އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ޓީމުން ފައިސާ ބަހާނެ ކަމަށާއި އެ ފައިސާގައި ހިފުމަށް އެ ޕްރައިމަރީގައި ދެން ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު އެދުމުން އެމަނިކުފާނު އެކުރެއްވީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި، މަރަދޫފޭދޫގެ އެމްޑީޕީ ޖަގަހައިގައި ދިދަ ނަންގަވައިދެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މި ވޯޓު ގަތުމަށް އެ މަނިކުފާނުގެ ވާދަވެރިން ޕާޓީގެ މެމްބަރުންނަށް ފައިސާ ދޭނެ ކަމަށެވެ.

އެހެންވެ، ފައިސާގެ ދެބައިކުޅަ އެއްބައިގައި ނަމަވެސް ހިފުމަށް އެދިވަޑައިގެން، ނަޝީދު ވިދާޅުވީ، އެއްވެސް މީހެއްގެ ރިޒްގުގައި އަތްލަން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅާއި ގުޅޭ ގޮތުން ވާހަކަދެއްކެވި ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ޤާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ އަށް ބަލާއިރު ކުށެއް ކުރަން މީހެއްގެ ގާތުގައި އެދުމަކީ ވެސް ޖިނާއީ ކުށެކެވެ.

ޤާނޫނުލް އުޤޫބާތުގެ 81 ވަނަ މާއްދާގައި ބުނަނީ ކުށުގެ ޢަމަލުގެ ގޮތުގައި ބެލެވޭނެ ޢަމަލެއް ނުވަތަ ކުށްކުރަން އުޅުމުގެ ޢަމަލެއް ނުވަތަ ކުށްކުރުމުގައި ނުވަތަ ކުށްކުރަން އުޅުމުގައި އެހީތެރިވެދީފިކަމަށް ނުވަތަ އެ ކަމުގައި ބައިވެރިވެއްޖެކަމަށް ބެލެވޭނެ ފަދަ ޢަމަލެއް ކުރުމަށްޓަކައި އެހެން މީހަކަށް އަމުރުކުރުން، ހިތްވަރު ދިނުން، ނުވަތަ އެހެން މީހެއްގެ ގާތުން އެ ކަމަށް އެދުން އެއީ ކުށެއް ކަމަށެވެ.

އެމާއްދާގައި އިތުރަށް ބުނެފައި ވަނީ ކުުށެއް ކުރުމަށް ސާފު ބަހުން މީހެއް ގާތުން އެދުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫންކަމަށާއި މީހެއްގެ ޢަމަލުން އެކަން އަނެކާއަށް އަންގައިދީފި ނަމަވެސް އެ ފުދުނީ ކަމަށެވެ.

ރިޝްވަތުގައި ހިފަން ނަޝީދު ގޮވާލުމަކީ އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ކަމެއް ކަމަށް ވަރަށް ގިނަ ވަކީލުން ވަނީ މީސް މީޑިއާގައި ގޮވާލާފައެވެ. ނަމަވެސް ނަޝީދުގެ މައްސަލަ ފުލުހުން އަދި ބަލަން ފަށާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ސްލޯބެ

    އެމަނިކްފާނު ދެން ވަރަށް ރަނޑުކޮށް ކަތިޔަކަށްހުރެގެން ވިދާޅުވާނެ ދެން އެއީ އެހެން ބުނި އެއްޗެއްނޫނޭ!

    72
    3
    • ދސަދސ

      ހައް ހައް.
      އައިކެން އިމޭޖިން ދަ ސީން.
      ޔޫއަރ ރައިޓް

      33
      1
  2. ަސދސދ

    ދެން އަންނާނީ އޭނާ ސާފު ދިވެހި ބަހުން ދެއްކި ވާހަކައިގެ ތަރުޖަމާ.
    އެތަރުޖަާގައި އޮންނާނީ ރިޝްވަތު ނުހިފަން ހޭލުންތެރިކަން އިތުރުކުރަން ދެއްކިވާހަކައެއް ކަމަށް.

