ގައުމު ހަލަބޮލިކޮށް އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމަން އަމާކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި އެކަންކަން އެމްއެންޑީއެފް އިން ފުލުހުންނާއި ގުޅިގެން ވަރަށް ގާތުން ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވީމާ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތެއް ލިބިއްޖެނަމަ ވަގުތުން އެމްއެންޑީއެފް އަށާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓު ކުރެއްވުން އެދެމެވެ" މިނިސްޓަރު ޝަރީފް ވިދާޅުވިއެވެ.
ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި މާތްވެގެންދާ އިސްލާމްދީނާއި ގާނޫނު އަސާސީ ރައްކާތެރި ކުރުމާއެކު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމާއި ސިފައިންގެ ގާނޫނުގެ ދެވަނަ މާއްދާގައިވާ މަގުސަދުތަކާއި 8 ވަނަ މާއްދާގައިވާ ގާނޫނީ ވާޖިބުތައް އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް މިނިސްޓަރު ޝަރީފްގެ އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް މިނިސްޓަރު ޝަރީފް ދެއްވާފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ސިފައިންނާއި ފުލުހުން ވެސް މިހާތަނަށް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ސިފައިންނޫނަކަސް އަހަރެމެން ވެސް އެބަތިބިން، ބޭނުންހާ ސަކަރާތެއް ޖެހިޔަކަ ނުދޭނަން
އާދަނާ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މާލެތެރެ ހަލަބޮލިކޮށް ގޭސްގަޑެއް އަބުރަންދޯ އަނެއްކާވެސް ތިޔަރާވަނީ
އެއްކަމެވެސް ނުކުރެވޭނެ. މީ މަގޭވެސް ޤައުމު. ޤައްދާރަކަށް މި ފަސްގަނޑުން ޖާގައެއްނެތް، ވަރަށް ސާފު.
ތިޔަބުނާ ނުރައްކަލަކީ ޔާމީނު
އެއީ ދިވެހިންތަ ނޫނީ ބޭރުން ހިންގާ ކަމެއްތަ؟ އެވަރު ސާފްކޮށްލަދީބަލަ.
ދިވެހިންނާއި ގުޅިގެން އިންޑިޔާއިން ރާވާކަމެއް. ހަތިޔާރުވެސް އިންޑިޔާއިން ފޯރުކޮށްދެއްވިކަމަށްވަނީ!
ވޯޓް ލައިފިނަމަބަލިވާނެކަން އެގޭތީ ވޯޓްނުލާފަރުޖެއްސޭނެ ގޮތެއް ހޯދަނީ !
އެއްކަމެވެސް ނުކުރެވޭނެ. މީ މަގޭވެސް ޤައުމު
ޔާމީނު އިންތިހާބު ނުބައްވަން ޖެއްސާ ގޭމުމީ
ތިވާހަކަ ހުރިގޮތުން ވަރަށް ހީވޭ އާދަންޝަރީފް އުމަރުގެ އަތެއް ތިކަމުގަ ވާހެން
Ok
އިދިކޮޅު މީހުންގެ މަސައްކަތުގާ ކޮަށްފާ ނުކުރާނެ ކަމެއް ނޯންނާނެ.އެހެންމީހުންޖެހޭނީ އެކަންތަކާމެދު ވިސްނައިގެންތިބެން.
ޑިފެންސް މިނިސްޓަރް ގައުމް ނުރަކަލަ ވެޓޭއިރުވެސް އަމިލަ ފޭސްބުކް ޕޭޖް ގަދޯ އެވާހަކަ ށެޔާ ކުރަނީ މިހުސް ފުލޯކް
ވޯޓުންބަލިވާނެކަން ޔަގީންވީމަ ޖައްސާ ގޭމަށް ތައްޔާރުވަނީ ރައްޔަތުން މިނިސްޓަރަށްވުރެ މާ ބޯރަނގަޅުވާނެ
ކަލޯ ވޯޓެއްނެތް! ހިސާބުއަދަދުން ޔާމީން ބަލިވިކަން ޔަޤީންވީދޯ!
އަނެއްކަވެސް ކަލޭގޮސް ބައެއްގެ ދޮޅިދުއްވާލަން ރާވަނީތަ؟
ދިވެހިން ބޭނުމެއް ނުވޭ ސަލާމަތާ ރައްކާތެރިކަމެއް. އިދިކޮޅު މީހުން މިގައުމުގެ ޕޮލިހާ ސިފައިން އުވާލާން ވޯޓް ލާން ތައްޔާރަށްތިބިކަން އެނގޭ.
ދިވެހިން ބޭނުންވަނީ ފުރަތަމަ.އަޅުވެތިވާން އެކަމުގެ ހިތިރަހަ ކަރުބުޑުގަ ލީމަދެން ނުކުމެ މިނިވަން ކަން ހޯދަން ފުރާނަ ދުއްވާލަން. މިވަގުތު ދިވެހިންގެ ލޯ ކަނުވެ ކަންފަތް ބީތުވެފަތިބީ.
