ސަރުކާރުގެ "ގެދޮރުވެރިކުރުން ޕްރޮގްރާމް" ގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މަހުކުލި ނުދެއްކި ހުރި ފަރާތްތަކުން އައުޓްސްޓޭންޑިންގ އާއިއެކު ކުލީގެ ޕޭމަންޓް ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭން ޕްލޭނިންގ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާގޮތުން އެ ޕްރޮގްރާމްގެ ދަށުން ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބު ތަކާއިހުރެ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ މަހުކުލި ނުދެއްކި ހުރި ފަރާތްތަކުން އައުޓްސްޓޭންޑިންގ އާއިއެކު ކުލީގެ ޕޭމަންޓް ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކުން ދައްކަންޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ އައުޓްސްޓޭޑިންގ އާއިއެކު ޕޭމަންޓް ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުހެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ ކުރިން މިނިސްޓްރީން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، ފްލެޓްތަކަށް ކުލި ނުދައްކާ މީހުން އުޅެއެވެ. މީގެ ތެރޭގައި އެއްގޮަތަކަށް ކުލި ނުދައްކާ ފްލެޓްތަކާއި ފްލެޓްތަކަށް ބަރާބަރަށް މަހު ކުލި ނުދައްކާ ފަރާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝަމިން

    ފުލެޓުތަކުގެ ކުލި ރީޝެޑިއުލް ކޮއްލާފަ ހިޔާ ފުލެޓު ބިލްޑިންގުތަށް އިންޑިޔާގެ އަޝޯކްލޭލަންޑަށް ދުއިސައްތަ އަހަރަށް ބިމާއި އެކު ވިއްކާލާ، އޭރުން ރައްޔިތުންނަށް ފާގަތިކަން ހޯދާދެވުނީ.

    14
  2. ހަސަނު

    އެބަރަނގަޅުވޭ...23 ކެމްޕޭން ފެށިފަ...ޝުކުރިއްޔާ

    2
    1
  3. ކކކޮކކކޮ32

    މީ ކޮން ބޭކާރު ވާހަކައެއް..އެމީހުން އަތުގަ އަހަރުމެންގެ ނަންބަރުތައް ހުންނާނެ ފޯނަށް މިހާރުވެސް އަންނަ މެސެޖް މަދިތަ ދެންވެސް މިވާހަކަވެސް މެސެޖްކުރެވޭނެ..މިޚބަރަކަުން ތައެއް މައެއްނޭގެ.. އެއްކޮޅުން ހައުސިންގ މިނިސްޓްރީ އަނެއްކޮޅުން އެޗްޑީސީ އެތާހުސްޕާޓޭން

  4. ވަލުކޮތަރު

    ރިޝެޑިއުލް ކުރިއަސް ފުލެޓްތަކުގެ ކުލި ކަނޑާލިއަސް ކޮތަރުކޮށިތަކުގެ މީހުންގެ ވޯޓެއް ޗޯރުއިބޫ އަކަށް ނުދޭނަށް. ވައްސަލާމް.

