އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ އިވެންޓެއް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ބުނި ގޮތުގައި އެ އިވެންޓް އޮންނާނީ އެމްޑީޕީގެ މައި ހަރުގޭގައި މިރޭ ނުވައެއް ޖަހާއިރުއެވެ. މި އިވެންޓުގައި ރައީސް ސޯލިހަށް ތާއީދު ކުރާ އެންމެން ބައިވެރިވުމަށް ކެމްޕެއިން ޓީމުން އެދިފައިވެއެވެ.

މިއީ އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ފަހުން، ރައީސް ސޯލިހް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން އިވެންޓެއް މިރޭ މާލޭގައި އޮންނަ އިރު، އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރިއާ އެކުގައި ހިންގަވަމުންނެވެ.

އެގޮތުން ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގައި މިއަދު ހަވީރު ހިޔާ ފްލެޓު ސަރަހައްދުގައި ހާއްސަ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް ސޯލިހުގެ ބަދަލުގައި ނަޝީދު މީގެކުރިން ވަނީ ފާޑު ވިދާޅުވެފައެވެ.

"އަޅުގަނޑަށް ދެން ފެންނަނީ ޣައިރު ހާޒިރުގައި ކުރައްވާ ކެމްޕޭނެއް، ޣައިބުގައި ހުންނަވާ ލީޑަރެއް، ތިޔަ ބޭފުޅުން ކުރިމަތީގައި އަޅުގަނޑު ހުންނާނެ، އަޅުގަނޑު މިހާރު ވެސް މި ހުރީ ތިޔަ ބޭފުޅުންނަށް ފެންނަ ގޮތަށް،" އެމްޑީޕީ ހަރުގޭ ކައިރީގައި އެންމެ ފަހުން ބޭއްވި އެއްވުމުގައި ނަޝީދު ވިދާޅުވިއެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. މި ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު މިހާރު ވަނީ އިއުލާންކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޝަކުވާ ބަލާ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. އަދި ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމިޓީ އެއް ވެސް ވަނީ އެކުލަވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަނަސު

    ހަރާމަހުކުމަކުން ރައީސް ޔާމީނު ޖަލަށްލައި ކެންޕިޔަން ކުރައްވާނެކަމެއްނެތް! ކެރެންޏާ ރައީސް ޔާމީނު ޖަލުން ނެރެ ކެންޕިއަންކޮށް މޮޅުވަނީ ކާތޯ ބަލާލަބަލަ! ހުރިހާ ބާރެއްވެސް އޮތީ ސާލިހުގެ އަތުގައި! ބިރުން ތެޅެނީ ކީއްވެތަ! ކުރީފަހަރު މޮޅުވީ ވޯޓުން ވަށްކަން ކޮށްގެން! މިފަހަރު އިދިކޮޅުގައިހުރި ހަމައެކަނި ފާރާތް ހަރާމް ހުކުމަކުން ޖަލަށްލައިގެން މޮޅުވާން ތިޔައުޅެނީ!ތިޔައީ ފިޑިންގެ ވައްތަރު! ސިޔާސީ ލީޑަރުންގެ ގޮތެއްނޫން! ޑިކުޓޭޓަރުންގެ ގޮތް!ރައްޔިތުންނަށް ވަރަށް ސާފު ހަގީގަތް!

  2. ކާލި

    މިރޭ ޖެހޭނެ ޖަގަހަ ކައިރިގަ ޕުލެޓް ހައްގު ވެރިން އެއްވާްން

  3. ނަމަ

    ކެމްޕެއިން އިވެންޓުގަ ނެށުމުގެ މައްޒަރެއް ފެންނާނެބާ؟

  4. ޙ މ ޒ

    ލިސްޓުގައި ނަން އެބައޮތް އެކަމަކު އިބޫއަށް ދޭނެ ވޯޓެއް ނެތް !