    37
    1
  3. Anonymous

    އޭނާ ބުނީ އެއީ ރާމާމަކުނެއްހެން ބޮއިގެން ގަހަށް އަރާއޮއްވާ ހިނދުކޮޅު އައުމުން ވެރިކަން ހޯދަންވެގެން ބޭނުންކުރި ފަލްސަފާއެއް ކަމަށް. އެއީ ކުށެއް ނޫން ކަމަށް. ފުލުހުން ބުނީ އެއީ ނަފުސާނީ ބައްޔެއް ޖެހިފައިވާ މީހެއް ކަމުގައިވާތީ އެމަސައްލަ ތަހުގީގު ކުރެވެން ނެތް ކަމަށް.

    25
    5
    • ތަމައްދުނު

      ތަންކޮޅެއް ބަސްމަގު ތަހުޒީބުކޮށްލައްވާ. މިހާރު ތި ބަހުރުވައެއް ކަމަކު ނުދޭ

      12
      4
  4. ޕޮގުބާ

    އެއީ ކުށެއްނޫން ސަރުކާރަށް ތާއީދުކުރާ ވަކީލުން އެތިބެނީ ބުރާންތި ަަ އަރާފަ މަގާމް ގެއްލޭތީވެ ސާބަސް ނަސީދު

    32
    7
  5. މަތަރަސް

    ބަލަ މިހިރަ މިހަރަ މޯޑީގެ ޗީފްމިނިސްޓަރައް ހީކުރަނީތަ ސިޔާސީ މީހުންޖަލައްލާގެން ވެރިކަންލިބޭނެކަމަން ؟ މާތްﷲގެ މިންވަރު ޅާއެކު ތިޔަ އިބޫގެ ވެރިކަމުގާސިއްކަޖަހާނެދުވަސް ކާރިވެނިމެނީ؟ ހިޔާފުލެޓްގެ ރައްޔަތުންނައް ކުރިއަނިޔާއާ ފުރައްސާރާގެ ހިތި މިހާރު ރައްތަކުންފެންނަމުންތިދަނީ؟މާތްﷲމިންވަރު ޅާއެކުމިނުރައްޔާތެރިވެރިންގެކިބައިން މިގައުމާއިސްލާމްދީން ރައްކާތެރިކުރައްވާށީ އާމީން

    13
  6. މުފައްކިރު.

    ރައީސް ޔާމީން ފޮނުވި މަގުން ފޮނުވަން ޙުއްޖަތެއް ހޯދީބާ؟

    23
    2
  7. ތުއްތުނާ

    މުހަންމަދުބެމެންބުނާނެ އެމަނިކުފާނުއެވިދާޅުވިއެއްޗެއްގެ މާނައޮޅުވާލަނީއޭ .. ބޯންވާނެއޭ ބޮވެންޖެހޭނެއޭ އަބަދަކުހަމަހޭގަތިބޭކަށް ނުޖެހޭނެއޭ އުޅެންޖެހޭނީ ދޮންމީހުންއުޅޭގޮތަށޭ ބުނީމާވެސް އަތްޖަހަޖަހާފާވެސް ހިތްވަރުދިންމީހަކު ބުނާކޮންމެއެއްޗެއްވެސް މުހަންމަދުބެމެން ގަބޫލުކުރާނެކަންޔަގީން !! އަލިފު ހާ

    22
    1
  8. ޒިންދަގީ

    ހޫން ދެން ކޮބާ ރިޝްވަތު ދޭ މީހުންގެ ކަންތައް؟ ފުންނާބު އުސް ގާނޫނީ ވަކީލުން ނުބުންޔަސް އަހުންނަށް އިގޭ އެއީ ފާފައެއް ކަން. ތީގަ ތިއޮތީ ރާބޯ މީހާ ގޯސް ނުވެ ރާބޯށޭ ބުނާ މީހާ ކުއްވެރިވާ ޒާތު ކަމެއް. ހެހެހެ

    24
    3
    • ގާނޫނީ ކޮސް

      މި ޒިނޭކުރާ މީހާ ކުއްވެރި ނުވެ ޒިނޭ ކުރާށޭ ބުނާމީހާ އެކަނި ކުއްވެރިވުން ކަހަލަ ކަމެއް އުތަ؟ ހާޙާޙާޙާ

      7
      2
  9. މުޙައްމަދު

    އެނޫން ކަމެއް ކުރަން އެނގޭ ހެއްޔެވެ.؟ ތަޅާނެ ކުދިން ކޮޅެެއް ހޯދައިގެން ތަޅަން އުޅުނެވެ. އަދީބު ނަމަކަށް ކިޔާ “ފަންޏެއް” ލައްވައި ބައިތުލް މާލު ލޫޓުވައިލިއެވެ. އިސްވެ ހުރެ މުޅި ޤަޢުމުގައި ހުޅު ޖެހިއެވެ.

