ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތަކަށް ފްލެޓް އަޅަން ދިން އިރު ކޮންމެ ކުންފުންޏަކުން ވެސް ސަރުކާރަށް ދޭން ޖެހޭނެ ކަމަށް ކަނޑައެޅި ފްލެޓްތަކުން ލިބޭނީ 36 ފްލެޓްކަމަށް މިސަރުކާރުން ބުނި ނަމަވެސް އެފްލެޓްތަކަށް ވެސް ވީގޮތެއް ނޭނގި ފްލެޓްތައް ގެއްލިއްޖެ ކަމަށް އާއްމުންގެ އެކުވެރި ގުޅުމުން ބުނެފިއެވެ. އާއްމުންގެ އެކުވެރި ގުޅުމަކީ ބޯހިޔާވަހިކަމުގެ މައްސަލައިގައި އަޑުއުފުލާ ޖަމިއްޔާ އެކެވެ.

އާއްމުންގެ އެކުވެރި ގުޅުން ނުވަތަ ކޮތަރު ކޮށިން މިއަދު އާއްމުކުރި ބަޔާނެއްގައި ވަނީ ހިޔާ އެއްކޮޓަރި ފްލެޓުތަކާއި ބެހޭގޮތުން ހައުސިން މިނިސްޓަރ މުހައްމަދު ⁦‪އަސްލަމް‬⁩ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުރަތަމަ ހެދީ ދޮގުކަން ފާހަގަ ކޮށްފައެވެ. އެއް ކޮޓަރި ފްލެޓުތައް ވުޖޫދުގައި ނުވާކަމަށް އަސްލަމް ފުރަތަމަ ވިދާޅުވި ކަމަށާއި އެހެންނަމަވެސް އެއީ ދޮގެއްކަން ހާމަވެ، ފަލީހަތްވުމުން ސަރުކާރުން އެއް ކޮޓަރި ތަންތަން ގަންނަން ބޭނުން ނުވާކަމަށް ބުނެ އެސްއޯއީ ތަކަށް ފޮނުވި ސިޓީތައް ފެންމަތިވުމަށް ފަހު, ހިޔާ އެއްކޮޓަރި ފްލެޓުތަކުން ސަރުކާރަށް ނެގެން އޮތީ ހަމައެކަނި އެމްޑަބްލިއުއެސްސީ އިން އަޅާ ފްލެޓުތަކުން 36 ފްލެޓު ކަމަށް ވިދާޅުވިކަން ވެސް އާއްމުންގެ ޖަމިއްޔާ އިން ފާހަގަ ކުރިއެވެ.

އެ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދޭނެވާހަކަ ވިދާޅުވިކަމަށާއި ‏18 ފެބްރުވަރީ 2021 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނެރުނު އިއުލާނުގައި އެމްޑަބްލިއުއެސްސީގެ ފްލެޓުތަކުގެ ތެރޭގައި ހިމެނޭ ހިޔާ އެއް ކޮޓަރީގެ 36 ފްލެޓު H14 އަދި H12 އަށް އެލޮކޭޓު ކޮށްފައި ވާކަން އިއުލާން ވެސް ކުރިކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެހެންނަމަވެސް އިއްޔެ އެމްޑަބްލިއުއެސްސީ ފްލެޓުތައް މީހުންނާ ހަވާލުކޮށް ނިމުނުއިރުވެސް ދެންނެވުނު 36 ފްލެޓުގެ އެއްވެސް ހަބަރެއް ލިބިފައި ނެތްކަމަށް އެޖަމިއްޔާ އިން ބުންޏެވެ. އިއުލާނުގައި ވާގޮތަށް އެމްޑަބްލިއުއެސްސީ ފްލެޓުތަކުގެ ތެރެއިން އެ 36 ފްލެޓު އެލޮކޭޓު ކުރިތޯ ނޫންތޯ؟ އެ ފްލެޓުތައް ބަޔަކަށް ދިނީތޯ ނުވަތަ ނޫންތޯ ނޭނގިގެން އެ ކެޓެގަރީން ކުރިމަތިލި ފަރާތްތަކުން އާއްމުންގެ ޖަމިއްޔާއަސް ގުޅަމުން އެބަދާކަމަށް އެޖަމިއްޔާ އިން ބުންޏެވެ.

އެހެންކަމުން މީޑިއާތަކުން ވުޒާރާއަށް ގުޅުއްވަވައި އެ 36 ފްލެޓަށް ވީގޮތް ސާފުކޮށްދެއްވުމަށް އާއްމުންގެ ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ. އަދި ‏އެ 36 ފްލެޓަށް ވީނުވީ އެއް ނޭނގި H14 ގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، H12 ގެ މާލޭ ރަށްވެހިންގެ ބައިން ކުރިމަތިލައި ފްލެޓު ލިބުނު މީހުން ތިބީ މާޔޫސްކަންމަތީގައި ކަމަށް ވެސް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި ސްޓެލްކޯ ފްލެޓްތަކުގައި ވެސް ސަރުކާރަށް ދޭން ޖެހޭ އެއް ކޮޓަރީގެ 144 ފްލެޓް ހުއްޓެވެ. ނަމަވެސް މިސަރުކާރުން ނިންމީ އެފްލެޓްތައް ބޭނުން ނޫން ކަމަށެވެ. ޔާމީންގެ ސަރުކާރުގައި ކުންފުނިތަކުން އެޅި ފްލެޓްތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާގައި ހުރި ހުރިހާ ފްލެޓެއް ޖެހެނީ ސަރުކާރުން ބޭނުން އަގެއްގައި ސަރުކާރަށް ވިއްކާށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުން އެގޮތައް އަމަލު ކުރަން މިސަރުކާރުން ބޭނުމެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެހެން

    މިއީ ވަރަށް ގީދަޅު ސަރުކާރެކޭ

    • ހުވަދޫ

      ގޫދަޅެ ސަރުކާރެކެ ކެކެކެ

  2. Anonymous

    1 ކޮޓަރި ފްލެޓް ތިއީ ދެން ކޮންކަހަލަ ކަމެއްތަ އަޅެފަހެ! އެއަށްވުރެ ރަނގަޅު ވާނެ ގެސްޓްހައުސްއަކުން ރޫމެއްގައި ހުއްޓަސް.

