ނޫސްވެރިންނަށް ތަމްރީނު ދިނުމަކީ ރާއްޖޭގައި މިހާރު ކުރަންޖެހިފައި އޮތް މުހިންމު އެއް ކަންތައް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ނޫސްވެރިންނަށް ތަމްރީނު ދިނުމަކީ މިރާއްޖޭގައި މިހާރު ކުރަންޖެހިފައި އޮތް މުހިންމު އެއް ކަންތައް ކަމަށާއި ނޫސްތަކުގައި ލިޔާ ވާހަކަތަކަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ރަނގަޅު އެއްޗެއްކަމަށް ވާން އެބަޖެހޭ ކަމަށެވެ.

"ނޫސްވެރިންނަށް ތަމްރީނު ދިނުމަކީ މިރާއްޖޭގައި މިހާރު ކުރަންޖެހިފައި އޮތް މުހިންމު އެއް ކަންތައް. ނޫސްތަކުގައި ލިޔާ ވާހަކަތަކަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ރަނގަޅު އެއްޗެއްކަމަށް ވާން އެބަޖެހޭ." ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ، ނޫސްވެރިންނަށް ތަމްރީނު ދޭތީ އެކަމާ ކަންބޮޑުވެގެން އުޅޭ ވާހަކަ ދެކެވޭ ކަމަށެވެ. އެހެންނަމަވެސް ނޫސްވެރިންނަކީ ރައްޔިތުން އިތުބާރު ހިފޭ ހަބަރުތައް ފަތުރާ ބަޔަކަށް ވުން މުހިންމު ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވިއެވެ.

މީގެއިތުރުން ކުރީގެ ސަރުކާރާއި މިއަދުގެ ސަރުކާރުގެ ހުރި ތަފާތަށް ބަލާއިރު ކުރީ ސަރުކާރުގައި މަޖިލީހަށް އެއްވެސް މިނިވަން މުއައްސަސާއެއް ހާޒިރުކޮށްފައި ނުވާކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިސަރުކާރުން އެތަކެއް ފަހަރު މަތިން މިނިވަން މުއައްސަސާތައް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު މި މަޖިލިސް ހިނގަމުންދާނީ، ޕީޕީއެމްގެ ސަރުކާރުގައި މި މަޖިލިސް ހިނގަމުންދިޔަ ގޮތަކަށް ނޫން. އަޅުގަނޑުމެން މިތަނުގައި ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ. މިދައުރު ފެށިގެން ދިޔައިރުވެސް ކިތައް މިނިވަން މުއައްސަސާ މަޖިލީހަށް ހާޒިރު ވެއްޖެތޯ ބަލައިލީމަ ރިކޯޑްތަކުން އެނގޭނެ. ކިތައް މިނިސްޓްރީން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވެއްޖެތޯ. ކިތައް މިނިސްޓަރު މަޖިލީހުގެ ތަޅުމަށް ސުވާލުތަކަށް ޖަވާބުދޭން ވަޑައިގެންފިތޯ. މިކަންކަން ހަމަ މި މަޖިިލިސް ބައްލަވާ ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެ. މިއީ ޕީޕީއެމްގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ވީހެން މަޖިލިސް ނުހިނގާ މަޖިލީހުގެ މެމްބަރުން ތަޅުމުން ފުރާޅުމަތިން ތަންތަނުން އުކަމުން ދިޔަ ޒަމާނެއް ނޫން." ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި އެއްވެސް މިނިވަން މުއައްސަސާއެއް މަޖިލީހަށް ހާޒިރުކޮށްފައި ނުވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާން އެބަހުރި މިދިޔަ ފަސްއަހަރު، ރައީސް ޔާމީންގެ 5އަހަރުގެ ވެރިކަމުގެ ތެރޭގައި އެއްވެސް މިނިވަން މުއައްސަސާއެއް މި މަޖިލީހުގެ ހަތަރުފާރު ތެރެއިން ޖަވާބުދާރީ ވުމަށް ވަދެފައެއް ނުވާނެ." ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީތައް ހިނގާ އުސޫލު ބައެއް ބޭފުޅުން މިއަދު ހަނދާން ނެތިގެން އުޅޭ ކަމަށާއި އެކަން އެގޮތަށް ކުރުމުން އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބެއް ކުރިމަތިވިޔަސް، މަޖިލީހުގެ އިންތިހާބެއް ކުރިމަތިވިޔަސް، ކައުންސިލް އިންތިހާބެއް ކުރިމަތިވި ނަމަވެސް ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮންނަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    އުނހު! ނޫސްވެރިކަމަކީ އިންޑިޔާގެ ފައްޅިއެއްގައި ހުންނަ ގަހަކު އަޅާ މަލެއް! މިއީ ސޯލިބޭ ދަސްކޮށްދިން ގޮތް!