    21
    1
    • ބިސް

      އަދަބެއް ދިންތަ؟ އެކަލޭގެއަށް ނުދޭނެ އަދަބެއް މީހަކު މެރިއަސް...ސަރުކާރުތަށް ފިނޑިވެފަ ޤާނޫނު ތަންފީޒު ނުކުރާތީ ވާގޮތް.

  10. ވިސްނާ

    މިއީ ރިޝްވަތުހިފަން ގޮވާލުން ވީމާ،މިއީ ޖިނާއީދައުވާކުރެވޭނެކަމެއް މިމައްސަލަފުލުހުންބަލަން
    ނުފަށަނީކީއްވެ ބަލަންޖެހޭ މައްސަލައެއްމިއީ ވެރިކަމަށްކުރިމަތިލައްވާ ކެމްޕެއިންކުރެއްވުމުގައި
    ދެއްކެވޭނެވާހަކައާ ނުދެއްކެވޭނެވާހަކަ، ކުރެއްވޭނެކަންތަކާ ނުކުރެއްވޭނެކަންތަށްހުންނާނެ ގާނޫނުގެ ކުރިމަތީގައި ކުޑައެއްބޮޑެއްނެތް ހުރިހާފަރާތެއްހަމަހަމަ ރިޔާސީއިންތިޚާބަށް ކެމްޕެއިން ކުރެއްވުމަކީ ގާނޫނަށްވުރެ މަތީގައި ހުރެވޭނެކަމެއްނޫން މީގެކުރީގައިވެސް
    ވެރިކަމުން އިސްތިއުފާދެއްވިދުވަހު ހަގީގަތާޚިލާފް އަޑުތަށް އެރުވުމުން ގައުމުގެތަންތަނުގައި
    އަލިފާންޖަހާ އަންދާ ބޮޑެތިގެއްލުންތަކެއްދީފައިވޭ މިއީވެސް މައްސަލަބަލާ ލިބުނުގެއްލުމުގެ
    ބަދަލުލިބެންޖެހޭކަމެއްނަވެސްއެކަންކުރެއްވިތޯމިހެންމައްސަތަށްދާނަމަ...........

  11. ގައުމީ ލޯބި

    އަވަހަށް ދައުވާ ކުރައްވާ ކޮބާ ޕޕ އެމް؟ ކޮބާ އޭޕީ؟

    6
    1
  12. ޖަމިއްޔާ

    މުނާފިގު ބުނެބަލ ވައްކަންކޮށްގެން ހޯދާ ފައިސާވެސް ބޭނުންކުރާށޭ އެއީ ރިޒުގޭ.

    10
    2
  13. އއ

    ޙިޔާނާނާތުގެ ގޮތުގައި ފައިސާ ދައުލަތުގެ ބައިތުލްމާލުން ނަގައިގެން ބަހާމީހާ ކުއްވެރިނުވެ ފައިސާ ނަގާށޭ ބުނި މީހާ ކުއްވެރިވާ ވައްތަރު ވަކީލުން. އެ ބަހާފައިސާ އެއްމެން އަތުލަންވީ އެހެނޭކިޔާފަ އޭނަޔައް ވޯޓުވެސް ދޭނެ ކަމެއްނެތް. ސަބަބަކީ އެބަހަނީ ދިވެހިރައްޔިތުމީހާގެ ފައިސާ.

    15
    1
  14. ރައްޔިތު މީހާ

    ޤައުމެއްގެ ރައީސެއްގެ ބޮލުގަ ބަދުއަޚުލާގީ އަމަލެއް ނުވަތަ ޒިނޭގެ ތުހުމަތު އެޅުވުންވެސް ކުށެއް ނޫންތޯ... އޭރު ތިޔަ ގާނުނީ ބޭފުޅާ އޮންނެވީ ދެކަމުއެކީގަ ހާޖަތައް ދެވިފަތޯ...

