ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމެރީ ކާމިޔާބުކޮށްދެއްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް މިފަދައިން ވިދާޅުވީ، ރައީސް ސޯލިހް މިހާރު އައްޑޫއަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހިތަދޫ ދެކުނުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ނާޒިލް ވިދާޅުވީ، ރައީސް ސޯލިހަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް ސޯލިހު ހިތަދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ-- ވަގުތު އިމޭޖެސް

"އެމްޑީޕީ މެމްބަރުންގެ ފަރާތުން އެދެނީ ފުރަތަމަ ދައުރު ނިމި ދެވަނަ ދައުރަކަށް ރައީސް ސޯލިހް ހޮވަން ޕާޓީގެ ޓިކެޓް ރައީސްއަށް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެންމެ ރަނގަޅަކަށް ކޮށްދެއްވުމަށް." ނާޒިލް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު ވާދަކުރައްވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެވެ. ކެމްޕޭނަށް ނަޝީދު ވެސް އައްޑު އަށް ވަޑައިގަންނަވަން ހަމަޖެހިފައިވެއެވެ. އެއީ މި މަހުގެ 23 ގަ އެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނުކުންނަ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޒީ

    ގަމާރަކަށް ތާއީދުކުރާނީވެސް ގަމާރުން.

  2. ބުމަރު

    ރައީސް ޔާމީނުހާ ވަގެއް ނުވާނެ

    2
    3
    • ޥީތާ

      ރައީސްޔާމީނަކީ ވަގެއް ނޫން ވެރިކަމަށް ދަހިވެތިވެ ޔާމީނަކީ ވަގެއްކަމަށް ހަދައިގެން ޖަލަށްލަނީ ޔާމީނު ސަލާމަތުން ހުންނެވިއްޔާ އެހެންބަޔަކަށް ވެރިކަން ނުލިބޭނެކަން އެގި މަކަރާއި ހީލަތުން މީހުނަށް ފައިސާ ފުނިވަރެއް ދީގެން ދޮގުހެކި ހޯދައި އަސްފުން ވެތިކަން ފޭރިގަތުމަށް!އަސްލު ވަގުންނަކީ މިހާރު ވެިކަން ކުރާފަރާތް ކަން ވިސްނައި ފިކުރު ކުރާބަޔަކަށް ރަގަޅަށް އިގޭނެ މުޅިސަރުކާރުގެ ބައިތުލްމާލު ހުސްކޮށް ގައުމު އެތަށް ބިލިޔަނުން ދަރާފައި އެވަނީ ރާއްޖޭގެ ތަރަށްގީއަށް އެއްކަމެއްވެސް ނުކުރެވި ވޯޓް ހާދުމަށްޓަކައި ކޮންމެ ރަށެއްގައި ވެލިފުންޏެއް ޖެހުމަކީ ކަމެއް ކުރެވުމެއްނޫން ޔާމީނު ސަރުކާރުން ނިންމަވާފައިވާމަސައްކަތުގެ ރިބަން ކެޑިމް ނުވިސްނޭ ތަންދޮރު ނޭގޭމީހުނަށް ހީވާކަހަލަ މިސަރުކާރުން ލައްކަ ކަމެއް ކޮށފިއޭ!

  3. ރީކޮއި ހަސަނު

    ޖީބަށް ބޮޑުކުަރަން އުޅޭ ބައިގަނޑެއް މި އިބޫ ސޯލިހު ވަށައިގެން މިއެނބުރެނީ...