  5. ދިސްވޭ

    ރައީސް އިބޫ އަކީ އެއީ ކަމެއް ކުރެވޭ ރައީސެއް ނޫނޭ މިގައުމުގެ ރައީސަކަށް ގެންނަންވީ އުމަރު ނަސީރު ރައީސަކަށް އަދި ސަންސިޔާމް ނައިބް ރައީސަކަށް އަދި ގާސިމް އިބްރާހިމް މަޖްލީހުގެ ރައީސަކަށް ދެން ކެބިނެޓް އެއްކޮށް އުވާލާނީއޭ ކެބިނެޓް ބަދަލުގައި ތިބެން ޖެހޭނީ ރައީސް ސީދާ ވަޒީފާ ދޭ މެނޭޖިންގް ޑިރެކްޓަރުންނޭ ސަރުކާރުގައި ތިބެގެން ނުވާނެއޭ ޑިރެކްޓަރުންނަށް ވުރެން މަތީ އެއްވެސް މަގާމެއްގައި މީހަކު ހުރެގެން ނުވާނެއޭ ދެން ރާއްޖެތެރޭގައި 10 ހާހުން ދަށުގެ އާބާދީ އުޅޭ ހުރިހާ ރަށްރަށު މީހުންނަށް މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ ބިން ތައް ދޭނީ ކޮންމެ މީހަކަށް 1 ހެކްޓަރުގެ ބިމެއް 200 އަހަރުން 1 މިލިއަން ޑޮލަރު ދައްކާ ގޮތަށް 200 އަހަރަށް 1 މިލިއަންޑޮލަރު ބަހާ މަހަކަށް ޖެހޭ ވަރު އެއީ ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ %15 ފްލެޓް އިންޓަރެސްޓް ރޭޓާއި އެކު އެކަން ކުރެވޭނީ އެއީ އުމަރު ނަސީރާއި ސަން ސިޔާމް އާއި އަދި ގާސިމް ރާއްޖޭގެ ވެރިކަމަށް އައުމުންނޭ ރައީސް ޔާމީން ސަލާމަތް ވާނެ ކަމަށް އޮތް އުއްމީދު ބޮޑު ނަމަވެސް ދެން ރައީސް ޔާމީން ވެސް ރާއްޖޭގެ ވެރިކަން ކުރުން އެހާ ރަނގަޅު ނުވާނެއޭ ސަބަބަކީ އަނެއްކާ ބަދަލު ހިފުމުގެ ކަންކަން ފެށި ރާއްޖޭގެ ރައީސް ކަން ކުރާ މީހުން ޖަލަށް ގަޅާލުމުގެ ސިލްސިލާ ކުރިއަށް ދާނެތީއޭ އެއީ ދެން މިގައުމާއި ގުޅޭ ކަމެއް ނޫނޭ ކޮންމެ ރައީސަކު ހުއްޓަސް ވައްކަން ކުރާނެއޭ ނުކުރާނެ އެއްވެސް މީހަކު ރާއްޖޭގެ ވެރިކަމަށް ނާންނާނެއޭ އެއީ ވާނޭ ކަމެއް ނޫނޭ..

  6. ޢަވަ

    ޙަމަ ޔަގީން ޕްލޭނެއް، އިބޫވެސް ކިޔާނެ އަނެއްކޮޅަށް އެކަމަކު ނަށީދު ގެންނަން ބޭނުންވާނީ. ޥިސްނާތި!

  7. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ނަޝީދު އާއި ވާދަ ކުރަން ކިނބޫ ލަދު ގަންނަން ޖެހޭނެއެވެ. ނަޝީދު ސަޕޯޓް ނުކުރި ނަމަ ކިނބުލަށް ވެރިކަން ހުވަފެނުން ވެސް ނުފެނުނީ ހެއްޔެވެ. މާތް ﷲ މި ނުބައި މީހާގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާން ދޭވެ!!!

    11
    2
  8. ހުސެން

    އުދާސް ބޭރުކުރާތި އެންމެ އަޑިން