    19
    1
  15. އަލިމުތް

    ރާއްޖޭގަ ކުއްވެރިވަނީ އެވާހަކަ ދައްކާ މީހުންދޯ؟ އެކަމެއް ކުރާ ބަޔަކު ކުއްވެރި ނުވާ ގައުމެއް މި ނޫނީ ނޯންނާނެ. ތި ބުނާ ވަކީލުން ކޮބާތަ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބަޔަކު އަމިއްލަ ޕާޓީގެ ކެމްޕެއިނަށް ބޭނުން ކުރާއިރު؟ ދަންވަރު ބަންޑާރަ ގޯތި އިއުލާން ކުރާއިރު؟

    18
    2
  16. ވަގު އިބުރޭ

    ހަމަ މިޔާ އެއްވަރައް އިބޫ ރިޝްވަތު ދިނުންވެސް ގޯސް. ހުރިހާ ޖަލްސާއަކަށް ދައުލަތުގެ މަސައްކަތު މީހުން ބިރުދައްކައިގެން ގެންދަނީ. ވޯޓު ލާއިރު އޮބްސާރވާރސް ގޮތުގަ އިބޫ ފެކްޝަންގެ މީހުން ބައިތިއްބަނީ.

    14
    • ވަންޗޮ

      އެއީ ދޯ އަސްލު މައްސަލަ. އެއީ ކުށެއް. ނުފޫޒު ފޯރުވައިން ޕްރައިމަރީ ގަޑުބަޑުކުރުން ތާހިރުތަ؟؟؟

  17. އަބޫ ޒައިނަބު

    އިސްލާމްދީނުގައި ވަނީ މީސްތަކުންގެ މުދާ ނަހަމަ ގޮތުގައި ކެއުން ޙަރާމް ކުރައްވާފައެވެ. މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކެވޭނެ އެންމެ ބޮޑު ގޮތަކީ ރިޝްވަތުގެ ގޮތުގައި ބޭނުންކުރުމެވެ. ސަބަބަކީ ޙައްޤު މަގުން ކަމެއް އެއްކިބާ ކުރުމުގެ ގޮތުން ފައިސާ ދެވޭތީއެވެ. ރިޝްވަތުގައި ޝާމިލްވާ ތިން ރުކުންވެސް ވަނީ ޙަރާމް ކަންތައްތަކުގެ ތެރޭގައެވެ. އެއީ ރިޝްވަތުދިނުމާއި، ހިފުމާއި އަދި އެކަމުގައި މެދުވެރިއަކަށްވުމެވެ. އިސްލާމްދީނުގައި އެންމެ ބޮޑަށް ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި ރިޝްވަތުހިމެނެއެވެ.

  18. އަވަށުމީހުން

    ވަކީލުންވެސް ރިޝްވަތު ނަގާ..

    14
  19. ދރދރ

    މިކަލޭގެއަށް މިކަމުގައި ފިޔަވަޅު ނާޅައިފިނަމަ ރިޝްވަތު ހިފަން އާއްމުކޮށް ގޮވައި އެއާދަ ދިވެހިންތެރޭ ފެތުރުމަކީވެސް ކުށަކަށް ނުވާނެ ؟

    5
    3
  20. ރސވނ

    އެބުނާހެން ކުރިންވެސް ކަން ކުރަމުންދާ ގޮތަށް ކުރަމުންދޭ.
    ވަކީލުންވެސް ބޭނުންވަނީ ވަރަށް ސިއްރުން ނަގާ އެއްޗެއް ނަގަން.

  21. އަލީ ދޫނި

    ރާއްޖޭގެ އާއްމު އުސޫލު. ކުޅި ކުޅޭ މީހާ ކުއްވެރި ނުވެ ކުޅި ކުޅެފިއޭ ބުނާ މީހާ ކުއްވެރިވާނީ. ފުލުހުން ފަހާ ދުވާނީވެސް އެވާހަކަ ދެއްވި މީހާ ފަހާ. ކުޅުނު މީހާ އޮންނާނީ އިތުރަށް ކުޅެން. މިހާރު އެއްކަލަ ރާއްޖޭޓީވީ ކުޅީ ސޮރު ވީ ތަނެއް ވެސް ނޭނގޭ!