  5. ޢަބްދުﷲބެ

    ކޯބައިތަ އަހަރެމެން ބަރާބަރަށް ފައިސާދައްކާމީހުންނަށް އޮތްފަހި ގޮތަކީ. ؟

    9
    1
  6. އަބްދޫ

    އިންތިހާބާދިމާކޮށ ރައީސްގެ ހެޔޮފުޅުކަން ދެއްކުމަކީ ކުށެއް.ރީސެޑިއުލް ކޮށްގެން ކުރިޔަށް ގެންދަންޖެހެނީ މިހާރަކު ނޫން. ފްލެތް ލިބޭފަރާތާއި ފްލެޓް ދޫކުރާފަރާތާ ދެމެދު ހެދިފައިވާ އެގްރީމެންޓާ އެއްގޮތަށް އަމަލުކުރުމަކީ ދަވްލުން ކުރަން ލާޒިމް ކަމެއް . ފައިސާ ނުލިބި ދިއުމަކީ ދަވްލަތުގެ އިހުމާލެއް.އެގްރިމެންޓްގައިވާގޮތުގެ މަތީން ފްލެޓް އަތުލުމަށްފަހު އެފައިސާ ދެއްކޭފަދަ ފަރާތަކަށް ފްލެޓް ދޭންޖެހޭނެ.އެހެނީ އެފައިސާއަކީ ދިވެހި ހުރިހާ ރައްޔިތުންގެ ހައްގެއް .ދިވެހި ހުރިހާރައްޔިތުންގެ ހައްގެއް އެންމެ ފަރާތަކަށް ދޫކޮށްލުމުގެ ހައްގު އެއްވެސްފަރާތަކަށް ލިބިގެންނުވޭ. ރީސެޑިއުލް ކުރެވޭނީ އެގްރިމެންޓްގާ އޮތް މުއްދަތުން މިހާރު ބާކީ އޮތް މަސް ތަކުގެތެރޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރެވެގޮތަށް، މިގޮތަށް ބަދަލުވުމުން ކުރިން ދައްކަންޖެހޭއަދަދަށް ވުރެ މިހާރު ދައްކަންޖެހޭ އަދަދު ބޮޑުވެގެންދާނެ. ކުޑައަދަދުން ފައިސާ ނުދެއްކުނު ބަޔަކަށް ބޮޑުއަދަދު ދެއްކިދާނެބާ؟ އާފެށުމަކުން ފައިސާ ދައކަން ފަށާ ކުރީސެޑިއުލް ގަ އޮތް މުއްދަތުން އެ އަދަދަށް ފައިސާ ދައްކާ ހަލާސްކުރާނަމަ ފްލެތަތަކުގެ ފައިސާދެއްކިފަރާތަށް ވެސް އަދި ދައްކާފަ ހުރި ޕޭމަންޓް ތަކަށް ވެސް ބަދަލުގެންނަން ޖެހޭނެ. މިސާލަކަށް ކުރިން ދައކަންޖެހެނީ 2000 ނުދައްކާތާ 60 މަސްވެއްޖެ އެމީހުންއެތަ ދިރި އުޅޭތާ 60 މަސްވީ.މުއްދަތަކީ 120 މަސް ދުވަސް ނަމަ 60 މަސް ފަހުން އލުންފަށައިފިނަމަ ފައިސާދައްކާ ހަލާސް އެކުރެވުނީ އެމިހުން އެތަތިބޭތާ 15 އަހަރު ވެދިއުމުން. މަހަކު 2000 ރ 10 އަހަރަށް ޖެހެނީ 240000 ރުފިޔާ . 15 އަހަރަށް ބެހުމުން މަހަކަށް ޖެހެނި 1333.33 ރުފިޔާ. ހުރިހާ މަހެއްގެ ފައިސާ ދައްކާ ހަލަސް ކުރަމުންއަންނަ ފަރާތްތަކަށް ވެސް މި ލުއި ލިބެންޖެހޭނެ. މި ފްލެޓް މައްސަލާގަ އެއްވެސް ފަރާތަކަށް ތަފާތުކުރުމުގެ ހައްގު ދަވްލަތަށް ލިބިގެންނުވޭ.

    4
    2
    • ނިކަމެތި އަޅާ

      ކަލޭގެ ވިސްްނުން ތިހުރިގޮތުން ނިކަމެތިން ދުނިޔޭގަ އުޅޭނެ ކަމެއްނެތް. ބަލަ ބޯހިޔާ ވަހިކަމަކީ ވަކި ބަޔަކަށް އޮތް ހައްޤެއްނޫން. ކޮންމެ ރައްޔިތަކަށް ބޯހިޔާ ވަހިކަން ކަށަވަރު ކޮއްދިނުމަކީ ދައުލަތުގެ މައްޗަށް ޤާނޫނުން ލާޒިމް ކުރާ ކަމެއް. ވާނުވާ ނެތްގިގެން ނޫޅެބަލަ.