ދައުލަތުން ޑުރަގުގެ ވިޔަފާރިއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު އެގޮތަށް ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ހައްޔަރުނުކޮށް ޑީޕޯޓް ކުރަން ނިންމި ނިންމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި ދިފާއު ކުރައްވައި ދެއްކެވި ވާހަކައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެހެންވެ މާރިޔާގެ ވާހަކަތަކަށް އަމްރު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
"ދައުލަތުން ޑްރަގް ވިޔަފާރިއަށް ވެދެފަވާ ކަމަށް ތުހުމަތު ކުރެވޭ ޖާގަ އެބައޮތް. ބޯމީހުނަށް ފަރުވާ ނުދެވި އެތެރެކުރެވޭ ދެ ދޮރޯށި ތަންމިނަށް ހުޅުވާފަ އޮތް ކޮންމެ ދުވަހަކީ ޖީލެއް ހަލާކުވެގެންދާނެ ކަމެއް." އަމްރު ވިދާޅުވިއެވެ.
ދައުލަތުން ޑްރަގް ވިޔަފާރިއަށް ވެދެފަވާ ކަމަށް ތުހުމަތު ކުރެވޭ ޖާގަ އެބައޮތް.
ބޯމީހުނަށް ފަރުވާ ނުދެވި އެތެރެކުރެވޭ 2 ދޮރޯށި ތަންމިނަށް ހުޅުވާފަ އޮތް ކޮންމެ ދުވަހަކީ ޖީލެއް ހަލާކުވެގެންދާނެ ކަމެއް. https://t.co/nNt7NqfCg8— Amr 🎈 (@HusenAmr) April 5, 2023
އަމްރު އެފަދައިން ވިދާޅުވި އިރު ސަރުކާރާ ފެއަށް ޖެހިވަޑައިގެން ރައްޔިތުންގެ މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށް އަމްރު ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކި ކުރައްވައިފައެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުން ޑީޕޯޓް ކުރާތީ ސަރުކާރު ކޯލިޝަންގައި ހިމެނުނު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މާރިޔާ ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އަންނަނީ ޝިފާއެއް ނެތް ބަލިތައް ހުންނަ މީހުން ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެކުރާ މީހުން ފޮނުވާލުން މާރިޔާ ދިފާއުކުރައްވައިފި
އޭގެ ތެރޭގައި ކިޑްނީ ފެއިލްވެފައި ތިބޭ މީހުންނާއި އެއިޑްސް ޖެހިފައި ތިބި މީހުން ހިމެނޭ ކަމަށާއި އެފަދަ އެތައް ބަޔަކު މިހާރުވެސް ޖަލުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މީހުން ބަލަހައްޓަން ޖެހެނީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކަމަށެވެ.
މަސްތުވާތަކެތި އެތެރެ ކުރާ ބޭރު މީހުން ހައްޔަރުނުކޮށް ރާއްޖެ އިން ފޮނުވާލާ ގޮތައް ގަވައިދު ހެދުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ތާއީދު !!! އެހެންނޫންނަމަ އެތެރެކުރާމީހާ މުދާލުބުނު ކަމުގެ ލިއުން ދީފަ ނުފުރުވާނެ. !! އެތެރެ ކުރި މީހާއަށް މަރުގެ އަދަބު ދޭނެ. !
