ހުސްވެފައިވާ ކ.ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ 3 ކެނޑިޑޭޓުންގެ ކެނޑިޓޭޓު ނަންބަރު ތަރުތީބުކޮށްފިއެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމް މެންބަރު އަލީ ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.

ރިޒާ އަވަހާރަވުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ވާދަކުރުމުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައި ވަނީ ތިން ޕާޓީއަކުންނެވެ. އެއީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީއެވެ.

މި އިންތިޚާބުގައި ޕީޕީއެމްއިން ކުރިމަތިލި މެންބަރަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާޙިމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާއެވެ. ހުސައިން ރިޒާ އަށް ލިބިފައިވަނީ ކެނޑިޑޭޓް ނަންބަރު އެކަކެވެ. (1)

ކެނޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ އެމްޑީޕީން ކުރިމަތިލީ މެންބަރު އިބްރާޙިމް ޝާޒްއަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނަކީ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފްއެވެ.

މެންބަރު ރިޒާ އަވަހާރަވެފައިވަނީ މި މިދިޔަ 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިޔާގައެވެ.