ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެއެކު މަސައްކަތް ކުރައްވާނަންތޯ ކުރި ސުވާލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސީދާ ޖަވާބެއް ނުދެއްވިއެވެ.

އާސްކް ސްޕީކާ ޕްރޮގްރާމަށް މީހަކު ފޮނުވި ސުވާލުގައި ބުނެފައި ވަނީ އެމްޑީޕީ ޕްރައިމަރީ ނަޝީދަށް ކާމިޔާބުނުވެއްޖެނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާނަންތޯ އާއި އެއްވެސް ހާލަތެއްގައި ރައީސް ޔާމީނާއި ގުޅިވަޑައިގެންފާނެތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެންނަ ފެނުމުގައި ރަައީސް ސޯލިހްގެ މި ފަސް އަހަރުގެ ދައުރުގައި ކަންކަން ކުރައްވާފައި ހުރި ގޮތް މިނާލަން ޖެހޭ ކަމަށެވެ. އަދި އެކަން ހާއްސަ ގޮތެއްގައި މިނާނީ އެމްޑީޕީ މެންބަރުން ކަމަށް ވިދާޅުވިއެވެ.

"،،... ނުފެނޭ ވައުދުތައް ފުދިފައިވާ ކަމަކަށް. ވައުދުތަކޭ މި ބުނަނީ ބޮޑުރަށެއް ކުޑަރަށެއް ބަލާނުލާ ކަންކަން ކުރަމުން ދިއުމެއް ނޫން. މި މެނިފެސްްޓޯގައި އަޅުގަނޑުމެން ވެފައި އެބަހުރި ހާއްސަ ކަންތައްތަކެއް ވަކި އިރެެއްގައި ވަކި ގޮތަކަށް ކުރާނެ ކަމަށް، އެކަންކަން ފުރިހަމަ ވީމަ ނޫނިއްޔާ އަޅުގަނޑަކަށް ނުފެނޭ ޕްރައިމަރީގައި ކާކަށްތޯ ވާދަ ކުރާނީ އާއި އެ ސުވާލުތައް އަޅުގަނޑާއި ކުރިމަތި ކުރާކަށް"، ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިގޮތަށް ވިދާޅުމާއި ގުޅިގެން އެ ޕްރޮގްރާމްގެ ހޯސްޓް ވަނީ ރައީސް ޔާމީނާއި ގުޅިވަޑައިގެންފާނެތޯ ސުވާލު ކުރައްވާފައެވެ.

އާސްކް ސްޕީކާ ޕްރޮގްރާމްގައި ޔާމީނާއެކު މަސައްކަތް ކުރައްވާނަންތޯ ކުރި ސުވާލަށް ނަޝީދު ސާފު ޖަވާބެއް ނުދޭ - ފޮޓޯ: މަޖިލީސް،

އެ ސުވާލަށް ސީދާ އެމަނިކުފާނު ޖަވާބު ދެއްވާފައެއް ނުވެއެވެ.

އެކަމަކު އެ ސުވާލަށް ދިން ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެކުގައި 2018 ވަނަ އަހަރު މަސައްކަތް ކުރި ކަމަށެވެ. އަދި ރަައީސް ޔާމީންގެ ސިޔާސަތުތަކުގެ ތެރެއިން އެމަނިކުފާނު ވަރަށް ކަންބޮޑުވާ ސިޔާސަތެއް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ އިންޑިއާ އާ ދެކޮޅުވާ މައްސަލަ ކަމަށް ވިދާޅުވިއެވެ.

"އެއީ އިންޑިއާއާ ދެކޮޅަށް ކުރައްވަމުންގެންދަވާ މަސައްކަތް، އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ މަސައްކަތް ހުއްޓާލާފައި، މި އަވައްޓެރި ހުރިހާ ގައުމުތަކަކާއި ރާއްޖެ އާ ގުޅި އެކުގައި ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތެއް އަޅުގަނޑުމެންނަށް ހޯދައިދިނުމަށް". ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަރުކޮރު

    ނަޝީދު ކަހަލަ ލާދީނީ މަކަރުވެރިޔަކު ޔާމީނާ ގުޅުނިއްޔާ ޔާމީނު ވެސް މަގޭ ވޯޓު މަތިން ހަނދާން ނައްތާލަންޖެހޭނީ.