  22. ނަޖްވާ

    ވޯޓު ސައްހަ ކަން އެއްކިބާގަ ބާއްވާފަ ބަލަންވީ މި ނަސީދު އަށް ޕްރައިމަރީ ގެ ވާދަ ކުރުމުގެ ޝަރުތު ހަމަވޭތޯ ނު! މިހާރުވެސް އެއޮތީ ޖިނާއީ ކުށް ކުރުމަށް ހިތްވަރު ދިނުމަށް ގޮވާލާފަ! ބަޔަކު މައްސަލަ ޖައްސާއިގެން ރަގަޅު ސަރީޔަތެއް ހިންގައިފިއްޔާމުން މި ނަސީދު ކުށްވެރި ނުވާނެ އެއްގޮތެއްވެސް ނޯންނާނެ! މީ މީނަގެ މައްސަލަ އަކީ! ކިޔޭ ނުކިޔޭ އެއް ނޭނގެ! ކީކޭ ދެން އަޅެފަހެ ބުނާނީ ވިއްޔާ!

    3
    1
  23. ޙަަަހަ

    ނުބެލޭނެ ނުވެސްބަލާނެ ، ބަޔަކު ބުނާގޮތުން އެއީ ޤާނޫނުގެ މަތީގައި ހުރިމީހެއް ، އޭނަ ކޮންމެފަދައެއްޗެއް ބުންޏަސް އޯކޭކަމަށް ދިވެހިނގެ ބޔަކު ދެކޭ ، ކީއްކުރާނީ އޯގާތެރިވެރިއާ އޯކޭ ، ނިކަމެތި ރައްޔިތުމީހާ ނޮޓް އޯކޭ

  24. ހަޤީގަތް

    ނުވާނެ އެމަނިކުފާނެއް ކުށްވެރި އެއް! ކުއްވެރިވާނީ އެހެން ވިދާޅުވި އަޱުއިވުނު މީހުން.

  25. ހުސެން

    އޭނާ ހިފާ ހައްޔަރުކުރޭ .މިއީ އެންމެ ބޮޑު ވަގު

    3
    2
  26. އިބޫ ސާލިހް

    މާކުރިންވެސް އެމްޑީޕީ އަކީ ރިޝްވަތު ދޭ ޕާޓީ އެއްކަން އެންމެންނަށް ވެސް އިނގެއެވެ. އެމް އެމް ޕީ އާރުސީ ގެ ގިނަ ފައިސާ ހުރީ އިބޫ ސޯލިހް ގެ އަތުގައެވެ.

  27. އައިމޯ

    ނަޝީދު އެކަނިނުން ކުއްވެރިވާނީ ، ރައީސް ވެސް ކުއްވެރިވާނެ ، ރިޝްވަތު ދިނުމަކީވެސް މަނާކެއް ، ފައިސާ ބަހާނަމަ އެބަހާމމީހާވެސް ހިމެނިގެން ހިފާމީހާ ކުއްވެރިވާނީ ،،،

    2
    1
  28. ކަޅޭ

    ކޮންތާކު އޮތް ގާނޫނަކުން އޭނާގެ މައްޗައް ދައުވާކުރަނީ އޭނަގެމައްޗައް މިގައުމުގަ ހިންގޭނެ ޝަރީޢަތެއްނޯންނާނެ
    ވަކީލުންވެސް ތިޔަޔައްވުރެނ ހަމަޖެހޭވާހަކައެއް ދައްކަބަލަ

  29. ރެފްރީ

    މިމީހާ ކުށްވެރިނުވާކަމެއްނެތް. ވާނީވެސްއެހެން ވާހަކަދައްކަންނޭގޭވިއްޔާ

  30. އަހްމަދު

    ރިޝްވަތުދޭމީހާ ގާނޫނުން ކުށްވެރި ނުވެފާ ރިޝްވަތު ހިފަންބުނާމީހާ ކުށްވެރިވަނީ ކޮން ގާނޫނަކުންބާ؟

  31. އަބްދޫ

    ތަންތަނުގެ ރޯވީމަވެސް ތަހުގިގު ރަނގަޅަށް ކުރިނަމަ ،މަރުކޮމިސަނުގެ މަރުތައްވެސް ރަނގަޅަށް ތަހުގިގު ކުރިނަމަ ގެއްލިގެން އުޅޭ މީހުންވެސް ރަނގަޅަށް ތަހުގިގު ކުރިނަމަ ކުއްވެރިޔާ ހޯދޭން ކުއްވެރިވާނެ.