    10
    • ހަބޭސް

      ވަރައްބޮޑ ތެދެއް. ހަހަހަހަ

      3
      2
  2. މީއަޅެގައުމެއްތަ2023؟

    ރޮޒޭނާއަށް ވުރެ ކޮސްމީހަކު އެބަހުރި

  3. ޖާބިރު

    މަޖިލިސް ގެ ބައެއް މެމްބަރުންވެސް (ރޮޒޭ)

  4. މަބޭ

    ރަންގަޅު ވާހަކައެއް ސަރުކާރު ފަޅީގެ މީހެއްގެ މައްސަލަ ބަލަންފަށާއިރައް މިނިވަންމުއައްސަސާ މަޖުލިހައް ހާޒިރުކޮއް އެމީހުނައް ފުރައްސާރަކޮއް އިސްތިއުފާދިނުމައް މަޖުބޫރުކުރުވާ

  5. ދިވެހިދަރި

    ނޫސްވެރިންނަކީ ވަރަށް މުހިއްބައެއް އެއީ ރަގަޅުކަންތަށްތަކާ ، ނުރަގަޅު ކަންތަކާ
    ރަނގަރަޅަށްހިގާކަންތަކާ ގޯސްކޮށްހިނގާކަންތަކާ ( އިންސާފުންބޭރު ) ސަމާލުކަމަށް
    ފުތަމަގެންނަ ފަރާތް އަދި އިސްލާހުކުރުމުން ރަގަޅުވާނެކަންތަށް އަނަގައިދެއްވާ މުދައްރިސުން ފަދަބައެއް ނޫސްވެރިންކޮށްދެއްވާ ބޮޑުފުރިހަމަމަސައްކިތުގެއަގު އަދިވެސް އޭގެ ފުރިހމަގޮތުގައި ފާހަގަނުކުރައްވާކަން ފާހަގަކުރެވޭ އަދިމީގެއިތުރުންކަމެއްހިންގާފަރާތަކުން އެމަގެސަމާލުކަން\ގެނައުމަށް މަސައްކުރައްވާ ނޫންވެރިޔާއަށް ިއންޒާރުދީ ބިރުދައްކާކަން، އަދި ނުސްވެރިޔާއާ މުކާތަބުކޮށް އަވަގުރާނަގޮވާފައި ހުރި ދެރަކަންތަށް ފާހަގަކުރެވޭ މިފަދަކަންތަށްކުރަނީ އެކުރާކަންތަށް ބޭޒާރުވެދާނެތީ އެކަން ފޮރުވަންކަމަށް ފާހަގަކުރެވޭ ހިމާޔަށްދޭފަރާތްތަކެއްހުރޭ ވީމާ ، ބުޑުޚަރަދެއްކޮށްގެނަވެސް ނޫސްވެރިނަށް ހިމާޔަތްދިނުމަކި ވަރަށްމުހިއްމުކަމެއް ހަރުބަހެއްގައިބުނޭ އަތްއޮތަސް ބަތެއްނުކެވޭނޭ ހަމައެފަދައިން ނޫސްވެރިންނަށް ތަމްރީންދިނުމަކީ އެކަންފުރިހަމަ ކުރެވޭނެކަމެއްނޫން

  6. ނަން

    ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ފަރާތުގެ ޝަރުތުތައް ކަނޑައެޅުމަކީވެސް މިރާއްޖޭގައި ކުރަން ޖެހިފައިވާ މުހިންމު ކަމެއް