އެކްސިޑެންޓްވުުމުން ދެ މީހަކު ފިލައިފި ކަމަށާއި އެމީހުން އެކްސިޑެންޓްވީ ބަނގުރާ ފުޅިތަކެއް ހިފައިގެން ދަނިކޮށްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ނިރޮޅުމަގު 13 ނަމްބަރު ގޯޅިން ސައިކަލެއްގައި ދިޔަ ދެމީހުންނަށް މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ފެނުމުން ފިލަން ވެގެން ސައިކަލް ބާރަށް ދުއްވާލި ވަގުތު އެސަރަހައްދުގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

ސައިކަލްގައި އެމީހުން ދިޔައީ ދެކޭސް ބަނގުރާ ހިފައިގެން ކަމަށާއި އެކްސިޑެންޓް ވުމުން ސައިކަލްގައި ތިބި ދެމީހުން ވަނީ ފިލައިގެން ގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގު ކުރަމުން ކަމަށް ވިދާޅުވުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ބަނގުރާ މާލޭ ސަރަހައްދުން އަތުލައިގަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަން ރީނދޫ

    ތިޔަ ވީގޮތުން ފުޅިތައް ކުށްވެރިވާނެ

    10
    • ޢަހޫ

      އާ ރަނގަޅަށް ތިޔަ ބުނީ ދޫނި ރާއްޖޭގަ ފުޅިތަށް ކުއްވެރިވާނީ
      ފުޅިތަށް ކޯޓައް ގެންގޮސް ހުކުން ވެސް ކޮއްފާނެ ހެހެ

  2. ޗާބޫކުން

    ޕޮލިސް ކަމިޝަނަރު ކޮބާތޭ ހޯމް މިިނިސްޓަރު ކޮބާތޭ މުޅި މާލެ ފުރާ ބަނގުރާ އަރުވާ އޭގެ ވިޔަފާރި ޕާރޓޭން ތައް ކުރަމުންދާއިރު ކޮންތާކުތޭ ހޯމް މިނިސްޓަރާއި އަދި ޕޮލިސް ކަމިޝަނަރު ތިބީ ތަމެން ކޮބާތޭ ރައްޔިތުން ކަރަށް ރާ އަޅާ މިންގަޑަށް މާލެ އަށް ބަނގުރާ ދަނީ އަރުވަމުންނޭ ޕޮލިހުން ޖަހާ ބެރިކޭޑެއް ވެސް ނަގައިގެން ޕޮލިސް ހެޑް ކްއާރޓަރަށް ގެންދަން ބޮޑު ކަމަކަށް ވެފައި އެވެސް ނަގާ މަގުމައްޗަށް އެއްލާލާދާ ބަޔަކަށް މިއަދު ޕޮލިހުން ވަނީ ބަދަލުވެފައޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ރައްޔިތުން ރޯނާ ވެއްޖެއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް...

  3. ޙުސެމްބެ

    ޟިވަރުވާއިރުވެސް މަގުމަތި ޕެޓްރޯލް ކުރާ 200 އެއްހާ ޕޮލިހުނަކައް ނޭނގޭބާ ތިޔަ ޖަހާފަހުރި ކެމެރާތަކައްވެސް ނާރަނީތޯ ކިހާބޮޑު އަރަތެއްތޯމީ

  4. ރެޓޭ

    މިފަހަރު ބަނގުރާ ކަމަށް ޝައްކެއް ނޫންތަ ކުރެވުނީ؟

  5. މަބޭ

    ފުޅިތައް އުކާލާ މީހުންފިލައިފިނަމަ އެވާނީ ބަންގުރަލައް. މީހުން ހައްޔަރުވެއްޖެމަމަ އެތަކެތިވާނީ ބަންގުރަލައް ސައްކުކުރެވޭއެއްޗަކައް.