ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

އަދި މި ޕްރޮޖެކްޓުގެ ދަށުން، 30 އެނދުގެ ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތްތަކަށް ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައި ވެއެވެ.

އެގޮތުން ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ކ.ތުލުސްދޫ، އދ.މާމިގިލީ ވ.ފެލިދޫގެ އިތުރުން، ތ.ވިލުފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއިން ކޮންމެ ރަށެއްގައި ހޮސްޕިޓަލް އިމާރާތް ކުރުމަށް 35,000.00 ޑޮލަރު ކަނޑަައަޅާފައި ވެއެވެ.

އެ މިނިސްޓްރީން ބުނީ، ހެލްތް މިނިސްޓްރީގެ އެދުމުގެ މަތިން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކުރާ ކަމަށެވެ. އެގޮތުން މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުގެ މަތިން ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތެދުވެރރިޔާ

    ހެޔޮނުވާނެ ވިލިމާލޭގެ ހޮސްޕިޓަލް ރަނގަޅުކޮށްދީބަލަ މިވެސް އިންސާނުންތަކެއް ދިރިއުޅޭތަނެކޭ މިހާކާރިގައޮތް އިރުވެސް މިއަވައްމަތިން ހަނދާން ކެތޭތީ ހާދަ ދެރަވެއޭ މިއަޑު އަހާބަލަ؟