ގަލޮޅު ދަނޑު ތަޅާލުމަށް ފަހު ހަދާ އާ ދަނޑުގެ މަސައްކަތް ލަސްވަނީ އެތަނަށް ކުރަން ޖެހޭ ބޮޑު ހަރަދާއި ހެދި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އވެ.

މަހުލޫފް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަލީ ނިޔާޒް އެއްސެވީ ގަލޮޅު ދަނޑުގެ އާ ދަނޑުގެ މަސައްކަތް ނުފެށި ދިގުލައިގެންދާ ސަބަބާ ގުޅޭ ގޮތުން ނެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މަހުލޫފް ވިދާޅުވީ އާ ދަނޑު ހަދަން މަސައްްކަތް ފަށަން ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި އޭގެ ތަފްސީލުވެސް އޭނާ ދެއްވި އެވެ.

އެގޮތުން ހުޅުމާލެ ދުވާ ޓްރެކްގައި ދަނޑު ގާއިމްކުމަށް ލައިޓިން ސިސްޓަމް ގާއިމްކުރުމަށް ބަލާލާއިރު ވެސް 15 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަން އަވަހަށް އެންމެ ފަސޭހައިން ކުރެވޭނެ ގޮތް ބަލަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ވިސްނުމަކީ އެޗްޑީސީއާ އެ މަސައްކަތް ހަވާލުކޮށްގެން ކުރުން. އެކަން ކޮށް ނިންމާފައި އަޅުގަނޑުމެން ޖެހޭ ގަލޮޅު ދަނޑު ތަޅާލަން. އެވެސް އެހާ އަގުބޮޑު މަސައްކަތަކަށް ބަދަލުވޭ. އިންޑިއާގެ ލައިން އޮފް ކްރެޑިޓް [އެލްއޯސީ]ގެއެލްއޯސީގެ ތެރޭގައި ޑިމޮލިޝަންގެ މަސައްކަތް ނުހިމެނޭތީ މި ހުރިހާ ހަރަދެއް ކުރަން މި ޖެހެނީ ދައުލަތުގެ ބަޖެޓުން" މަހުލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަން ރީނދޫ

    އިންޑިއާއިން ބޮޑު އިންޓްރެސްޓް ގަ ލޯނު ނަގާ ރައްޔިތުން ދަރުވާލާފަ ލޯނު ފައިސާ ކޮޅު ކޮޅުގޮހޮރަށް ކަހާލީމަ ވާނެ ގޮތައް ތިޔަ ވީ.

  2. ޖުހާ

    ތަޔަ ބިމުގައި އިންޑޯ ފުޓްސަލް ހޭންބޯލް ކުލެވޭނޭ ދަނޑުތަކެއް އަލާ. ތި ނެޝަނަލް ދަނޑު ހުޅުމާލެއް ބަދަލުކުރަން ފެނޭ..

  3. ލަތީފް

    ލޮލް ދޮގެއް އޮތިއްޔާ ހަދާތި ދޮގުހަދާ ހަދާ ގޮސް ތިތިބީ ރައްޔިތުން ކުރިމަތީ އޮރިޔާންވެފަ ހަޔާތްކުޑަ ގުރޫޕް ގަނޑެއްމީ