް ނުދެކޭ،" ޔާމީންވިދާޅުވިއެވެ.

ގައުމުގެ ސިޔާސީ މަޝްރަހް ކޮންމެ ގޮތަކަށް ދިނަމަ ނަމަވެސް އަދުލު އިންސާފުގެ ދާއިރާއިން އިންސާފުވެރިކަމާއެކު އެކަމަށް ހައްލު ގެނެސްދެއްވަން ވާނެ ކަމަށްވެސް ޔާމިން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ވަރަށް އުފާވާނެ ސުޕްރީމް ކޯޓުގެ ފަރާތުން މި މައްސަލަ ކޮންމެވެސް ގޮތަކަށް ހައްލުކޮށްދެއްވައިފިއްޔާ. އިސްނެގުމުގެ ތެރެއިން ކުރެއްވޭނެ ކަންތައް ހުންނާނެ. އެހެންވީމަ އެކަން އެ ބޭފުޅުންކޮށްދެއްވައިފިނަމަ އަޅުގަނޑު އަބަދުވަސް ޝުކުރުވެރިވާނަން". ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސެން

    ތިއަށް ހައްލު ހޯދާދޭނެ ކޯޓެއް މިރާއްޖެ އަކު ނެތް. ވާންޗޯ ބުނާގޮތަށް ކުރީގަ ބުނި އެތިކެންސެލް.

    27
    4
  2. ޖަނާބު

    ޔާމީނުގެ އަސްލު އަންބަކީ ފާތުމަތޯ ކުޑަހުސެންތޯ ކޯޓުން ސާފުކޮއްދެންވެސްޖެހޭ

    14
    41
    • ނާޒިމް ސައްތާރު

      އަަލަންގިރު އެއް ނޫންތަ؟

  3. އަބްދޫ

    ސްޕްރީމްކޯޓަކީ ގާނޫނުއަސަސީ ބުނާގޮތުން ސަރިއަތްކުރާ އިސްފަރާތް. ގާނޫނުއަސާސީ ބުނާގޮތުން ގާނޫނުތަކުގަ ގާނޫނުއަސަސީ އާއި ހިލާފު ފާސްކުރުމެއް އައިކަމުގާވިޔަސް ސްޕްރީމްކޯޓަށް ހުސަނެޅިޔަސް އެކޮޓޫން ބަސް ބުނެވޭނެ. ނަމަވެސް މިސަރުކާރު އައސްފަ ސްޕްރީމްކޯޓުން އަމިއްލަޔަށް އިސްނަގައިގެން އެއްވެސް އެއްޗެއް ނުބުނެވޭގޮތަށް ގާނޫނު ފާސް ކޮށްފައިވޭ. އެކަން ޔާމީނަށް ނޭގުނުކަމީ އަޖައިބެއް. ގާނޫނުއަސަސީގަ ވާގޮތން ނާއިބްރައީސް ރައީސްގެ މަގަމާއި ހަވާލުވެ ހުވާކުރާ ހާލަތެއް އަތުވެއްޖެނަމަ ކުރިން ހުންނެވިރައީސް ހުންނަވާނީ އެމަގާމުންވަކިވެފަ. އެފަދަ ހާލަތުނގެ 3 ސަބަބު އެބައޮތް ފުރަތަމަ ސަބަބަކީ ދާނޫނުއަސަސީގަ ބުނާފަދަ އިސްތިއުފައެއް ދެވަނަ ހާލަތަކީ މަޖިލީހުން ވޮޓްނަގާ ވަކިކުރުން ތިންވަނަ ހާލަތަކީ ދުސްތޫރީ ހުސްކަމެއް އައުން ނުވަތަ އަމިއްލަޔަށް މަގާމް ދުކޮށްލުން. މި 3 ހާލަތުގަ ވެސް ނާއިބްރައީސް ހުވާކުރައްވައިފިނަމަ ކުރިން ހުންނެވި ރައީސް މަގާމުންވަކި ވާނެ. ވަގުތީގޮތުން ރައިސްގެ މަގާމުގެ މަސްއޫލިއްޔަތާ ނާިބްރައީސް ހަވާލުވާނަމަ ރާއީސް ޖެހިވަޑައިގަންނަވާނީ މަޖިލީހުގެރައިސަށް އެކަން އެންގެވުން އަބުރާ މަސް އޫލިއްޔަތާ ހަވާލުވެފަ ވެސް އެކަންއެންގެވުމުން އެކަންނިމުނީ ގާނޫނުއަސަސީގަ އޮތްގޮތަކީ މިއީ ނާއިބްރައީސް ރައީސުލްޖުމްހޫރިއްޔަގެ މަގާމާއި ހަވާލުވެ ހުވާކުރައްވައިފިނަމަ ކުރިންހުންނެވި ރައީސް މަގާމުންވަކިވާނެ. ހުވާކުރަންޖެހޭނި މަގާމާއި ހަވާލުވާނަމަ . މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާނަމަ ހުވާކުރަންނުޖެހޭނެ. މަގާމާއި ހަވާލުވެ ހުވާކޮށްފިނަމަ ކުރިމްއެމަގަމާއި ހަވާލުވެ ހުރިފަރާތް ވަކިވާނެ.

