މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން ދަނިކޮށް މޫދަށް ވެއްޓުނު ކޭރޭންގެ ބައި ނަގައިފިއެވެ.

އިއްޔެ ވަގުތެއްގައި މި ކެރޭނުގެ ބައެއް މޫދަށް ވެއްޓުނުއިރު، މިއީ ވިލިމާލޭ ކޮޅުގައި ބްރިޖްގެ ތަނބު ޖަހަން ބޭނުންވާ ހޮޅިތައް މޫދަށް ޖެހުމުގެ މަސައްކަތުގައި ބޭނުންކުރާ ކެރޭނެއްގެ ބައެކެވެ.

"ޖެކެއް ބާއްވައިގެން ކްރޭން ބޭނުންކޮށްގެން އެއްޗެއް ނަގަން އުޅެނިކޮށް ކްރޭންގެ ބޫމަރު (ދިގުކޮށް އިންނަ ބައި) ފެއިލްވީ. ފެއިލްވެގެން އޭތި މޫދަށް ވެއްޓުނީ. އެއްކޮށް އަޑިއަކަށް ނުދޭ،" ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "ވަގުތަށް" އިއްޔެ ވިދާޅުވިއެވެ.

ބްރިޖުގެ މަސައްކަތަށް ބޭނުން ކުރި ކްރޭނެއްގެ ބައެއް ވެއްޓިއްޖެ

އެ ބައި ވެއްޓުނީ ކްރޭންގެ ބޫމަރު ފެއިލްވެގެންނެވެ.

ޖިނާން މިއަދު "ވަގުތަށް" ވިދާޅުވީ، މޫދަށް ވެއްޓުނު ކެރޭންގެ ބައި މިއަދު ފަތިހުގެ ވަގުތެއްގައި ނަގާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޖިނާން އިއްޔެ ވިދާޅުވިއެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވާ ތިލަމާލެ ބްރިޖު މަޝްރޫއަކީ ރާއްޖޭގައި މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ަސދސަދ

    ފުޅިމަދުން ހަދައިގެން އުޅޭ ކެރޭނެއްތަ ؟ އަޑިޔަކަށް ނުދާނެ.

  2. ސދެދދސދ

    މި ބްރިޖް އަޅާ މީހުންގެ ފެންވަރު ދިރާސާކުރަން މަޖިލިހުން ކޮމެޓީ އެއް އެކުލަވާލަން ވެއްޖެ.
    އައްޑޫގައި ވިައްސާރައައި ދުވަސްކޅު ހަމަ މިގޮަތަށް އެމީހުންގެ ސާމާނު ބަންޑުން ޖަހާލި.
    މިހާރު ވިލިނގިލި ކައިރިއަށް ދެވަނަ ފަހަރަށް މިކަހަލަކަމެއް މިދިމާވީ.

  3. ބޭރި

    ތިޔާ ނެގިޔަކަސް ހަމަވެއްޓޭނެ ފީއިލޮށިން ބުރިޖުއަޅަން އެތިބީ ދުނިޔޭގެ އެންމެމޮޅު މީހުން.

  4. އިބްރާހިމް

    ތިޔަ ސަރަހައްދުގެ ފަރަށްލިބުނު ގެއްލުން ބަލަންޖެހޭ.