ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އުނދަގޫ އިހްސާސް ކުރެވޭ ކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، ކޮވިޑް-19 އަށް ފަހު އިތުރުވެފައިވާ އެންމެ ބޮޑު ސިއްހީ މައްސަލައަކީ ނަފްސާނީ ބަލިތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން މިއީ "ގްްލޯބަލް ޕްރިޔޯރިޓީ"އެއްގެ ގޮތުގައި ޑަބްލިވްއެޗްއޯއިން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަން ފެންމަތިވުމުގެ ކުރިންވެސް މި ސަރުކާރުން ވަނީ ދިވެހި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަން ފައްޓަވާފައި، މިކަން ކުރިއަށް ދަނީ ސަރުކާރުގެ އެންމެ އިސް ސަފުގައި ވިލަރެސް ކުރެވިގެން މަރުކަޒީ ފެންވަރުގައި ގާއިމްކުރެވިފައިވާ ނޭޝަނަލް މެންޓަލް ހެލްތް ސެންޓަރުން".

އެގޮތުން މި މަސައްކަތް އަތޮޅު ތެރެއަށް ފުޅާ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުއްމީދު ކުރަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިކަމަށް ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖެއަކީ މަސްތުވާތަކެއްޗާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނޭދެވޭ އާދަތައް ގިނަ ގައުމެއް ކަމަށާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، އޭގެ ވިޔަފާރި އާއި އެކަމާއި ގުޅިފައިވާ ތަފާތު މާރަމާރީތަކާއި، ހަމަނުޖެހުންތަކާއި، އަދި އިޖްތިމާއީ މައްސަލަތަކަކީ ރައްޔިތުންގެ ނަފްސާނީ މައްސަލަތަކަށް ސީދާ ގޮތުން ނޭދަވޭ އަސަރު ކުރާ ކަންކަން ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އުނދަގޫ އިހްސާސް ކުރެވޭ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

"ތައުލީމީ މަރުކަޒުތަކުގައި އާއި މަސައްކަތުގެ މާހައުލުގައި އާއި ސޯޝަލް މީޑިއާގައި އެކަކު އަނެކަކުގެ ހަނގުރާމަ ކުރުމާއި، އަބުރުކަތިލުމަކީ އާއްމު ކަމަކަށް ވަނީ ވެފައި، މިކަމުން ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރާ ފަރާތްތަކާއި މެދު މުޖުތަމައު ދެކޭ ގޮތް ކަންކަން ކުރެވޭ ގޮތުން އެ މީހުންގެ ހާލަތު އިތުރަށް ގޯސްވޭ". މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ ވަރަށް ބޮޑު މައްސަަލައެއް ނަމަވެސް، ހައްލު ކުރެވޭނެ މައްސަލައެއް ކަަމަށެވެ.

ނަސީމް ވިދާޅުވީ، ނަފްސާނީ މައްސަލަތައް އިތުރުވެފައިވާއިރު، ހިދުމަތް ދޭން ތިބި މީހުންގެ އަދަދާއި ތަމްރީނު ލިބިފައިވާ މީހުންގެ އަދަދު މަދު ކަމަށެވެ.

"އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދޭން އެބަ ޖެހޭ އަތޮޅު ތެރޭގެ ރަށްތަކުގައިވެސް މިކަމަށް ތަމްރީނު ލިބިފައިވާ މީހުން އިތުރު ކުރުމަށް". މިނިސްޓަރ ނަސީމް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލިމުތް

    "ތައުލީމީ މަރުކަޒުތަކުގައި އާއި މަސައްކަތުގެ މާހައުލުގައި އާއި ސޯޝަލް މީޑިއާގައި އެކަކު އަނެކަކުގެ ހަނގުރާމަ ކުރުމާއި، އަބުރުކަތިލުމަކީ އާއްމު ކަމަކަށް ވަނީ ވެފައި" މި ވާހަކަ ދައްކަން ކަލޭމެން އެންމެ ރަނގަޅީ. އެކަންކަން އާއްމުކުރީ ކަލޭމެން ޕާޓީން،

  2. ޙަނދުކޭތަ

    މިކަލޭގެމީ އޭގެން އެކަތި ލޮލް

  3. އަބްދުﷲ އަލީ

    ބާޤީ ނަސީމޫ މިސަރުކާރުގެ ވެރިންގެ ގޮތުގައި ތިބި ފަސް މީހުން ކުރެ އެކަކީ ވަގެއް ، މިހެން ހަދާ ދިރާސާއެއް ނެތް ތައް ؟ ދައުލަތުން ވައްކަން ވައްކަން ކޮރަޕްޝަން އިންތިހާ ދަރަޖައަށް ވެއްޓިފައި ކާ ބަޔަކު ކަނީ ހުއްޓުމެއް ނެތް

  4. ނަސީމަން މެންހަޓް

    ބަލަ ޑިޕްރެސަނަށް މުޅި ގައު މު ދުއްވާލީ ސަރުކަރު! އަަބާދީގެ 99% މިހާރު ޑިޕެރެޝަނަށް ގޮއްސަ މިތިބީ. އެއްޗެހީގެ އަގުބޮޑު އަތާ އަނގަޔާދި މާނުވެ ކުލިތައްވެސް އަތްނުފޯރާ ފަށުގައި. ފެނާ ކަރަންޓުވެސް ރަނަށްވެ ޓެކްސްތަކުން ރައްޔިތުން ތިވަރަށް ފެލާއިރު ޑިޕްރެޝަނަަސް ނޫންތޯ އެން މެންވެސްދެން ދާނީ. ކިޔަވައިގެންވެސް ވަޒީފަނުލިބި ތިބި މީހުންވެސް ޑިޕްރެޝަނަށް ގޮސް ގޮތްހުވެފައި މިތިބީ! ވެރިކަން ބަދަލުކުރުންނޫންގޮތެއް މިޔަކު ނުފެނޭ. ހުރިހާ ބައްޔަކާއި ޑިޕްރެޝަނާ ގުޅިފައިވަނީ ނާގަބިލު ސަރުކޮރު!

  5. މިނިކާ

    މީނަޔަށް މިކަމެއް ނުޖެހޭ މީނަޔަށް ޖެހިފަހުރީ ފެންޕުރެސަރު މިޕުރެސަރުގެ ސަބަބުން ގޭގެގަ ތިބޭ މުސްކުޅިންނަށް ފެންވެރުމުގައި މަށްސަލަދިމާވަނީ.

  6. ހަވާސާ ހާދިސާ

    އެ 5 މީހުންގެ ތެރޭގައި ކެރަފާ ނަސީމާއި އަންނިޔާއި ރައީސް ސޯލިހު ހިމެނޭ!

  7. ހަމަތެދެއް

    ތިޔަބުނީ ވަރައްބޮޑު ތެދެއް އެބަލިގިނަވާތީ ކަލޭމެންނައްވޯޓްދިނީ ދެން އަބުރުކަތިލާވާހަކަ ކަލޭމެން ދެއްކުން މާރީއްޗެއްނޫން ކަލޭމެން މިގައުމުގަނުކަތިލާ މިހުންގެ އަބުރެއް އެހެންބަޔަކައް އަދިވެސް ނުކަތިލެވޭނެ އެހެންވީމާއެވާހަކަނުދައްކާ