ސިޔާސީ އެކި ލީޑަރުން ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރުމުން ރަށުގެ ކުޑަ ކުދިންނާ ހާއްސަ ގާތް ގުޅުމެއް ގިނަ ފަހަރު އުފެދިގެންދެއެވެ. އެ ކުދިންގެ ލޯބި އެ ލީޑަރަކަށް ލިބެއެވެ. ކުޑަކުދިންގެ ލޯބި ހޯދާ އެއް ލީޑަރެއް ގޮތުގައި ފާހަގަކުރެވެނީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ނަޝީދު އެކި ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާއިރު ބ. ތުޅާއަށް އެމަނިކުފާނު ވަޑައިގަތުމުން އެ ރަށުގެ އުމުރުން 10 އަހަރު ކުޑަކުޑަ އައްޔޫބްގެ ލޯބި ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ.

އައްޔޫބް އާއި ނަޝީދު 10 އަހަރު ކުރިން ނަގާފައިވާ ފޮޓޯ އަކާއި މިހާރު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ތުޅާދޫ ކުޑަކުޑަ އައްޔޫބަކީ ނަޝީދުގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ.

އައްޔޫބާއި އެކުގައި ރައީސް ނަޝީދު ނަގާފައިވާ ފޮޓޯއެއް

އައްޔޫބަށް މީގެ 10 އަހަރު ކުރިން ރައީސް ނަޝީދު ދިމާވެފައި ވަނީ އުމުރުން ހަ މަހުގައެވެ. އިއްޔެ ތުޅާދޫގައި ނަޝީދު އުޅުއްވާކަން އެނގުމުން އެމަނިކުފާނު ހޯދައިގެން ފޮޓެއް ނަގާފައި ނޫނީ ނުދެވޭނެ ކަމަށް އައްޔޫބް ބުނި ކަމަށް އެ ޕޯސްޓްގައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދުއެވެ.

ޕްރައިމަރީގެ ފޯރި ގަދަވަމުން އަންނައިރު ރައީސް ސޯލިހް އަށް ތާއީދު ކުރާ ފަރާތްތަކުންނާއި ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން ވެސް އަންނަނީ ބަހުގެ ހަމަލާތައް ދެމުންނެވެ. އަދި ނަޝީދާއި ރައީސް ސޯލިހް ވެސް ގެންދަވަނީ އެއް ބޭފުޅަކު، އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ދެ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބު ކުރިއިރު، ކެންޑިޑޭޓު ނަންބަރު އެކެއް ލިބިވަޑައިގަތީ ނަޝީދަށެވެ. އަދި ދޭއް ލިބިވަޑައިގަތީ ރައީސް ސޯލިހަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނާދިރާތަ

    ޔައުޤޫބު ސަލާމަތްކުރޭ

    20
    1
  2. ގައުމީ ލޯބި

    ރައްޔަތެއް ގެ ހައިސިއްޔަތުން ދަންނަވަން ވޯޓު ހޯދުމުގައި ބޭނުން ކުޑަކުދީން ނިވާ ފަތްގަނޑަ ނެހެއްދެވުމަށް ވަރަށް އަދަބުރިކަމާ އެކު ދަންނަވަން..

    އެކުދީންގެ ޅައުމުރުގައި ޕޮލިޓިކްސް އޭ މިކިޔާ ބޮޑު ޖަރީމާގެ ތެރެއަށް އެ ތުއްތު ކުދީން ވެއްދުމަކީ ގައުމުގެ ހަލާކު އަދި އެކުދީން ގެ މުސްތަގުބަލު ހަލާކުވެދާނެ ކަމެއް..

    ވެރިކަން ހޯދަން ތެޅޭ މީހުން އެމީހުންގެ ބޭނުމުގަިއ ގައުމުގެ ޅަދަރީން ދުއްވާނުލުމަށް އާދޭސް ދަންނަވަން.

    29
    2
  3. ލާމު

    ނަޝީދުގެ އަސްލު އެޖެންޑާ އެނގޭ ދުވަހަކުން ތިކުއްޖާ ވެސް ކުރާނީ ނަފްރަތު.

    25
    2
  4. ޚަލީލު

    ތިޔަ ކުއްޖާއާއި ތިޔަ ކުއްޖާގެ މައިންބަފައިންނަށް އެމީހުން އެ ލޯބިވާ މީހާ ދައްކާފައި ހުރި އިސްލާމްދީނާ ޚިލާފު ވާހަކަތައް އަޑެއް ނީވޭބާ؟

    20
    2
  5. ކުރުނބާ

    މިކަހަލަ ހުރިހާ ކަމެއްވެސްވާނެ މައިންބަފައިން ކުޑަކުދިންނަށް ދައްކަންވީ މަގު ނުދެއްކީމަ. ލޯބިވާން ފުރަތަމަ ދަސްކޮށްޖެހޭނީ ރަސޫލާދެކެ ދެން އެކަލޭގެފާނުގެ އަހްލުބައިތުންނާއި ސަހާބީންދެކެ… މިކަންކަން ދަސްކޮށްނުދިނީމަ ނަޝީދު ދެކެ ނޫނީ ރޮނޯލްޑޯ މެސީދެކެ ލޯބިވާނީ… އުފަންވަނީ ފިތުރަތުގެ ސާފުކަށްމަތީ އެކުއްޖާ މަޖޫސީއަކަށް ޔަހޫދީއަކަށް ނަސްރާނީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިން.. މިހަދީސްބަސްފުޅުގެ ތެދުކަމާއެވެ…

  6. އައްމަޓީ

    ކުޑަކުދިން ސިޔާސީ ކުރުމުގައިވެސް ނަޝީދަކީ ހަމަ ނަމޫނާއެއް

  7. ނާދިރާތަ

    ވެރިކަމުގެ ދަހިވެތި ކަމުގައި ދެއްކުންތެރިކަން އިސްކޮށްގެން އިންސާނެއް އަންނިއަކީ.

  8. މައިތިރި ޑޮޓް ކޮމް

    ރުގްޔާ ކޮއްގެންނަމަވެސް އައްޔޫބް ޝައިތޯނާގެ ކިބައިން ސަލާމަތް ކުރެވޭތޯ ބަލާ.. އައްޔޫބުގެ މަންމަ ބައްޕައަށްވެސް މިޖިންނި މިވަނީ އަވަލާފައި..

  9. ކުކުޅު

    ވަރަށް މޮޅު މި އައްޔޫބު