މި ފަސް އަހަރުގެ ތެރޭގައި ބައެއް ކަންކަން ދިޔައީ ހިތާމަވެރި ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ މިއަދު ކުރިއަށް ދިޔަ "އާސްކު ސްޕީކާ" ޕްރޮގްރާމުގައި އެމަނިކުފާނަށް އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރިޔާސީ ޓިކެޓް ދީ ވެރިކަމަށް ގެނައުމުން އެކަމާ މެދު ހިތާމަފުޅު ކުރައްވަންތޯ ނަޝީދާ މީހަކު ސުވާލުކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ބޭނުންވެލެއްވީ ޑިމޮކްރެޓިކް އުސޫލުތައް ރާއްޖޭގައި އަށަގަންނުވައި އަދި ދިވެހީންނަށް ތަނަވަސް ލިބޭނެ ގޮތަށް ރާއްޖޭގެ ވެރިކަން ހިނގުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ދަރަންޏާއި އަދި ޑިފޯލްޓްގެ މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ތަކެތީގެ އަގުތައް މައްޗަށް ދާތީވެސް ކަންބޮޑުވެލައްވާ ކަމަށެވެ.

"ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންފަ 2019 އާ ހަމައަށް އަޅުގަނޑާ ވަރަށް ގުޅިގެން މަސައްކަތް ކުރެއްވީ. އެހެން ނަމަވެސް އޭގެ ފަހުން ވެރިކަމުގެ ތޮބީއަތްވެސް އަދި ބޮޑަށް މަސައްކަތް ކުރެއްވީ ބާރު ޖަމާ ކުރުމަށް. ބާރު ޖަމާ ކުރެއްވުމުގެ މަސައްކަތް ކުރެއްވީ މި އަހަރުގެ މެދެއްހާ ތަނަށް. އެހެން ނަމަވެސް އެހެން ނެޓްވޯކެއް އެމްޑީޕީގަ އޮއްވައި އުފެއްދުން އެއީ ފަސޭހަކަމެއްގެ ގޮތުގައި އަޅުގަނޑު ދެކޭ ގޮތުގައި ރައީސުުލްޖުމްހުރިއްޔާއަަކަށް ވެސް ކެރިވަޑައެއް ނުގަތް. އެއީ 2022 ވަނަ އަހަރު މެދަކާ ހިސާބަށް ދިއަތަނާ އެކަން ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ. ހާއްސަކޮށް ޗެއާޕާސަންގެ އިންތިހާބަށް ފަހު އެކަން ވަރަށް ބޮޑަށް ސާފު ވެއްޖެ" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެނބުރެލެވޭނެ ދިމާއެއް މިހާރު ނެތް ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި ބައެއް ކަންކަން ދިޔައީ ހިތާމަވެރި ގޮތަކަަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަަަހަ

    އެއްކަލަ މީދާ މިއުޅެނީ ދިވެހިންގެ ބޯކާލަންތޯ ، މީނަ އެދުމެއް އޮތިއްޔާ ކޮންމެފަދަ އެއްޗެއްވެސް ބުނެފާނެ ، ދެރަކަމަކީ މިމީހާ ދައްކާވާހަކަ އަޑުއަހާ ގިނަބަޔަކު އުޅޭކަން ، ވިސްނާލަންވީ މީނައަކީ ކާކުކަން ، މީނަގެ މިސްރާބަކީ ކޮބާކަން ، ހަމައެހެން ބޭކާރު އަނގަތަޅާގެން ދައުލަތުގެ ބޮޑުމުސާރަ ލިބޭ ވަޒީފާގައި އެއުޅެނީ ، މިއަދު މަތީތައުލީމް ހާސިލްކޮށްފައި ތިބި އެތަން ދަރިންނެއް އެތިބީ އަނގަ ނެތީމަ ވަޒީފާ ނުލިބިފަ ، އެކަމަކު މީނައާއި މީނަގެ އައުވާނުން ދިވެހި ދައުލަތުގެ ބޮޑެތި މަޤާމްތަކުގައި އެތިބީ ، ހަމަ ހުސް އަނގަތަޅާގެން ، ދިވެހިން ވިސްނާކަށް ނުވޭތޯ ،

    15
    1
  2. Anonymous

    ޔާﷲ، މި ލާދީނީމީހާގެ ނުބައިކަމާއި ނުލަފާކަމާއި މަކަރުވެރިކަމާއި ޙީލަތްތެރިކަމާއި އަނިޔާވެރިކަމުން ދިވެހިން ސަލާމަތްކުރައްވައިފާންދޭވެ. އާމީން.

  3. ތެދެއްއެވިދާޅުވީ

    އަސްލު ކުރުސީ އެބުނާ ހިތާމަވެރިކޮށް ދިޔައީ އެންމެ 4 އަހަރު ދޮއްތޮ. ހިތާމަވެރިތާ އޭނާއަށް ޕްރައިމް މިނިސްޓަރު ކަމެއް ނުދިންވިއްޔާ. އޭނާއަށް ކިތަންމެހާވެސް ހިތާމަވެރި، ހިތްދަތި