ޒަރޫރީ ބޭނުންތަކަށް ތަނަކަށްދާން ޖެހުމަކީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ގާއިމްވެ ތިބެން ޖެހޭ ސަބަބެއް ނޫން ކަމަށް ހެޕީމާކެޓްގެ ސީއީއޯ ކެޕްޓައިން (ރޓޑ) އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްސަމަދު (ސަމަދުބެ) ބޭސް ފަރުވާއަށް ޢާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފާޑު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އިހުސާން ވިދާޅުވީ އެ ވާހަކަ އެ ރާގަށް އެ ބަހުރުވައިން ދައްކަން ވާނީ ޑިފެންސް މިނިސްޓަރެއް ނޫން ކަމަށެވެ. ޑިފެންސް މިނިސްޓަރު ކަންކަމަށް އެޑްރެސް ކުރައްވަން ޖެހޭނީ އެއަށްވުރެ ހަރުދަނާ ގޮތްތަކެއް ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

https://twitter.com/ali_ihusaan/status/1626793267647102976

ޒަރޫރީ ބޭނުންތަކަށް ތަނަކަށް ދާން ޖެހުމަކީ ދިވެހި ރާއްޖޭގައި އެ ގައުމުގެ އަސްކަރިއްތާ ގާއިމްވެ ތިބެން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ޑިފެންސް މިނިސްޓަރަށް ހަނދުމަފުޅުކޮށް އަރުވަން. ތިއީ ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓަރު. އިންޑިއާގެ ޑިފެންސް މިނިސްޓަރެއް ނޫން. ދިވެހި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގައި އުޅުއްވި ބޭފުޅަކަށް ހަޖޫ ޖައްސަވައި ބޭރުގެ އަސްކަރިއްޔަތައް ސަނާ ދެއްވުން ބަލައެއްނުގަނެވޭ." އިހުސާން ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މި ދޭތެރެއިން މީޑިއާތަކުގައި ކޮންމެ ރެއަކު އަވަށްޓެރި ގައުމުގެ މިލިޓިރީއާ ދިމާލަށް ވަރަށް ބަރާށް އެކި ގޮތްގޮތަށް ގޮންޖައްސަވައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ވެސް ފައުޖުގެ ކުރީގައި ދިދަ ހިއްޕަވައިގެން ބޭފުޅަކު ހުންނެވި ކަމަށެވެ.

ސަމަދުބެއާއި ދިމާކޮށްލުމުން މާރިޔާ ހޫނު ފެނަށް

"ތުބުޅި ބާލައްވައިގެން އާއިލާއެކުގައި އެ ގައުމަށް ވަޑައިގެންނެވި. ވަޑައިގަންނަވައިގައި ދެން ފެނިގެން ދިޔައީ އަބުރާ ވަޑައިގެންތައް. ކެމެރާތައް ހުރީ އަޅުވާފައި. ވަޑައިގެން ވާހަފުޅުދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މޫނުގައި އަތް އަޅުއްވާ. އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނުހެން. ކޮންމެ އަކަށް ވިދާޅުވީ މުޅި އުމުރު ތިމަންނަ ހޭދަކުރީ ސިފައިންނާއި ފުލުހުންގެ ތެރޭގައި ކަމަށް. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމު އަބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން. މި ވަރު މީހުން ނިކުމެ އުޅެނީ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މި ސަރުކާރުގެ ސިފައިންނާއި ފުލުހުންގެ ގައިގައި އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް ރޮއިނުގަންނަހާ ހިއްވަރު ހުންނާނެ ކަމަށެވެ. މިހާރުގެ ސިފައިންނަކީ ހެދެނީ ނެހެދެނީ ކިހިނެއްކަން އޮޅޭނެ ބައެއް ނޫން ކަމަށެވެ. ރައީސްގެ ދިފާއީ ސިޔާސަތަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއިއެކުގައި ކަންކަން ކުރައްވާ ރަހުމަތްތެރިކަމާއިއެކުގައި ހުރިހާ ގައުމަކާއިއެކުގައި އުޅުން ކަމަށް ވިދާޅުވިއެވެ.

މާރިޔާ އެ ދެއްކެވި ވާހަކަތަކާއެކު ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިކަމުގެ ހުރިހާކަމެަ ރޭވީ މާރިޔާ

  2. ޙާދިސާބޭބެ

    މާރިޔާ ދިވެހި ގާނޫ އަސާސީ މަށްޗަށް ކޯޅަށް އެރީމާ މުގުރުން ބޮލުގައި ޖަހަންޖެހޭ އެކަން ދިވެހިން ނުކުރީމާ އަންގައޮރި ކުރަންވީކީނޫން!