ކުރިއަށް އޮތް ރޯދަ މަހަށް އިދިކޮޅު ކޯލިޝަންގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

ވ.އާރަށުގެ މައްސަލަ އާއި ގުޅިގެން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އާރަށު މައްސަލަ ޔާމީންގެ މައްޗަށް ސާބިތުވީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ވ. އާރަށް ހޯދުމަށް ރިޝްވަތުގެ ގޮތުގައި ނެގި ފައިސާކަމަށް ޝަރީއަތުން ކަނޑައެޅުމުންނެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ސުޖާއު ވިދާޅުވީ، ކުރިއަށް އޮތީ ރޯދަ މަސް ކަމުން ޔާމީން ގެއަށް ބަދަލުކުރެވޭތޯ ޕާޓީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

ސުޖާއި ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލުކުރެވޭތޯ ޕާޓީގެ ހުރިހާ ރިސޯސެއް ބޭނުންކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ ރަސްމީ ގުނަންތަކެއް އެބަ ބޭނުންކުރަން ރައީސް ޔާމީން ގެއަށް ބަދަލުކުރެވޭތޯ. އަޅުގަނޑުމެން ނުކޮށް އެއްވެސް ކަމެއް ނުބާއްވަން. "ސުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ފަށާފައިވާއިރު، އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖެއް ބާއްވަން އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ. މި އިހުތިޖާޖުތައް ރޯދަ މަހުގައިވެސް ކުރިއަށްދާނެ ކަމަށް އިދިކޮޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޮޑުވަޒީރު

    ހެޔޮނުވާނެ! ދޫނުކުރާތި އޭރުން ގައުމީސަލާމަތައް ނުރައްކާވާނެ! ހެއްކައް ނުފޫޒު ފޯރުވާނެ! 2023 ކާމިޔާބު ކުރާނެ! މިގައުމު އިންޑިޔާގެ އާޅުވެތިކަމުން މިނިވަންކޮށް އިންޑިޔާ ސިފައިން މިގައުމުން ފައްސާލާނެ! ދެން ހުވަފެނެއްގަވެސް ގޮށްރީނދޫ ބައިގަނޑަށް ވެރިކަމަކަށް ނާދެވޭނެ! މި ސަބަބު ތަކަށް ޓަކާވެސް ރޔ ދޫނުކުރާތި!

    • ކުޑަވަޒީރު

      ޔާންޓޭގެ ވެރިކަމުގަ އިންޑިޔާ ސިފައިން ނުބޭލުވީމަ ޔާންޓޭއަށް މަހާތުމާ ޤާންދީ އެވޯޑުވެސްދިން ދެން ކޮން ފަޅޮލެކޭ ކިޔާކަށް

  2. ޒަރީނާ

    ރޯދަޔަށޭކިޔާފަ ގެއަށްބަދަލުކުރާނެކަމެއްނެތް. ރައީސް މައުމޫނުވެސް ރޯދަޔަށްް ގެއަށްބަދަލުކޮށްދޭންއެދުނު. އެކަމަކު އެހިލަހިތުގެވެރިޔާ އެކަންކޮށެއްނުދިން

    5
    5
  3. ޝިޔާމް

    ޔާމީން ހިފާ ރޯދަ އިނީ ގޭތެރޭގައި ވީމަތަ ގެއަށް ރޯދަ ހިފަން ބަދަލްކުރަންޖެހެނީ..

    4
    6
  4. ނަމަސްތޭ

    ނުވާނެ ކޮއްގެން . . ޖަލުގަ ތިބި އެއްމެން ގެޔަށް ބަދަލުކުރޭ އެހެންވިއްޔާ .؛ . ޔާމިނު އެކޭ އެހެން މީހުންނެކޭ ވާނީ އެއްވަރު

    3
    3
  5. ފާތިމަތު

    ރޯދަޔަށް، އީދަށް، ޖުލައިން ސައްބީހައް ވެސް ވާނެ ބަދަލުވޭތޯ ބަލަން.

  6. އަލްޖިބްރާ

    ރޯދަ ސައްޙަ ވަނީ ތިމާގެ ގޭގައި ހުރެގެން ރޯދަ ހިފީމަތަ ؟އެހެން ކަމަށް ވާނަމަ ޖަލުގައި ތިބި އެންމެން ގެއަށް ބަދަލު ކުރަންވީ !