ނިމިދިޔަ ގުރައިދޫ މެދައިންތިހާބުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުންވެސް ޖޫރިމަނާކޮށްފައިވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ގުރައިދޫ މެދައިންތިހާބު ބާއްވާފައި ވަނީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމް މެންބަރު އަލީ ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މެންބަރު ރިޒާ އަވަހާރަވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހު 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިއާގައެވެ.

މިއާއެކު އޭޕްރިލް 15 ވަަނަ ދުވަހު ވަނީ މި އިންތިހާބު ބާއްވާފައެވެ. މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލި އިބްރާހިމް ޝާޒް ގޮޑި ކާމިޔާބު ކުރެއްވިއިރު، ޝާޒްއާއި ވާދަ ކުރި ޕީޕީއެމްގެ ހުސެއިން ރިޒ އާއި އެމްއެންޕީގެ ކެނޑިޑޭޓް އާރިފެވެ.

އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، އެ އިންތިހާބުގައި ވާދަކުރި ތިން ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ، މާލީ ބަޔާންތަކަކީ، ގަވާއިދުގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާ ކަމަށެވެ.

އެހެންވެ އެ ތިން ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުން ކުރެ، ކޮންމެ ފަރާތެއް 6،000ރ. އިން ޖޫރިމަނާ ކުރުމަށް، އީސީން ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އަދި އެ ފައިސާ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ވަނީ ކެންޑިޑޭޓުންނަށް އަންގާފައިވާ ކަަމަށް ހަބީބް ވިދާޅުވިއެވެ.

"އަދި މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިިހަމަ ނުވާނަމަ، ކުރިޔަށް ހުރި އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް މިފަދައިން ޢަމަލުކުރާ ގޮތަށްވެސް ކޮމިޝަނުންވަނީ ނިންމާފައި."

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސައިޔޫ

    އާފަލެއްވެސްނުކެވޭނެތިވަރަކުން
    އެކިތިންފިރިހެނުންޖޫރިމައިނާތިކުރީ ތީފިސާރިފިރިހެނުންނުވެސްދޭނެ ކަރުކެހިލާނީ

    7
    1
  2. ދަރަނި ދަންތުރަ

    އެހެންވިއްޔާ އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބު ބާއްވާ ، ޖޫރިނާކޮށް އީސީ އަށް ރުފިޔާ ކޮޅެއް ލިބުނަސް ކަމަކުނުދާނެ މިހާރުން މިހާރަށް އިންތިހާބު ބާތިލް ކުރޭ

    16
  3. Anonymous

    އޭސީ މެމްބަރުން ޖީބަށްލާން ތިޔަވަރުން އާފަލެއް ކެވިދާނެ !

  4. ޑމކރސ

    ޑިމޮކްރެސީ އޮތީ ޖުރިމަނާވެ ރައްޔިތުންގެ ފަރާތުން މާފަށްއެދެންޖެހެފޭ
    ޑިމޮކުރެސީގޭ ވާނީ ޗަހެން ކަލޯމެންނޭ. ނުޖެހޭނެ ލާރި ވެސް ދޭކަށް.

  5. ބޮލި މުލައް

    ދޮގު މައުލޫމާތު ހުށަހަޅައިގެން އިންތިޚާބު ކާމިޔާބުކުރީތީ އެ އިންތިޚާބުބާޠިލުވާނެ

  6. އަބްދޫ

    އެމްއެންޕީ އިން އަރިފް ވަދެ އެގޮނޑި އެމްޑިޕިއަށް ދިނީ