    12
    1
    • މެސީ

      ކަލޭ ލިޔަންކިޔަން ފުރަތަމަ ދަސްކޮއްބަލަ. ދެން ޔާމިންއޭ ކިޔާ އަނގަ ހާރުވާ

      2
      1
  4. އަބްދޫ

    ދެރައިސުންގެ މައްސަލަ ހުށަހެޅުމުން މެނުވީ އެކޯޓަށް ބަހެއްނުބުނެވޭގޮތަށް ތަޅުލާފަ އޮތްކަން ޔާމީނަށް އެގިވަޑައި ނުގަންނަވަނީތަ؟

    6
    2
  5. އަލްޖިބްރާ

    މިހާރު ދެން ދައްކާނެ ހުރިހާ ވާހަކައެއް ހުސްވީތަ ؟

  6. ރަބަރޭ

    ޔާމީނެތް ކަމަކު ތިޔަކަހަލަ ބޭކާރު ވާހަކަ ނުދައްކާ ނައިބު ރައީސް ރައީސް ކަމުގެ ހުވާކުރީ ހޭނަށްތާގެން ކުރަންޖެހޭ އޮޕަރޭޝަނަކަށް ވާތީ ހޭއަރަންދެން އެވަގުތު ރައީސްގެ މަގާމު ހުސްވެފައި އޮންނާނެ ތީވެ ރަސިޔާގަވެސް އެމެރިކާ ގައިވެސް މިގޮތަށް ކަންތަށް ކޮށްފައި އެބަހުރި

    • މުބީނު މާރނީ

      ބަލަ ވާހަކަ އޮޅުވާނުލާ. ޔާމީން އެބުނީ ފައިސަލް ނަސީމް އާއި ޙަވާލުކުރި ކުރުން ބާތިލް ނުކޮށޭ އަލުން އިބޫ ޙަވާލުވީ.

  7. މުއިޒް

    މިހާރު ކޮސްފުޅު ގޮވަންވެސް ފެއްޓެވީތޯ؟

    2
    2
  8. ލަވް

    ދުވަސް ކައިރިވާވަރަކަށް މީނާ މިކަހަލަ އަނގަ ތަޅާނެ!! ޖާބިރު މި ނަން ވަނީ!!

  9. ޔާންޔާ

    ހޯ ހޯ ހޯ .... މީނާ މިހާރު މިކިޔަނީ ކީކޭތަ . ފައިސަލް ނަސީމާކީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭނެ މީހެއްނޫން . ތިކަހަލަވާހަކަ ދެއްކިޔަސް އަދި ނުގުޑާނެ . ލޮލްސް .