މާރިޔާގެ އަމިއްލަ ފައިސާތަ ހަރަދުކުރަނީ. ތިޔަށްވުރެ ތަނަކުންތަނަކުން ލައްވާނުލާ ކިތައް ބޭކާރު ހަރަދު ސަރުކާރުން ކުރަނީ. މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުންނަށް ސަލާމަތްހޯދައިދޭންވީމަ ހަރަދު ބޮޑުވަނީ
ފެބްރުއަރީ 7 ރޭވީވެސް މާރިޔާމެން ޤައުމުގެ ރައްޔިތުން މޮޔަ ހައްދައިގެން އަބަދަކު ނޫޅެވޭނެ . ޔޫކޭން ފޫލް ސަމް ޕީޕަލް ސަމްޓައިމް . ޔޫކާންޓް ފޫލް އޯލްދަ ޕީޕަލް އޯލްދަ ޓައިމް
ސަރުކާރުން ހިންގާވިޔަފާރީގެއެންމެއިސް މޭސްތިރިއަކީ މަނިކުފާނުނޫންތޯ ؟ އެހެންވީމާ މަނިކުފާނަށްއެނގިލައްވާނެނޫންތޯ ހުރިހާކަމެއް. މިހާރު ބޭރުކުރީމާ ތިޔަހެންބުންޏަސް ގަބޫލުކުރަންދަތި. ސަލާމް
ދޮގެއްހެދެން އޮތިއްޔާ ތެދެއް ތިޔަމާރިޔާނަހަދާނެއެވެ. ޑްރަގް އެތެރެކުރާމީހުންނަކީ ކިޑްނީ ފެއިލްވެފައިވާ މީހުންނޯލައެވެ. އެއީ ދޮގެކެވެ. އެއީ މާރިޔާމެން ބޭނުންވާމީހުން ދޫކޮށްލުމަށް ދައްކާ ވާހަކައެކެވެ.
ބާކީވީމަ އަސަރުކުރީދޯ. ދެންއެއްކަލަގޮތަށް ހާބަރުކަޑައެއްވެސް ބަހާނުލެވޭނެ
މަރުގެ އަދަބު ދިނީމަ ޖަލަކު ނުތިބޭނެ. ބަލަހައްޓަން ނުޖެހޭނެ
މީނަވެސް ކިތައްމެ ތިކަހަލަ ކަންތައް ކޮއްފަ އެބަހރި. އެތައް ކަޓެއްޖައްސާފަ. އަލަށް ވިހާ މަިއިންނަށް ކިޓެއް ދޭނަމުގައި އެތަކެއް ރުފިޔާ ކާލިކަން އެގެން އެބައޮތް. ބަލިމީހުންގެ މައުލޫމާތު އެއްކުރަން ނަމުގަ ސޮފްޓްވެއަރ ހަދައިގެންވެސް ކަޓް ޖެއްސި ކަމަށް ކުންފުނީގެ އެތައް ބަޔަކު އެބަ ކިިޔާ/!
އަދި ކިރިޔާ އަމުރަށް ތި އެނގުނީ ؟ ބަލަ ކަލޭގެ ނަށީދޭ ގޭންގުތަކާ ގުޅިގެން ގަންޖާ އާ ރާ ހުއްދަ ނުކުރެވިގެން އުޅެނީ. ބައި ކޮޅަށް ތި ގޯލް ޖެހީ.
ޢަނބުރާ ފޮނުވާލި މީހުންތެރޭން ސިފާއެއްނެތް ބައްޔެއް ހުރީ ކިތައްމީހުންތޯ ކަށަވަރު ކުރިންތޯ؟ ހަމަހުރެފަ އެއްޗެއް ބުނެލީމަ ޒިންމާ އަދާކުރެވުނީތޯ؟؟؟ ކޮންމެ ފަދަކަމެއް ކޮއްގެންވެސް ވެރިކަމާ ބާރާނުފުޒޫގަ ތާއަބަދު ތިހެން ތިބެވޭނެތަ؟
ދައުލަތުގެ ލާރި ގަނޑު ޗޯރޭ ބަނޑު އަޅާލާފަ އެވެސް ހުސްވިމަ ކޮންޓޭނާ ތަކުގަ އެވަރައް އެތެރެ ކޮއްގެން ވިއްކައިގެން ހަރާންފައިސާ ހޯދައިގެން ދޯ މިތިބީ މިމިބައިގަނޑު މިވެރިކަމުގަ ހާދަވަރަކަށޭ މަސްތުވާ އެއްޗެހި އެތެރެވެގެން މިއުޅެނީ މިހާރުދެން ޝައްކު
މިހާރު އިގޭ ތިކަހަލަ ވައިއަނގަ ތަޅާނެކަން
އަމްރު އަކީވެސް މަސްތުވާތަކެތި މީހުންނަށް ސަޕްލައި ކުރާ މީހެއްކަމުގެ ހެކި ހުރިކަމަށް އެބަ ދެކެވޭ ވާހަކަ