ޅ ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފިއެވެ.

މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.

ޝިޔާމް ހުށަހެޅި ޤަރާރުގައި ބުނާގޮތުން ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމަށް ފެނަކައާ ހަވާލުކުރި ނަމަވެސް އެމަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ފެނާ ނަރުދަމާ ނޭޅި އެތައް ގެއެއް ހުރުމާއެކު ޚިދުމަތް ލިބިގަތުމުގައި ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށާއި ވީހާވެސް އަވަހަށް މިމައްސަލަ ހައްލުކުރުމަށް އެޤަރާރުގައި ވަނީ އެދިފައެވެ.

ޤަރާރުގައި ބުނެފައިވަނީ ނައިފަރުގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ "އެލްއީ ޓްރިވެނީ ޖޭވީ" އާއެކު ވެފައިވާ އެއްބަސްވުން 23 ޖެނުއަރީ 2020 ގައި ސަރުކާރުން އުވާލާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް - ފޮޓޯ: މަޖިލީސް
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް - ފޮޓޯ: މަޖިލީސް

މި ޤަރާރު ހުށަހަޅަމުން ޝިޔާމް ވިދާޅުވީ ނައިފަރަކީ ހަހާސް މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވެފައި އެފަދަ އާބާދީއަށް ފުރިހަމަ ނުވާ ނިޒާމަކުން ޚިދުމަތްދިނުމަށް ހުރި ދަތިތަކާ ގުޅޭ ރިޕޯޓެއް ފެނަކައިން ތައްޔާރުކޮށްފައިވާ ކަމަށެވެ.

އެރިޕޯޓުގައި ބުނާގޮތުން ފެނަކައިން ފެން ދޫކުރާ އާރްއޯ ޕްލާންޓުން ފެންލީކުވެ ދަބަރު ޖަހާފައިވާ ކަމަށާއި ޕްލާންޓުން ފެން ދޫކުރުމަށް ގާއިމުކުރި ޕަންޕް ސްޓޭޝަން ސާވިސް ނުކުރެވި ކްލޮރިން ހުސްވުންފަދަ އެތައް މައްސަލަތަކެއް ހުރި ކަމަށެވެ.

ނައިފަރުގައި މިހާރު އޮތް ނަރުދަމާ ނިޒާމުން ނަޖިސް ލީކުވުމުގެ ސަބަބުން ސިއްޙީ ގޮތުންވެސް މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ޤަރާރުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަމަސްތޭ

    ޔާމިންބެ ނުނިންމާތަ އޮތީބުރޯ . . . ސޯލިހު އެދަނީ ފަހަރަކުރަށެއް ނިންމަމުން . . ކަލޭގަރާރު ނުލިޔަކަސް އެކަންކުރާނެ އޯކޭ

    2
    5
  2. ސޭބޯ

    ތީ ޝިޔާމް ގެނަ ބައެއް.. ދުވަހަކުވެސް ރަށެއްގައި ނަރުދަމާ އެޅިބައެއްނޫން.. ރަށުގެ މެއިން ކަރަންޓް ކޭބަލް ދަމާނަގާ ބުރި ކުރިބައެއް..

    3
    1
  3. އައްޔަ

    އެރަށގައި އުޅެނީ އެމްޓީސީސީ މީހުން. އެމީހުންނަށް އެއްޗެއް ހަދަން ނޭގޭކަމަށް މަނިކުފާނުވެސް އެއްބަސްވެއްޖެ.

  4. ނައިފަރު މާބޭބެ

    ނައިފަރުގައި ފެނާ ނަރުދާމާގެ ނިޒާމުގާއިމުކުރުމަށް ޕީ ޕީ އެމްގެ ވެރިކަމުގައި 2014 ގައިހެދި ދިރާސާއަކަށް މަސައްކަތްފެށީ 2017 ވަނައަހަރު ޝިޔާމް އާ އޭރު
    ފބިލެތްދޫ ދާއިރާގެ މެމްބަރުއާ ދެމީހުންވެގެންހެދި ކަރުދާހު ކުންފުންޏަކުން މަސައްކަތް ނަގާފައި މަސައްކަތްހަވާލުކުރީ އިންޑިއާ ކުންފުންޏަކާ.އެމީހުންގެނެތްމަސައްކަތް ކުރުމުގެ އެއްވެސް ގާބިލްކަމެއް ރަށުތެރޭން ދުވާލަކު ތަންކޮޅެއް ކޮނެލާފަ ހަވީރުވީމާ ފަސްލާފަ އެހެންއުޅުނީ ޔާމީނުގެ ދައުރު ނިމުއުއިރުވެސް.2014 ގައި ޕީޕީއެމް ސަރުކާރުއްހެދި ދިރާސާއަށްފަހު ނައިފަރަށް ގެނެސްފައިހުރީ ދުވާލަކު 80 ޓަނުފެންހެދޭނެކަމަށް ލަފާކުރެވޭ ދެޕްލާންޓް.އެކަމަކު އޭގެން ޕްލާންޓަކުންހެދެނީ 60 ޓަނުފެންދުވާލަކު.ހުރިހާ ހަޑިއެއްހާވާފައިވަނީ ޝިޔާމުއަށް ސީދާ ބައިއެޅޭގޮތަށް ޕީ ޕީއެމް ސަރުކާރުން.މިއަދު ރައްޔިތުންނަށް އޮޅުވާލަން ބޭގަރާރުތަކެއް މަޖިލީހަށްލިޔަސް