    22
    2
  2. ޖާބިރު

    އާސްކް ދަ އީޑިއަޓް

    11
    1
  3. ކޮވިޑް

    އިންޝާ ﷲ ރައީސް ޔާމީން ހުންނެވީ ހަމަ ހޭގަ . މަނިކުފާނުހެން ހިންދު ކޮޅު އަންނަ ބޭފުޅެއް ނޫން ރޔ އަކީ. މި ޤައުމާ، މިނިވަންކަމާ ، އިސްލާމް ދީނުގެ ދިފާއުގާ ހަމަ އެކަނި މިޤައުމުން ފެނިގެންދާ ލީޑަރ ރޔ އަކީ. މަނިކުފާން މޮޔަފުޅުވީތޯ؟

    17
    4
  4. ބޭރު

    ތިމީހާޔަށް މިރާއްޖޭގެ އެއްވެސް ޕާޓީއަކު ޖާގައެއް ނެތް..ފެއްސިގެން މިގައުމުން ދޭ.

    8
    2
  5. ފައިބާ

    އެމްޑީޕީ އަކީ އެއީ ރާއްޖެ އަށް ބޭނުންވާ ޕާރޓީ އެއް ނޫނޭ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ތަކެތީގެ އަގު އިންތިހާ އަށް އުފުލެނީ އެމްޑީޕީ ދެން ރާއްޖޭގެ ސިޔާސީ މައިދާން ދޫކޮށްލަންވީއޭ ކެނެރީގެ ނަޝީދަކީ އެއީ އިގްތިސާދީ ފެއިލިއަރ އެއް ރައީސް އިބޫ ވެސް އެއީ ފެއިލިއަރ އެކޭ އެމްޑީޕީ އަކު ނެތޭ ރަނގަޅު ތަންދޮރު ދަންނަ ބަޔަކު އެމްޑީޕީ ފައިބަންވީއޭ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ

    9
    1
  6. ޢަލީ

    ޢާސްކް ދަ ލދނ

  7. ޤަބުކުއްޖާ

    ޔާމީންވެރިކަމުގަ އަގު ހެޔޮވީމަދޯ ހަނޑޫ ކިލޯއެއް 14 ރުފިޔާ ފުށް ކިލޯއެއް 10 ރުފިޔާއަށް ހަކުރު ކިލޯއެއް 14 ރުފިޔާއަށް އެރީ

    • އަލީ

      ހިޔެއް ނުވޭ ކަލޭ ހަމަ ހެނެއް. ގައިމު ހަމަ ނަމަ އިނގޭނެ ތިއީ ހުސްދޮގުކަން

  8. ސަންފައްތަ

    ނަށީދަކީ މިހާރު އައުޓުޑޭޓަޑު ޕުރޮޑަކުޓެއް. އެއީ މާޒީ.

    1
    1
  9. ރެފްރީ

    ތިޔައީ ބައިނަލްއަގްވިސްޓަރެއް އަދި ކުރުސިސްޓެއް.. ދިވެހިރާއްޖޭގެވެރިކަމަށް ކުފޫހަމަނުވޭ !!

    3
    1
  10. މުޖައްރިބު

    އޭނާގެ އަމާޒަކީ އެއްގޮތަކުން ނުވެއްޖެއްޔާ އަނެއް ގޮތަކުން ވިޔަސް ވެރިކަން، އެމްޑީޕީގެ ޓިކެޓް ނުލިބިއްޖެ ނަަމަ ޔާމީނަށް ބައިއަތު ހިފުން. ޔާމީނު މީނައަށް ހަދާނެ ގޮތް ދުނިޔޭގަ ތިބަ ބަޔަކަށް ފެންނާނެ