    މިއުޅެނީ ވަންނާނެ ތަނެއް ނުލިބިގެންނެއް ނޫންވިއްޔާ!

    ހަމަޖެހިލައިގެން އުޅެވޭނެގޮތެއް ނެތިގެންދޯ މިއުޅެނީ. ޔާމީނޭކިޔާމީހަގެ ދުރުވިސްނުމުގައިވެސް އައިބުކަން ހުރިކަން ސާބިތުވޭ މިކަހަލަ ކޮސްކަންކަން ހުންނާތީ، "ފައިސާ" ފިޔަވާ. ލޮލް.

    4
    19
    • އަލިމުތް

      ކަލޭ ކޯޗެއް ބޮއެގެން؟ މިއުޅެނީ ހަމަ ވަންނާނެ ތަނެއް ނެތިގެން. އެއްރޫމް އެޕާޓްމެންޓަކީ ދަރިން ނެތް ނުވަތަ އެންމެ ދަރިއަކާ އެކު އުޅޭ ދެމަފިރިން ވަކިން އުޅެވޭނެހެން އަޅާ ތަންތަން. ކަލޭ ގަމާރަކަސް އަހަރުމެންނަށް ވާނުވާ އިނގޭ!

  3. ހަމަ ކޮތަރު ކޮށި

    ތިއަށްވުރެ ރަނގަޅުވާނެ ކޮންޓެއިނަރ އެއްގައި ދިރިއުޅުނަސް.
    1 ކޮޓަރި ފްލެޓޭކިޔަންވެސް ލަދެއްނުގަނޭ ބާއޭ ހިތަށްއަރާ. މިކަން މިގޮތަށް ހެދިމީހުންނަށް ނޭނގެނީބާ މިހާރުވެސް މިއުޅެވެނީ 1 ކޮޓަރީގައި ކަމެއް. ކޮތަރުކޮށި ކިޔަނީ ހަމަ ކިޔަންވެގެން. ވަރަށް ވެދުން.

    6
    15
    • އަލިމުތް

      ކަލޭ ޖެހޭނީ ހަމަ ތިހެން ފެލި ފެލި ހުންނަން. ކަލޭގެ ވެރިކަން ނިމުނު އިރު ބިމުން މައްޗަށް ކޮތަރު ކޮށިގަނޑެއްވެސް އަޅާ ނުލެވުނު!

  4. ސަނީފު ތިނަދޫ އެންޕީ

    ހާސްނުވޭ މިސަރުކާރުން މިއަހަރު ޖޫން މަސް ނިމުމުގެ ކުރިން ގދ.ތިނަދޫގައި 1000 ފުލެޓުއަޅާ ފުލެޓުތަކުގެ ހައްގުވެރިންނަށް ތަޅުދަނޑި ހަވާލުކޮއްދޭނަން. ޢަދި 900 ގޯތި ތިނަދޫއިން ދޫކުރެވޭނެ. މިބަލަނީ ގޯއްޗާއި ފުލެޓަކުގެ ގުރުއަތުލުން ރިޔާސީ އިންތިހާބުގެ ވޯޓު އަޅާ ނިމޭދުވަހު ބޭއްވުމަށެވެ. ގޯއްޗާއި ފުލެޓު ގުރުއަތަކަށް ނުގޮސް އިބޫއަށް ވޯޓުއަޅާ މީހުންނަށް ލިބޭނެއެވެ. ޔަގީން ކުރައްވާ ލިބޭނެ. ގޯއްޗާއި ފުލެޓު ހަވާލު ކޮއްދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު. ދެން ބާރަށް އަތްޖަހާ ބާރަށް ބާރަށް އަތްޖަހާ މުގުނީވެސް އަތްޖަހާ ސާބަހޭ ތިނަދޫ ކައުންސިލްގެ ރައީސް ބޮލުބުރާންތި ސައުދު އަލީ

  5. Anonymous

    މާލޭ މީހުނައް ވަންނާނެ ތަނެއް ނުލިބިގެން އަބަދުވެސް އުޅެނީ އެހެޔޮ މާލޭގަ ބިން އޮވެފަ ގެދޮރު އޮވެފަ ހުޅުމާލެއިން ތިނަހަތަރު ފުލެޓް ލިބިފަ އޮތަސް ވަންނާނެ ތަނެއް ނެތިގެން އުޅޭނެ ، ދެން ލިބިފަ ހުންނަ ފުލެޓްތައް ތިން ހަތަރުގުނަ ބޮޑުކޮއް ކުއްޔައްދީފަ ސަރުކާރައް ދައްކަން ޖެހޭ މަދު އެތިކޮޅުވެސް ދައްކާނެ ވަރު މާލޭ މީހުންގެ އަތުގަ ނޯވޭ އެހާވެސް ނިކަމެތި ދިރިއުޅުމެއް މާލޭ މީހުން އުޅެމުން މިދަނީ.