  32. އަބްދޫ

    ދުލުން ނިކުންނާނީ ކޮންމެވެސް ދިނާއި ހިލާފު ނުވަތަ ގާނޫނާއި ހިލާފު ކަމެއް ކުރާވާހަކަ . ހަމ ބުނެލާ އިރަށް ފަހަތުގަ ތިބޭ މީހުން އަތްތިލަޖަހާނެ. މިމީހުންނަކަށް ނޭގޭބާ ؟ތިމަމްމމެންކަން އޭނަނެރެގެން އޭނަލައްވާ ގޯސް ގޮވެލިތައް މިގޮވަނީ ކަން. މާތްﷲ ގެ ވަހީބަސްފުޅުގަވޭ ގިޔާމަތް ދުވަހު މަހުސަރު ކުރައްވާނީ އެމީހަކު ލޯބިވާ ބަޔަކާ އެކުގަކަން ފަހަތުގަ ތިބެ ގުންފަިޖަހާފަ ކުރިޔަށް ނެރެގެން އުލެނީ ނުބައި އަމަލު ހިންގާ ފާސިދު މީހަކުނަމަ އެމީހާ ހިންގާ ހުރިހާނުބައި އަމަލެއްގެ ފާފަ އެމީހާ އާ އެއްވަރަށް އަތްތިލަޖަހާ ސަޕޯޓް ކުރާ މީހުންވެސް އުފުލަންޖެހޭނެ. އެމީހާ ނަރަކަޔަށް ވައްދާނަމަ އެމިހާކުރި ހުރިހާ އަމަލެއްގާ އަތްތިލަޖަހާ އުޅުނު މީހުންވެސް އެމިހަކާ އެކު ނަރަކަޔަށް ވަންނަން ޖެހޭނެ.

  33. އަދުރޭ

    މިގައުމައްޖެހިފައިވާ ގިލަންވެރިކަމާއި ނުކުޅެދުން ތެރިކަމަކީތި އެވެ ރިސްވަތު ބަހާމީހާއްވުރެ ހިފަންބުނާމީހާ ކުއްވެރިވުމެވެ ލިވާތުކުޅި ކުޅުނުމީހުން ކުއްވެރިނުވެ ވީޑިއޯބެލިމީހުން ކުއްވެރިވެ މަސްތުވާތަކެތި ބޯމީހުން ހައްޔަރުވެ އެތެރެކުރާމީހުން ސަލާމަތްވުމެވެ މޯގައުމެއް ހަލާކްވެދިއުމުގެ ފެށުމެވެ

  34. ޓިނޭ

    ރައީސް ނަސީދަކީ ވެރިކަމުގެ އަވާގައި ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭމިންވަރަށް ރޯނާވެފައިވާ މީހެއް. އެހެންވީމަ ރައީސް ނަޝީދު ވެރިކަމަށް ކުފޫހަމަ ނުވަނީ އަބަދުވެސް ހުންނާނީ ހިނދުކޮޅޮ އައިސްފަ. ކަޑަ ވެރިކަމަށް ކުފޫހަމަނުވޭ.

  35. ކޮރަލް

    ހައްޔަރު ކޮށްބަލާށެވެ. ގާނޫނު ކުރިމަތީ ހަމަހަމަ ވާނެ އެވެ.

  36. ބަރުފޮދު

    އެއީ ގާނުނަށް ވުރެ މަތީ މީހެއް، ކޮންމެފަދަ ކަމެއްކުރިއަސް ދެވޭނެ އަދަބެއްވެސް ނޯވޭ...އެއްވެސް އަދަބު އިހްތިރާމެއް ދަންނަ މީހެއްނޫން އެއީކީ...

  37. ޙުސެން

    ޖަލައްލާ އޭރުން ޕްރައިމަރީ ލިބުނީނުން އޮޓޯގަ…

  38. އަދުއްﷲ

    ސިޔާސީ ބޭފުޅުންގެ ވާހަކަ ތައް އެއީ ސަޕޯޓަރުންް ވިސްނަން ޖެހޭ ކަމެއް ނޫން ސަޕޯޓަރުންް ކުރަންޖެހޭ ކަމަކީ އަތް ޖެހުން އެ ވަރިހަމަ ކޮންމެ ފަދަ ވާހަކައެއް ކަމަށް ވިޔަސް ސާބަހޭ ދޫނި ރާއްޖެ ސާބަހޭ ސިޔާސީ ލީޱަރުން ސާބަހޭ ރައްޔިތުން ތި ތިބީ ހޭ ކުޱައިވެފަ ސާބަސް އަށް ސަރިބަސް