އަމީނީމަގުގައި ތާރު އެޅުމަށް އެމަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.

ޝުނާނާގެ ލޯ ފާމުން ކުރި ޓްވީޓެއްގައި ވަނީ އެމައްސަލަ ކޯޓަށް ހުށަހެޅިކަން ކަށަވަރު ކޮށްދީފައެވެ. އެ މައްސަލާގައި ވަނީ އަމީނީމަގުގައި ހުރި ގަސްތައް އުފުރަމުންދިއުން ވަގުތުން ހުއްޓުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފަ އެވެ.

ނަޝީދުގެ ފަރާތުން ވަނީ އަމީނީމަގުގައި ހުރި ގަސްތައް އުފުރައިގެން ނޫންގޮތަކަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެތޯ ބަލައި ކަށަވަރުކުރުމަށް ވެސް އެދިފަ އެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރުމުގައި ގަސްތައް ނެގުން ނޫން ގޮތެއް ނެތިގެން މެނުވީ އެ މަގުގައި ހުރި އެއްވެސް ގަހެއް އުފުރައިގެން ނުވާނެ ކަމަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ތާރު އަޅައިގެން އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު، އެ މަގުގައި ހުރި ގަސްތައް ނަގާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ މައްސަލަ މަޖިލީހަށްވެސް އޮތީ ހުށަހަޅާފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ އާރްޑީސީއާ އެވެ. އާރްޑީސީން ވަނީ ގަސްތައް ކެނޑި ނަމަވެސް އަލުން ގަސްތައް އިންދާނެ ކަމަށް ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ގ.ކެނެރީގެ މުހައްމަދު ނަޝީދަށް ތުޔަ ދައުވާ ކުރުމުގެ ކުޑަވެސް ހައިސިއްޔަތެއް އެބައޮއްތޯ ؟

    1
    2
  2. Anonymous

    ނަޝީދު ހިންގާ އޮފީހުގައި އުޅޭނެ ބޮޑު ފަޑިޔާރު އިންތި އޭނަ ނުންތޯ ތިޔަ މައްސަލަ ބަލަންވީ !

  3. ޕަރީ

    މަވެސް މިފަހަރު ބޮއްޅަބޭއާ އެއްބައި. މަވެސް ހިތްހަމަޖެހޭ ކަމެއްނޫން އެތައް ޒަމާނުން ހެދިފައިހުރި ގަސްތައް ކެނޑުމަކީ.ތިމާވެއްޓޭ ދުނިޔެއޭ ކިޔަނީ މިސަރުކާރުތަކުންވެސް ކާކަށް ކޯންޗެއް ސާބިތުކޮއްދޭންތަ؟

  4. ތިމާވެށިއައްޕަ

    ވިލިނގިލީ ފަރުގެ މައްސަލަގައި މީނާ ހަނު ހުންނެވި މައްސަލަ ކޮންމެވެސް މީހަކު ކޯޓަށް ލާންވީނުން. ނޫސްވެރިން އޭނާއާ ސުވާލުކޮށްލަބަލަ އެމައްސަލަ ލޮލަށް ނުފެނުނީ ކީއްވެތޯ

  5. ފިނިޝް

    ކެނެރީގެ ލވތ ކުދިން މަގުހަދަން ހުރަސް ނާޅާ އަލަމްގިރި ވީހިސާބެއް ބަލާބަލަ

  6. ބަނޑު

    ޕްލެޓް ފޯމް ފަރައް އަރައި ފަރައް ބޮޑެތިގެއްލުން ލިބުނު އިރު އަންނި އަކައް އެއްޗެއް ބުނަން ނުކެރުނީ އިންޑިޔާ ބަޔަކު ވިީމަ ދޯ.......... އިންސާފު ހޯދާދޭން އައިސް ކުރާ އިންސާ ރަނގަޅައް އެބަ ފެނޭ......އަންދާ ގާނޫނު މިހިންގަނީ..