އަނެއްކާ ކުއްލި ހާލަތު
ތިހެންކިއާފަ އިންތިޚާބު ފަސްކޮށްފިނަމަ ވަރަށް ބޮޑަށް ފަޟީޙަތްވާނެ ، އެހެން ނުހައްދަވާތި އަޅުގަނޑުމެން މިތިބީ ވޯޓޫދޭން ކެއް މަދުވެފަ،
Abadhuess thiben jeheyni thahyyaree haalathugai. Gaumuge gahdhaarun 3 November gai dhinfadha hamalaަކަހ ބަލަބަލަah
މިއީ ވަކި ބައެއްގެ ތަރިކަމުދާ ގަނޑެއްނޫން ބޭނުންހާ ކަމެއްނުވީމާ ޤައުމު ހަލަބޮލިކޮށް ހަމަޖެހުން ނަގާލާކަށް ސިފައިންނާއި ފުލުހުންނޫނަސް ޖެހިއްޖެ ހާލަތެއްގަ އަހަރުމެންވެސް މިތިބީ މިޤައުމުގެ ދިފާއުގަ ނިކުންނަން ތައްޔާރަށް
ވ. ބޮޑު ނުރައްކަލެއްގެ މަޢުލޫމާތު އަޅުގަނޑު ހިއްސާކުރަންބޭނުން! ޔާމީނު ކިޔާމީހަކުވަނީ ދަޢުލަތުން ވައްކަންކުރިކަމަށް އިޢުތިރާފުވެފަ އަދި މީނާގެ އޯޑަރަށްވަނީ އުއްތަމަ ފަނޑިޔާރު ރަހީނުކޮށްގެން ގެންގޮސްފަ! ވީމާ ދިވެހި ފައިމަގު ސިފައިންނާއި ފުލުހުން މިކަންކަމަށް ސަމާލުވެ ފިޔަވަޅުއަޅަން އެދެން!
އަހަރަމެން މިހާރުގެބޮޑު ބާޣީ މައުމޫނާއެކު ނެތީން އަދި ގައުގެ ހަމަޖެހުން ނަގާލަމުނ.ްދާ ބައިގަނދާއެކުވެސް ނެތީމެ. ސިފައިން ދިވެހިގައުމުގެ އަމަން އަމާން ކަމަށް ކޮށް ދެއްވާ ބުރަ މަސައްކަތަށް ފައްފަށުން ޝުކުރު އަދާކުރަން.
ސްޓޭޓްއޮފް އިމަރޖެންސީ އިޢްލާން ނުކޮށް ފުދިއްޖެ ކަމަށްވާނަމަ އަީޔޫގެ އަދަބަށް ލުޔެއް ލިބުން ގާތް! މިހާރުވެސް ބަޔަކުމީހުން ބޭރު ޤައުމު ތަކުގައި ތިބެގެން ދެވަނަ ދެމަސައްކަތެއް ނުކުރައްވާ މިޤައުމު އަޅުވެތި ކުރުވާނެ ހުރިހާ ގޮތެއް އެބަ ކުރިމަތި ކުރުވާ.
ހީވަނީ މޮޔަވެގެން އުޅޭ ބައެއްހެން
މީހަކު ހީހީ ހަލާކު ވެއްޖެ މި މޮޔަމީހާ ދައްކާ ވާހަކުވއަޑު އިވިފަ.ގުރުއާން މޔދައްރިސް މިހިރީ ޑިފެންސް މިނިސްޓަރަކަށް ލައިފަ
އިންތިހަރާބު
އަންނިގެ ރޭވުމެއް ލާދީނީ ކަލޭގެ އަތެއްނެތި ނުދާނެ.
ތީފޭކެއް! ކުޅެން އުޅޭގޭމެއް!
ފޭސްބުކްގަ މީހުން ލިޔަނީ ރައްޓެހިން ކައިރީ މީހުން ބުނަން ބޭނުންވާ ވާހަކަ އެއްނު! މީ ގޮތް ބަލަން ޖަހައިގެން އުޅޭ މަޅި އެއް ކަމަށް ބޮޑަށް ބެލެވެނީ އިނގޭ! ނޫނީ ހަމަ ސަޅިވެލަން ވެގެން ފޭސްބުކް ސްޓޭޓަސް ގަ ޖަހާލީ މަށަށްވެސް ނިކަން ގިނަ ސީކްރެޓްސް ވެސް އެނގޭ ކަން އަންގާލަންވެގެން! ދެން އެހެންނާފަހެ ކޮން ތުޔެއް ތަޅުވާކަށެއްތަ އެކަހަލ މުހިންމު ވާހަކައެއް ވެއްޖިއްޔާމުން ފޭސްބުކުގަ ލިޔަނީކީ!
މިފަހަރު ދެން ވޯޓު ނުލާ ފަރުޖެއްސޭނެ ގޮތެއް އޮންނާނެކަމަކަށް ނުފެނޭ ، އަދި ރައްޔިތުން ތިބީ ބަދަލަކަށް ކއް މަދުވެފަ
ކާފިޔު ހިންގަންވީނު